ޓްރީ ޓޮޕް ހޮސްޕިޓަލުން ޑައިބެޓީސް ކެއާ ބަންޑަލްތަކެއް ތައާރަފްކޮށްފި

ޓްރީ ޓޮޕް ހޮސްޕިޓަލް -- ފޮޓޯ: އަދަދު

ޓްރީ ޓޮޕް ހޮސްޕިޓަލް -- ފޮޓޯ: އަދަދު

ޓްރީ ޓޮޕް ހޮސްޕިޓަލުން ޑައިބެޓީސް ކެއާ ބަންޑަލްތަކެއް ތައާރަފްކޮށްފި އެވެ.

ޓްރީ ޓޮޕުން މިއަދު ފަށާ ހަކުރުބަލީގެ ރޯޑްޝޯއިން މި ބަންޑަލްތައް ލިބެ ހުންނާނެ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެ އެވެ. މި ބަންޑަލްތަކުގެ މަގުސަދަކީ ހަކުރުބަލީގެ ސްކްރީނިންގެ ޕްރޮސެސް ފައްތަރުކޮށް، މާލީ ދަތިކަމެއް ނެތި ބަލިމީހުންނަށް ފުރިހަމަ ފަރުވާއެއް ލިބޭނެ ގޮތް ހެދުމެވެ.

ބަލިމީހުންގެ ވަކި ބޭނުންތަކަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ އާ ބަންޑަލްތައް

ބަރުދަން ބެލެހެއްޓުމުގެ ބަންޑަލް: މި ބަންޑަލް އަމާޒުކޮށްފައިވަނީ ހަކުރުބަލީގެ ޕޭޝަންޓުންނަށް ބޮޑު ނުރައްކަލެއް ކަމުގައިވާ، ފަލަވުން ނުވަތަ ބަރުދަން އިތުރުވުމާ ކުރިމަތިލާން ޖެހިފައިވާ ފަރާތްތަކަށެވެ. ބަރުދަން ބެލެހެއްޓުމާއި ޖުމްލަ ސިއްހީ ހާލަތު ވަޒަންކުރުމަށް ކުރެވޭ ތަހުގީގުތަކުގެ ފުރިހަމަ ސެޓެއް މި ބަންޑަލްގައި ހިމެނޭނެ އެވެ.

ހަކުރުބަލީގެ ބަންޑަލް: ހަކުރުބަލީގެ ނުރައްކާ ހުރި މީހުންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މި ބަންޑަލްގައި ލޭގައި ހަކުރު ހުންނަ މިންވަރު މޮނިޓަރުކޮށް، ކުރިމަތިވެދާނެ އުދަނގޫތައް ދެނެގަތުމަށް ކޮންމެހެން ކުރަންޖެހޭ ޓެސްޓްތައް ހިމެނެ އެވެ.

ތައިރޮއިޑް ބަންޑަލް: ހަކުރުބަލީގެ ބަލިމީހުންގެ ތައިރޮއިޑް މައްސަލައަށް ހައްލެއް ހޯދައިދީ، މި ބަންޑަލް އިން ތައިރޮއިޑް ފަންކްޝަން ޓެސްޓިން ފުރިހަމަކޮށް ހޯމޯން ބެލެންސް އެންމެ ރަނގަޅުކަން ކަށަވަރުކޮށްދެ އެވެ.

އޮސްޓިއޯޕޮރޮސިސް ބަންޑަލް: މި ބަންޑަލްގައި ހިމެނޭ ޓެސްޓްތަކުގެ ތެރޭގައި ހަކުރުބައްޔާއި ގުޅުންހުރި ހާލަތެއް ކަމަށްވާ އޮސްޓިއޯޕޮރޮސިސް ވަޒަންކުރެވި، ވަގުތުން އިންޓާވެންޝަން ހެދުމާއި ރައްކާތެރިވުމަށް ފަސޭހަވެގެންދެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ހަކުރުބަލީގެ ހޭލުންތެރިކަން އިތުރުކުރުމާއި ފުރިހަމަ ފަރުވާ ފޯރުކޮށްދިނުމަށް އިސްކަންދޭ ހޮސްޕިޓަލެކެވެ. ރޯޑް ޝޯގެ ތެރެއިން ތައާރަފުކުރެވޭ މި ބަންޑަލްތަކަކީ ހަކުރުބަލީގެ އަގުހެޔޮ ފަރުވާ އެންމެންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ޓްރީ ޓޮޕުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox