އަސްލަމް، ރައީސްއަށް ދެއްވީ ސަރުކާރު ހިންގަން މަޖިލީހުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން

ރައީސް ޑރ. މުހައްމަދު މުއިއްޒު އާ މަޖިލިސް ރައީސް އަސްލަމް ސަލާމް ކުރައްވަނީ. މިވަގުތު މަޖިލީހުގައި ޑރ. މުއިއްޒުގެ ޕީއެންސީގެ ތިއްބެވީ މަދު މެމްބަރުންތަކެއް --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

ރައީސް ޑރ. މުހައްމަދު މުއިއްޒު އާ މަޖިލިސް ރައީސް އަސްލަމް ސަލާމް ކުރައްވަނީ. މިވަގުތު މަޖިލީހުގައި ޑރ. މުއިއްޒުގެ ޕީއެންސީގެ ތިއްބެވީ މަދު މެމްބަރުންތަކެއް --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މަސައްކަތްތައް ކުރިއަށްގެންދިޔުމަށް ރައްޔިތުންގެ މަޖިލީހުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ދެއްވައިފި އެވެ.

މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާގައި ޑރ. މުއިއްޒު ވަނީ ވެރިކަމުގެ ހުވާ ކުރައްވާފަ އެވެ. އަރިހުގައި މަޖިލިސް ރައީސްގެ ހައިސިއްޔަތުން ހުންނެވީ އަސްލަމް އެވެ.

އެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި އަސްލަމް ވަނީ މިއީ ދިވެހި ޖުމްހޫރިއްޔާއަށް ތާރީހީ ދުވަހެއް ކަމަށާއި، ދިވެހި ބަރުލަމާނަށް ވަރަށް ތާރީހީ ޖަލްސާއެއް ކަމަށް ވިދާޅުވެފަ އެވެ. އަދި, އާ ރައީސް އާއި އެމަނިކުފާނުގެ ނައިބު ރައީސްގެ ހުވާ ކުރެއްވި މަޖިލީހުގެ ކުރީގެ މެމްބަރު ހުސައިން މުހައްމަދު ލަތީފަށް އަސްލަމް މަރުހަބާ ދެންނެވި އެވެ.

"ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަން ހުރި ކަންކަން ނުވަތަ މަޖިލީހުގައި އެދޭ ކަންކަން، މަޖިލީހުގެ ނިޒާމުގެ ތެރޭގައި ކުރިޔަށް ގެންދިޔުމުގައި، ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ތަރަހައިގެ ތެރެއިން ވީ އެންމެ ރަނގަޅަކަށް ކުރިޔަށް ގެންދާނެ ކަމުގެ ޔަގީންކަން އަރުވަން," އަސްލަމް ވިދާޅުވި އެވެ.

ރައްޔިތުންގެ ލާބަ އާއި މަންފާ އަށް ކުރަންޖެހޭ އެންމެހާ ކަންކަމަށް ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ކަންކަން ކުރުމުގައި އެއްބާރުލުން ދޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އެގޮތުން, މަޖިލީހުން ކުރިއަށް އޮތް ދުވަސްތަކުގައި ކުރަން އޮތީ މުހިންމު މަސައްކަތްތަކެއް ކަމަށާއި އެ މަސައްކަތްތައް ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަސަލަމް ފާހަގަކުރެއްވީ 2024 ގެ ބަޖެޓުގެ މަސައްކަތްތަކެެވެ.

"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާންކުރާ މުއްދަތުގެ ކުރިން އަޅުގަނޑުމެންގެ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ މަސައްކަތް ނިންމާނެ ކަމުގެ ޔަގީންކަން އަރުވަން," އަސްލަމް ވިދާޅުވި އެވެ.

"ދިވެހި ލޮބުވެތި ރައްޔިތުންގެ އުއްމީދަކީ، އަދި އެދުމަކީ އެ ރައްޔިތުންނާއި މުޅި ގައުމުގެ ލާބަ އާއި މަންފާ އަށް ދައުލަތުގެ ބާރުތަކުން މަސައްކަތް ކޮށްދިނުން. ހިދުމަތް ކޮށްދިނުން,"

ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ތިއްބަވާނީ ސަރުކާރު ހިންގާ ކޯލިޝަނުގައި އޮތް ޕާޓީތަކުގެ މަދު މެމްބަރުންތަކެކެވެ. މަޖިލިސް 19 އަށް ހޮވުނު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ގިނަ މެމްބަރުންތަކެއް މިރޭ ކެބިނެޓުގެ ހުވާ ކުރައްވާނެ އެވެ.

އެހެންކަމުން, އިދިކޮޅުގައި އޮންނާނީ ނިމިގެންދިޔަ ވެރިކަން ކުރި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އެވެ. އަސްލަމް ވެސް ނިސްބަތްވެވަޑައިގަންނަވާ އެ ޕާޓީގެ މެޖޯރިޓީއެއް މަޖިލީހުގައި އެބައޮތެވެ.

އާ ސަރުކާރުގެ ކެބިނެޓަށް މިރޭ މެމްބަރުން އައްޔަނުކުރާއިރު މަޖިލީހުގެ ރުހުން ހޯދަން ޖެހޭނެ އެވެ. ބެލެވޭ ގޮތުގައި ވެރިކަން ބަދަލުވެ އާ ސަރުކާރަށް ފުރުސަތު ދިނުމުގެ ގޮތުން ބަޖެޓު ފާސްކޮށް އާ ކެބިނެޓަށް އެމްޑީޕީން ރުހުން ދޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox