އާސެނަލް އާއި ޔުނައިޓެޑް މޮޅުވިއިރު، ޓޮޓެންހަމް ފަހު ވަގުތު ބަލިވެއްޖެ

Nov 12, 2023, 7:44 AM
އާސެނަލް އާއި ޔުނައިޓެޑް މޮޅުވިއިރު، ޓޮޓެންހަމް ފަހު ވަގުތު ބަލިވެއްޖެ

ލަންޑަން (ނޮވެމްބަރު 12) - އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އާއި މެންޗެސްޓާ ޔުނައިޓެޑް ރޭ ކުޅުނު މެޗުތައް ކާމިޔާބުކުރިއިރު، ވުލްވްސް އަތުން ފަހު ވަގުތު ޓޮޓެންހަމް ބަލިވެއްޖެ އެވެ.

ލީގުގައި ރޭ އާސެނަލުން ވަނީ އަމިއްލަ ދަނޑުގައި 3-1 އިން ބާންލީ ބަލިކޮށްފަ އެވެ. ލޫޓަން އަތުން 1-0 އިން ޔުނައިޓެޑް މޮޅުވިއިރު، އިތުރު ވަގުތުގައި ޖެހި ދެ ގޯލާއިއެކު ޓޮޓެންހަމް ވުލްވްސް އަތުން ބަލިވީ 2-1 އިންނެވެ.

މި ނަތީޖާތަކާ އެކު އާސެނަލް ވަނީ ޕްރިމިއާ ލީގު ތާވަލްގެ ދެ ވަނައަށް ޖެހިލާފަ އެވެ. އެއް މެޗު މަދުން ކުޅެ އެއް ވަނައިގައި އޮތް ސިޓީއަށް 27 ޕޮއިންޓް ލިބިފައިވާއިރު، އާސެނަލް ވެސް ދެ ވަނައިގައި އޮތީ 27 ޕޮއިންޓް ހޯދައިގެންނެވެ. ސިޓީ މިރޭ ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ. ރޭ ވުލްވްސް އަތުން ބަލިވި ޓޮޓެންހަމް ވަނީ ތިން ވަނަ އަށް ވެއްޓިފަ އެވެ. އެޓީމަށް ލިބިފައިވަނީ 26 ޕޮއިންޓެވެ. 21 ޕޮއިންޓާ އެކު މެންޗެސްޓާ ޔުނައިޓެޑް އޮތީ ލީގުގެ ހަ ވަނައިގަ އެވެ.

Advertisement

ބާންލީ އަތުން އާސެނަލް މޮޅުވި މެޗުގައި އެ ޓީމުގެ ގޯލުތައް ޖަހައިދިނީ ލިއަންދްރޯ ޓޮރޮސާޑް، ވިލިއަން ސަލީބާ އަދި އެލެގްސަންޑާ ޒިންޗެންކޯ އެވެ. ބާންލީގެ ހަމައެކަނި ގޯލު ޖަހައިދިނީ ޖޯޝް ބްރައުން ހިލް އެވެ. މި މެޗުގައި ޓްރޮސާޑް ޖެހި ގޯލަކީ އާސެނަލްގެ ދަނޑު، އެމިރޭޓްސްގައި ޖެހި 1000 ވަނަ ގޯލެވެ.

މި މެޗުގައި ވެސް އަނިޔާގެ ސަބަބުން އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑެއް ނުކުޅެ އެވެ. އަދި ފަހު ވަގުތު ޑިފެންޑަރު ބެން ވައިޓަށް ވެސް މި މެޗުގައި ކުޅެވޭ ގޮތެއް ނުވި އެވެ. އަނެއްކޮޅުން ތޯމަސް ޕާޓޭ އާއި ގެބްރިއެލް ޖެސުސްވެސް ތިބީ ކުޅުމާ ދުރުގަ އެވެ.

މެންޗެސްޓާ ޔުނައިޓެޑުން ލޫޓަން އަތުން މޮޅުވީ ވިކްޓާ ލިންޑެލޮފް ޖެހި ގޯލުންނެވެ. އުނދަގޫ ހާލަތެއްގައި އޮތް ޔުނައިޓެޑަށް މި ލިބުނު މޮޅާއިއެކު ކޯޗު ޓެން ހާގަށް ހިތްހަމަޖެހުމުގެ ނޭވާއެއް ލެވޭނެ އެވެ. ސަބަބަކީ ނަތީޖާތައް ގޯސްވެ ޓެންހާގު މަގާމުން ވަކިކޮށްފާނެކަމަށް އަޑު ފެތުރެމުން އަންނާތީ އެވެ.

ސީޒަންގެ ފުރަތަމަ 10 މެޗުގައި ރަނގަޅު ނަތީޖާތަކެއް ނެރެ ކުރިން އެއް ވަނައިގައި އޮތް ޓޮޓެންހަމް ރޭގެ މެޗަށް ނުކުތީ އަނިޔާއާއި ސަސްޕެންޝަނުގެ ސަބަބުން ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެންނެވެ. މުހިންމު މިޑްފިލްޑަރު ޖޭމްސް މެޑިސަން އަދި މިކީ ވެންޑެވެން އަށް މި މެޗުގައި ނުކުޅެވުނުއިރު، މުހިންމު ދެ ޑިފެންޑަރުންކަމަށްވާ ކްރިސްޓިއަން ރޮމޭރޯ އާއި ޑެސްޓިނީ އުޑޯގީ ތިބީ ސަސްޕެންޝަނުގަ އެވެ.

ވުލްވްސް ކޮޅަށް ފުރަތަމަ ގޯލު ޖެހީ ޓޮޓެންހަމުންނެވެ. ޕެޑްރޯ ޕޮރޯ ނަގައިދިން ހުރަހަކުން މި ގޯލު ޖަހައިދިނީ ބްރެނަން ޖޯންސަން އެވެ. ވުލްވްސްއިން ނަތީޖާ އަނބުރާލީ މެޗުގެ އިތުރު ވަގުތުގަ އެވެ. އިތުރު ވަގުތުގެ އަށް މިނެޓު ރެފްރީ ދެއްކިއިރު، މި އަށް މިނެޓުގެ ތެރޭގައި އެޓީމުން ދެ ގޯލު ޖެހި އެވެ. ފުރަތަމަ ގޯލު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޕަބްލޯ ސަރާބިއާ އެވެ. އެޓީމް މޮޅުވީ މާރިއޯ ލެމީނާ ޖެހި ގޯލުންނެވެ.

ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑުވެސް ވަނީ ބަލިވެފަ އެވެ. ބޯންމައުތު އަތުން 2-0 އިން ނިއުކާސަލް ބަލިވި މެޗުގައި ދެ ގޯލު ވެސް ޖަހައިދިނީ ފޯވާޑް ޑޮމިނިކް ސޮލާންކީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox