މީޑިއާނެޓުގެ ހާއްސަ އިވެންޓެއް ބުރާސްފަތި ދުވަހު ލަންކާގައި

މީޑިއާނެޓުގެ ހާއްސަ އިވެންޓެއް ބުރާސްފަތި ދުވަހު ލަންކާގައި

"އެންމެނަށް މީޑިއާނެޓް" ތީމުގެ ދަށުން މީޑިއާނެޓުން ސްރީ ލަންކާގައި ހާއްސަ އިވެންޓެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

މި އިވެންޓަކީ ލަންކާގައި ދިރިއުޅެމުންދާ ދިވެހިންނަށް ހާއްސަކޮށްގެން ބާއްވާ އެ ކުންފުނިން ބާއްވާ އިވެންޓެކެވެ.

ރާއްޖެއިން ބޭރުގައި ވެސް ދިވެހި ޗެނަލްތައް ފަސޭހަކަމާއެކު ބަލާލެވޭ ގޮތަށް މީޑިއާނެޓުން ތައާރަފުކޮށްފައިވާ "އެމް އެސް ގްލޯބަލް" ހިދުމަތައް ހާއްސަކޮށްގެން ބާއްވާ މި އިވެންޓް އޮންނާނީ ނޮވެމްބަރު 16، ގެ ހެނދުނު 10:00 ން ރޭގަނޑު 10:00 އަށް، ދިވެހިންގެ ތެރޭގައި މަގްބޫލު ކެފޭއެއް ކަމުގައިވާ ކޮލަމްބޯގެ ގުރުވަ ކެފޭގަ އެވެ.

މި އިވެންޓުގައި އެމް އެސް ގްލޯބަލް ހިދުމަތާއި ގުޅޭ މައުލޫމާތު ދިނުމާއ،ި ރަޖިސްޓްރޭޝަން ފުރިހަމަ ކުރުން ކުރިއަށް ދާނެ އެވެ. އަދި އިވެންޓް ކުރިއަށްދާއިރު ކެފޭގައި އެމް އެސް ގްލޯބަލް އެކްސްޕީރިއަންސް ކޮށްލުމުގެ ފުރުސަތު ވެސް ލިބޭނެކަމަށް މީޑިއާނެޓުން މައުލޫމާތުދެ އެވެ.

މީޑިއާނެޓުން ބުނީ މި އިވެންޓްގެ ރޭގަނޑު ދަންފަޅީގައި ލައިވް މިއުޒިކް ކުރިއަށްދާނެ ކަމަށެވެ. މި އިވެންޓަކީ ލަންކާގައި ދިރިއުޅޭ ގިނަ ދިވެހިންނަށް އެއްތަނަކުން ބައްދަލުކޮށްލާ ވަގުތުތަކެއް ހޭދަކޮށްލުމަށް ލިބިގެންދާނެ ފުރުސަތެކެވެ.

"އެމް އެސް ލައިޓް ގްލޯބަލް" ހިދުމަތް މެދުވެރިކޮށް ޓީވީ އިން އަދި "އެމް އެސް ޑިޖިޓަލް ގްލޯބަލް" ހިދުމަތް މެދުވެރިކޮށް ފޯނުން މީޑިއާނެޓުގެ ވީޑިއޯ ކްލަބްގެ ހިދުމަތުގައި ހިމެނޭ ދިވެހި ފިލްމާއި ސީރީޒް އަދި ދުނިޔޭގެ މަގްބޫލު ފިލްމުތަކާއި ސީރީޒްތައް ވެސް ބަލާލެވޭނެ އެވެ.

އެމް އެސް ގްލޯބަލް ހިދުމަތް ބޭނުންކުރުމަށް ބޭނުންވަނީ ހަމައެކަނި ރަނގަޅު އިންޓަނެޓް ކަނެކްޝަނެކެވެ. މީޑިއާނެޓު އެޕްލިކޭޝަން އެންޑްރޮއިޑް ޓީވީއަށް އިންސްޓޯލް ކޮށްލައިގެން މި އެޕްލިކޭޝަން ބޭނުންކުރެވޭއިރު، ޕްލޭ ސްޓޯ އަދި އެޕް ސްޓޯ އިން ފޯނަށް އިންސްޓޯލް ކުރެވޭނެ އެވެ.

އެމް އެސް ލައިޓް ގްލޯބަލް ޕެކޭޖުގެ އަގަކީ މަހަކަށް އެންމެ 199ރ. އެވެ. އަދި އެމް އެސް ޑިޖިޓަލް ގްލޯބަލް ޕެކޭޖުގެ އަގަކީ މަހަކަށް އެންމެ 74ރ. އެވެ މި ދެ ހިދުމަތަށް ހާއްސަ އަހަރީ ޕްލޭންތަކެއް މީޑިއާނެޓުންވަނީ ތައާރަފްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox