މެމްބަރުން ތަޅުމުގައި އިހުތިޖާޖުގައި, އަމީންއާންމު ހިމޭނުން!

ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު ނިއުޝާ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ.

ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު ނިއުޝާ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދިޔުމުގެ ފުރުސަތު ނުދީ ހުއްޓުވާފައިވާއިރު މަޖިލިސް މެމްބަރުން ތަޅުމުގައި ކުރަމުންދާ އިހުތިޖާޖަށް ހައްލެއް ހޯދުމުގެ ބާރު އޮތް މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިޔުޝާ އެކަމަށް ހައްލެއް ނުދެއްވާތީ މުޅި މަޖިލިސް ހުއްޓިއްޖެ އެވެ.

މިއަދު މަޖިލީހަށް ދެ ޖަލްސާއެއް އެޖެންޑާ ކުރި އެވެ. އެއް ޖަލްސާއަކީ ބަޖެޓު ހުށަހަޅަން އޮތް ޖަލްސާ އެވެ. އެ ޖަލްސާއަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސަލާމް ފޮނުއްވިއިރު ކޯރަމް ހަމަނުވެގެން ޖަލްސާ މެދުކަނޑާލީ އެވެ.

ދެވަނަ ޖަލްސާ ކުރިއަށްނުގެންދެވި މަޖިލިސް ހުއްޓުނީ ރިޔާސަތު ބަލަހައްޓާނެ މެމްބަރަކާ މެދު ވެސް ހިޔާލު ތަފާތުވުންތަކެއް ހުއްޓަ އެވެ. ނައިބު ރައީސް އީވާ އަބްދުالله ރިޔާސަތުގައި އިންނެވިރު އޭނާއަށް އެ ތަނުގައި ނީނދެވޭނެ ކަމަށް އެމްޑީޕީގެ މެމްބަރުން ދަނީ ބުނަމުންނެވެ.

Advertisement

އާންމު ކޮމިޓީން ވެސް ވަނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދާނަމަ ރިޔާސަތުގައި އީވާ އާއި އަފީފަށް ނީނދެވޭނެ ކަމަށް ކޮމިޓީގެ ލަފައެއްގެ ގޮތުގައި ފާސްކޮށްފަ އެވެ. އެ ލަފައަށް އަމީންއާންމު އަމަލުކުރުން މަޖުބޫރެއް ނޫނެވެ.

އެމްޑީޕީގެ މެމްބަރުން ދެކޭ ގޮތުގައި މަސްލަހަތު ފުށުއަރާތީ އީވާއަށް ރިޔާސަތުގައި ނީނދެވޭނެ އެވެ. އެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި ނަޝީދު ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވަން ޖެހޭނީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެވެ. ޖަލްސާ ފެށިއިރު ރިޔާސަތުގެ މޭޒުކޮޅު ކައިރީގައި ޝަރީފް ހުންނެވި އެވެ.

ރިޔާސަތު ބަލަހައްޓަވާނެ މެމްބަރަކާ ގުޅޭގޮތުން ހިލާފުތަކެއް އުފެދިފައިވާއިރު އެކަމާ ގުޅޭގޮތުން އަމީންއާންމު ތަޅުމުގައި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

އުފެދިފައިވާ މައްސަލައާ ގުޅިގެން ބަހެއް ހޯދުމަށް "އަދަދު" ނޫހުން ތަކުރާރުކޮށް ނިޔުޝާއަށް ގުޅައި މެސެޖުކޮށް ހެދި ނަމަވެސް އެއްވެސް ބަހެއް ލިބިފައި ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox