އާސަރުކާރުން އަށް ކުންފުންޏެއް ހިންގަން އަންހެނުން

ރިޔާސީ ކެމްޕޭނުގެ ތެރޭގައި ޑރ. މުހައްމަދު މުއިއްޒު ކެމްޕޭނުތެރޭގައި ހުޅުމާލޭގައި ބޭއްވި ހަރަކާތެއްގައި ބައިވެރިވި މީހުން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރިޔާސީ ކެމްޕޭނުގެ ތެރޭގައި ޑރ. މުހައްމަދު މުއިއްޒު ކެމްޕޭނުތެރޭގައި ހުޅުމާލޭގައި ބޭއްވި ހަރަކާތެއްގައި ބައިވެރިވި މީހުން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އަށް ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުންނަށް އައްޔަން ކުރާނީ އަންހެނުން ކަމަށް، އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އަށް ވަނަ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ހުކުރު ދުވަހު ހުވާކުރައްވައި ވެރިކަމާ ހަވާލުވެވަޑައިގަންނަވާ މުއިއްޒު، ޒުވާނުންގެ މަރުކަޒުގައި ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ ޕަބްލިކް ސާވިސް މީޑިއާގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރައްވާނީ އަންހެނެއް ކަމަށެވެ. އެ މަގާމަށް އައްޔަން ކުރައްވާ ބޭފުޅާ ރޭގެ ބައްދަލުވުމުގައި ނޫސްވެރިންގެ މޭޒުގައި އިންނެވި ކަމަށް އާ ރައީސް ފާހަގަ ކުރެއްވި އެވެ.

އަދަދު ނޫހަށް އެނގިފައިވާ ގޮތުގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަކަށް ހަމަޖައްސަނީ، ކުރިން ޑީއާރުޕީ އަދި ފަހުން ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަށް ހުންނެވި ޒީނާ ޒާހިރެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް ދިޔުމަށްޓަކައި ނޫސްވެރިކަމުގެ ކެރިއަރު މެދުކަނޑާލި އެވެ. ވެބްސައިޓެއް ހައްދަވައިގެން ނޫސްވެރިކަން އަލުން އޭނާ ފެއްޓެވީ ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަމުން 2020 ވަނަ އަހަރުގެ ފަހުކޮޅު އިސްތިއުފާ ދެއްވުމަށް ފަހު އެވެ.

ޒީނާ ހުންނެވި ބްރޯޑްކާސްޓިން ކޮމިޝަނަކީ ރާއްޖޭގެ މީޑިއާގެ ތާރީހުގައި ޓީވީތަކަށް އެންމެ ބޮޑަށް ފިޔަވަޅު އެޅި ކޮމިޝަނެވެ. ނޫސްވެރިންގެ ހައްގުތައް ހިމާޔަތްކުރުމުގެ ބަދަލުގައި އޭރު އެ ކޮމިޝަނުން ދިޔައީ ޓީވީތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަމުންނެވެ. ޓީވީތަކުން ބައެއް ކޮންޓެންޓު އޮންއެއާކުރުން ހުއްޓުވި އެވެ.

"މަތިފަޑީގައި އަންހެން ބޭފުޅުން އިތުރުކުރުމަކީ އަޅުގަނޑުގެ ވައުދެއް،" މުއިއްޒު ވިދާޅުވި އެވެ.

އަންނަ އަހަރު ބާއްވާ ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް ވެސް ވީހާ ވެސް ގިނަ އަންހެނުން ވާދަ ކުރެއްވުމަށް ވެސް މުއިއްޒު އެދިވަޑައިގަތެވެ.

އާ ސަރުކާރުގެ ކެބިނެޓުގައި ވެސް ތިން މިނިސްޓަރުން ހިމެނޭކަން ވަނީ އެނގިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox