އަމީރު އާލާސްކަންފުޅާ، ބަޖެޓް ހުށަހަޅުއްވަން މާދަމާ މަޖިލީހަށް ވަޑައިނުގަންނަވާނެ

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު : ބަލިވެ އުޅުއްވާތީ ބަޖެޓު ހުށަހަޅަން އޮތް ޖަލްސާއަށް ނުދެވޭކަން އަމީރު މަޖިލީހަށް އަންގައިފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު : ބަލިވެ އުޅުއްވާތީ ބަޖެޓު ހުށަހަޅަން އޮތް ޖަލްސާއަށް ނުދެވޭކަން އަމީރު މަޖިލީހަށް އަންގައިފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު ހުށަހެޅުމަށް މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް، ސިއްހީ ހާލަތު ތަންނުދޭތީ ވަޑައިގެންނެވެން ނެތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މަޖިލީހަށް އަންގަވައިފި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކުރައްވާ މިރޭ ފޮނުއްވި ސިޓީއެއްގައި އަމީރު ވިދާޅުވީ 2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ހުށަހަޅަން މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތަސް "ބަލިހާލަތު ހުރި ގޮތުން" ވަޑައިގެންނެވެން ނެތް ކަމަށެވެ.

"13 ނޮވެމްބަރު 2023 ވާ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި 2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހެޅުއްވުން އޮތް ކަމުގައި ވީ ނަމަވެސް އަޅުގަނޑުގެ ބަލިހާލަތު ހުރި ގޮތުން މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވެން ނެތްވާހަކަ ހިތާމައާއެކު ދެންނެވީމެވެ،" އަމީރު، ނަޝީދުއަށް ފޮނުއްވި ސިޓީގައިވެ އެވެ.

Advertisement

މި އަހަރުގެ ބާކީ އޮތް ބަޔަށް ހުށަހަޅާ ސަޕްލިމެންޓަރީ ބަޖެޓު އަދި އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހެޅުމަށް ބާއްވާ ޖަލްސާ ތާވަލު ކުރީ މާދަމާ ހެދުނު 9:00 އަށެވެ.

މާދަމާ 11:00 ގައި މަޖިލީހުގެ އިތުރު ޖަލްސާއެއް އޮންނާނެ އެވެ. އެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމަށް ހުށަހެޅި މައްސަލަ އެވެ.

އެ މައްސަލަ އޮތް ނަމަވެސް، އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުން ދެން އެންމެ އަވަހަށް އޮންނަ ޖަލްސާއަކަށް އެޖެންޑާ ކޮށްދިނުމަށް އެދި ނަޝީދު ވަނީ މިއަދު މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާ އަށް ސިޓީއެއް ފޮނުއްވާފަ އެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު އޮތް ދެ ޖަލްސާއަށް ވެސް އެޖެންޑާ ކުރި އެވެ. ފުރަތަމަ ބޭއްވި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު އެވެ. ނިޒާމީ އޮއިވަރެއްގެ ތެރެއަށް މަޖިލީހުގެ ތަޅުން ދޫކޮށްލުމަށް ފަހު އަފީފު ވަނީ އެ ގަރާރު މަޖިލީހުގެ ގަވާއިދާ ހިލާފު ކަމަށް ވިދާޅުވެ ނަޝީދު ވަކިކުރުން އަލުން ހުށަހަޅަން އަންގަވާފަ އެވެ.

އަފީފުގެ އެ ނިންމުން މަޖިލީހުގެ އަމީން އާންމު ގަބޫލު ނުކުރައްވައި، 11:30 އަށްއެޖެންޑާކުރި ޖަލްސާގެ ރިޔާސަތު އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ވަނީ އަފީފުގެ ނިންމެވުން ރަނގަޅު ކަމަށް ވިދާޅުވެ މަޖިލިސް ޖަލްސާ ނިންމަވާލައްވައިފަ އެވެ.

އެ ދެ ޖަލްސާ ހުއްޓުވާ އެމްޑީޕީން ހުށަހެޅި ގަރާރު ބޭރުކޮށްލީ ގަވައިދާ ހިލާފަށް ކަމަށާއި އީވާ އާއި އަފީފު މެމްބަރުންގެ "އިމްތިޔާޒްތަކަށް އަރައިގަތް ކަމަށް" އިމްތިޔާޒާއި ސޫލުކު ކޮމިޓީން ވަނީ ނިންމާފަ އެވެ.

އަދި އެ ގަރާރު ހުއްޓުވާފައިވާތީ ހުއްޓުވާފައިވާތީ ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީއަށް ހުށަހެޅި މައްސަލާގައި ބަންޑާރަ ނައިބުގެ ލަފާ ހޯދުމަށް އެ ކޮމިޓީން ވަނީ ނިންމާފަ އެވެ. ނަމަވެސް ބަންޑާރަނައިބު ލަފައެއް ދެއްވާފައިވާކަން އަދި އެނގިފައެއް ނުވެ އެވެ

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox