ރައީސްއާއި މިނިސްޓަރުން ހިމެނޭހެން ސަރުކާރު ހަރަދުގައި ބޭރު ދަތުރު ކުރުން މަލާވީގައި މަނާކޮށްފި

ރައީސްއާއި މިނިސްޓަރުން ހިމެނޭހެން ސަރުކާރު ހަރަދުގައި ބޭރު ދަތުރު ކުރުން މަލާވީގައި މަނާކޮށްފި

މަލާވީގެ އިގުތިސާދަށް ދިމާވެފައިވާ ހީނަރުކަމުން އަރައިގަތުމަށް ކެބިނެޓު މިނިސްޓަރުންނާއި ސަރުކާރުގެ އޮފިޝަލުން އަމިއްލަފުޅަށް ވެސް ސަރުކާރުގެ ހަރަދުގައި ބޭރު އެއްވެސް ގައުމަކަށް އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ދަތުރު ނުކުރެވޭ ގޮތަށް އެ ގައުމުގެ ރައީސުލްޖުމްހޫރިއްޔާ، ލަޒާރުސް ޗަކްވޭރާ ހަދައިފި އެވެ.

އެ ނިންމުން ނިންމަވައި އެކަން އިއުލާނުކުރެއްވީ މަލާވީގެ ޓީވީ ޗެނަލެއްގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވަނީ އެކިއެކި ބޭނުންތަކަށް މިވަގުތު ގައުމުން ބޭރުގައި ތިއްބެވި ސަރުކާރުގެ އޮފިޝަލުންނަށް ވެސް ވީހައި އަވަހަކަށް އެނބުރި ގައުމަށް ދިއުމަށް އަންގައިފަ އެވެ.

އެ ނިންމުން އިއުލާނު ކުރެއްވުމަށްފަހު ޗަކްވޭރާ ވިދާޅުވީ އެ މުއްދަތުގައި ކޮންމެހެން ކުރަންޖެހޭ ދަތުރެއް އޮތް ނަމަ އެ ދަތުރެއްގެ މައުލޫމާތު ސީދާ ރައީސް އޮފީހަށް އަންގައި ހުއްދަ ހޯދައިގެން މެނުވީ އެއްވެސް ދަތުރެއް ނުކުރެވޭނެ ކަމަށެވެ.

އޭގެއިތުރުން އޭނާ ވަނީ މަލާވީގެ އިގުތިސާދީ ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތުގެ ތެރެއިން އެ ގައުމުގެ ދައުލަތުގެ ވަޒީރުންނަށް ސަރުކާރުން ދޭ ބައެއް އިނާޔަތްތަކުން ވެސް މިންވަރެއް އުނި ކުރައްވައިފަ އެވެ. އޭގެތެރޭގައި މަލާވީގެ މިނިސްޓަރުންނަށް ތެޔޮ ގަތުމަށް ސަރުކާރުން ދޭ އެލަވަންސްގެ 50 ޕަސެންޓު ކަނޑައިލުން ހިމެނެ އެވެ.

މަލާވީ އަށް ވަނީ އިހުތިސާދީ ކާރިސާއެއް ކުރިމަތިވެ ތަކެތީގެ އަގު، އަތްނުފޯރާ ފަށަށް ގޮސް، އަމިއްލަ ފައިސާގެ އަގު އިންތިހާއަށް ވެއްޓިފަ އެވެ. ހުސްވި ހަފުތާގައި އެކަނިވެސް އެ ގައުމުގެ ފައިސާގެ އަގު އެމެރިކާ ޑޮލަރާ އަޅައި ބަލާއިރު، 30 ޕަސެންޓު ދަށަށް ގޮސްފައިވާ ކަމަށް މަލާވީގެ ސެންޓުރަލް ބޭންކުން ރިޕޯޓުކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

މެލޭޝިއާ އެއާލައިންސް ޓިކެޓުތަކުން ގްރީން ޓެކްސް ނަގަން ވިސްނަނީ

ތިމާވެއްޓާ ރައްޓެހި އޭވިއޭޝަން ފިއުލް (އެސް.އޭ.އެފް) ބޭނުންކުރުމަށް ހިނގާ ބޮޑު ހޭދަ ފޫބެއްދުމަށްޓަކައި، މެލޭޝިއާ އެއާލައިންސްގެ ޓިކެޓުތަކުން "ގްރީން ޓެކްސް" އެއް ނެގުމަށް އެ ކުންފުނިން ދަނީ ވިސްނަމުންނެވެ. މި ފިޔަވަޅަކީ 2050 ވަނަ އަހަރާ ހަމައަށް ޖައްވަށް ދޫކުރާ ކާބަން މަދުކުރުމަށް ކުރާ މަސައްކަތުގެ ބައެއް ނަމަވެސް، މީގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ އަގުތައް އުފުލިގެންދާނެއެވެ.

އިޒްރޭލުން ދަތުރު ފެށި ބޯޓަކަށް ބޮމުގެ އިންޒާރެއް

އިޒްރޭލުގެ ތެލް އަވީވުން ފުރައިގެން އޮސްޓްރިއާއަށް ދަތުރުކުރި ފްލައިޓެއްގައި ބޮމެއް އޮތް ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން، ބަލްގޭރިއާގެ ސޯފިއާއަށް އެ ބޯޓު ކުއްލި ހާލަތުގައި ޖައްސައިފިއެވެ. 57 މީހުންނާއެކު ދަތުރުކުރި މި ބޯޓު ސޯފިއާއަށް ޖައްސަންދެން ބަލްގޭރިއާގެ އަސްކަރީ ފައިޓާ ޖެޓުތަކުން ވަނީ އެ ފްލައިޓަށް އެސްކޯޓް ދީފައެވެ.

ހޮރްމޫޒް ހުޅުވާލުމަށް އީރާނުގެ ހުށަހެޅުން އަދިވެސް އެބަ އޮތް

ހޮރްމޫޒް ކަނޑުއޮޅި ހަތް ދުވަހުގެ ތެރޭގައި ހުޅުވާލުމަށް އެމެރިކާއަށް ހުށަހެޅި ހުށަހެޅުން އަދިވެސް އެގޮތުގައި އެބައޮތް ކަމަށް އީރާނުގެ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެއެވެ. މި ހުށަހެޅުމުގައި އީރާނުގެ ތެޔޮ އެކްސްޕޯޓަށް އަޅާފައިވާ ފިޔަވަޅުތައް އުވާލުން ފަދަ ޝަރުތުތަކެއް ހިމެނޭއިރު، އެމެރިކާގެ އިޚުލާސްތެރިކަމެއް ނެތުމުން މަޝްވަރާތައް ވަނީ މަޑުޖެހިފައެވެ. އީރާނުން ބުނާ ގޮތުގައި އެމެރިކާއިން މި ޝަރުތުތައް ގަބޫލުކޮށްފި ނަމަ ވަރަށް އަވަހަށް ކަނޑުއޮޅި ހުޅުވާލެވޭނެއެވެ.

އިޒްރޭލު އިންތިހާބުގައި ނަތަންޔާހޫއަށް ޓްރަމްޕްގެ ފުރިހަމަ ތާއީދު

އަންނަ ހަފުތާގައި ބާއްވާ އިޒްރޭލުގެ އިންތިޚާބުގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފުރިހަމަ ތާއީދު އިއުލާންކުރައްވައިފިއެވެ. ޓްރަމްޕް ވަނީ ނަތަންޔާހޫއަކީ ވަރުގަދަ ލީޑަރެއްގެ ގޮތުގައި ސިފަކުރައްވާފައި ނަމަވެސް، އިޒްރޭލުގެ ރައްޔިތުންގެ މެދުގައި ޓްރަމްޕަށް އޮތް ތާއީދު ކުޑަވުމުގެ ސަބަބުން މި ތާއީދުން ނަތަންޔާހޫއަށް ކުރިއެރުމެއް ލިބޭނެކަމުގެ ޔަގީންކަމެއް ނެތެވެ.

ދަރިވަރުންގެ މުޒާހަރާ ރޫޅާލަން ރަބަރު ވަޒަން ބޭނުންކޮށްފި

އަލްބޭނިއާގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވުމަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ރަބަރު ވަޒަނާއި ކަރުނަގޭސް ބޭނުންކުރުމުގެ ސަބަބުން ނޫސްވެރިންނާއި ބައެއް ދަރިވަރުންނަށް ވަނީ އަނިޔާވެފައެވެ. ސަރުކާރުގެ ކޮރަޕްޝަނާއި ތައުލީމީ ދާއިރާގެ މައްސަލަތަކާ ގުޅިގެން ކުރިއަށްދާ މި މުޒާހަރާތަކުގައި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފި ކަމުގެ ތުހުމަތުގައި ހަތް ފުލުހަކު މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ.

ހިންދޫ ފެސްޓިވަލެއްގެ ތެރޭގައި ފިތިގެން 17 މީހުން މަރުވެއްޖެ

އިންޑިއާގެ ކޮލްކަޓާގައި ބޭއްވި "ދުރުގާ ޕޫޖާ" ފެސްޓިވަލްގެ ތެރޭގައި، ބޯކޮށް ވާރޭވެހި މީހުން ތޮއްޖެހުމުގެ ސަބަބުން ހިނގި ހާދިސާއެއްގައި 17 މީހުން މަރުވެ އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ. މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި އަނިޔާވި މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާގެ ބޮޑުވަޒީރުގެ އޮފީހުން ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox