އާ ޕޮލިސް ކޮމިޝަނަރަކަށް އަހުމަދު މުހައްމަދު އައްޔަން ކުރަން މަސައްކަތް ކުރަނީ!

އަހުމަދު މުހައްމަދު

އަހުމަދު މުހައްމަދު

އާ ޕޮލިސް ކޮމިޝަނަރަކަށް، އެ އިދާރާއިން ވަކިކުރި އެސިސްޓަންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު (ޓޫފޯ) އަައްޔަނު ކުރަން މަސައްކަތް ކުރަމުންދާކަން އެނގިއްޖެ އެވެ.

އެ މަގާމު ހުސްވީ ކުރީގެ ކޮމިޝަނަރު މުހައްމަދު ހަމީދު ނޮވެމްބަރު 15, ގައި ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރެއްވުމުންނެވެ. މިވަގުތު ފުލުހުންގެ އިދާރާ ހިންގެވުމާ ހަވާލުވެ ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރު އަބްދުލް މަންނާން ޔޫސުފް އެވެ.

އާ ސަރުކާރުން ޕޮލިސް ކޮމިޝަނަރަކަށް އައްޔަން ކުރަން މަސައްކަތް ކުރާ އަހުމަދު މުހައްމަދު އަކީ ފުލުހުންގެ ބޯޑުން ނިންމި ނިންމުމަކާ ގުޅިގެން އޮކްޓޯބަރު 10, 2022 ގައި މަގާމުން ވަކިކުރި އޮފިސަރަކެވެ.

އެ މައްސަލަ ސިވިލް ކޯޓަށް ވެސް ހުށަހެޅި އެވެ. ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ ނެރުއްވި ހުކުމުގައިވަނީ އިސް އޮފިސަރަކު މަގާމުން ވަކިކުރެވޭނީ ތުހުމަތު ކުރެވޭ މައްސަލައަކާއި، މައްސަލައިގެ ބާވަތާއި، އެ ކަން ސާބިތުވާ ވަރަށް ހެކި އޮވެގެން ކަން ގާނޫނުގައި ބުނެފައިވާ ކަމަށާއި ޕޮލިސް ބޯޑުގެ އެފަދަ ނިންމުމެއް ފެންނާކަށް ނެތް ކަމަށެވެ.

އެެހެން ކަމުން ޕޮލިސް ބޯޑުގެ ލަފައެއް ތަންފީޒުކުރަން ކަމަށް ބުނެ އެ އޮފިސަރުން މަގާމުން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުގެ ހުކުމުގައިވެ އެވެ.

އޮފިސަރުންނާ އެއްކޮޅަށް ސިވިލް ކޯޓުން ކުރި ހުކުމް ދައުލަތުގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އިސްތިއުނާފު މަރުހަލާ ނިމެންދެން އަދި ހައި ކޯޓުން ވަކި ގޮތެއް ނިންމަންދެން ދަށު ކޯޓުގެ ހުކުމް ތަންފީޒުކުރުން މަޑުޖައްސައިލުމަށް ޖޫން 6, 2023 ގައި އޮތީ ހުކުމް ކޮށްފަ އެވެ. އޭގެ ފަހުން އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައި ނުވެ އެވެ.

ޕޮލިސް ކޮމިޝަނަރަކަށް އަހުމަދު މުހައްމަދު އައްޔަން ކުރެވޭނީ ކޯޓުގައި އޮތް މައްސަލަ ނިންމުމުންނެވެ. އޭގެ ކުރިން އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް މިހާރު އެސިސްޓެންޓު ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި ފަރުހާދު ފިކުރީ ހަމަޖައްސާނެ ކަމަށް އަދަދު ނޫހާ ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވި އެވެ.

"އެކަމާ ގުޅުން ހުރި ކަންކަން ނިންމުމަށް އިދާރާތަކާ ދަނީ ވާހަކަ ދައްކަމުން،" އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގައި އޮންނަ ގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވެއްޖެ ހާލަތެއްގައި، ކުރިމަތިލުމަށް ހުޅުވާލަން ޖެހެ އެވެ. އަދި, ކުރިމަތިލާ ފަރާތްތައް ޕޮލިސް ބޯޑުން އިންޓަވިއުކޮށް ފެންވަރު ވަޒަން ކުރަން ޖެހެ އެވެ. އިންޓަވިއު ކުރުމަށް ފަހު، އެ ކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފައެއް އަރުވަން ޖެހެ އެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމުގެ އިހުތިޔާރު އަދިވެސް އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox