ލުއިސް ޑިއާޒްގެ ބައްޕަ އެންމެ ފަހުން ދޫކޮށްލައިފި

Nov 10, 2023, 7:43 AM
ލުއިސް ޑިއާޒްގެ ބައްޕަ އެންމެ ފަހުން ދޫކޮށްލައިފި

ބޮގޯޓާ (ނޮވެމްބަރު 10) - މީގެ 13 ދުވަސްކުރިން ހަތިޔާރު އެޅި ޖަމާއަތަކުން ރަހީނުކުރި ލިވަޕޫލްގެ ކޮލަމްބިއާ ތަރި ލުއިސް ޑިއާޒްގެ ބައްޕަ ދޫކޮށްލައިފި އެވެ.

ކޮލަމްބިއާގެ ސަރުކާރާ ދެކޮޅު ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ "ނެޝަނަލް ލިބަރޭޝަން އާމީ" (އީއެލްއެން)ގެ ގްރޫޕަކުން ލުއިސް ޑިއާޒްގެ ބައްޕަ ކިޑެންޕް ކުރީ، އެ ގައުމުގެ އުތުރު ހިސާބެއް ކަމަށްވާ ލަ ގުއަޖީރާގެ ޕެޓްރޯލް ސްޓޭޝަނެއްގައި ހުއްޓަ އެވެ.

މިދިޔަ އާދިއްތަ ދުވަހު ލިވަޕޫލުން ލީގުގައި ކުޅުނު މެޗުގައި ގޯލު ޖެހުމަށްފަހު ޑިއާޒް ވަނީ އޭނާގެ ބައްޕަ މިނިވަންކޮށްދިނުމަށް ގޮވާލާ މެސެޖެއް ވެސް އުފާފާޅުކުރުންތަކުގައި ދައްކާލާފަ އެވެ.

ލުއިސް ޑިއާޒްގެ ބައްޕަ ހޯދުމަށް އެގައުމުގެ ފުލުހުންނާއި އަސްކަރިއްޔާއިން ގުޅިގެން ބޮޑު މިލިޓަރީ އޮޕަރޭޝަނެއް ކުރިއަށްގެންދިޔަ އެވެ.

އެންމެ ފަހުން ޑިއާޒްގެ ބައްޕަ ދޫކޮށްލާފައިމިވަނީ ދެ ދުވަސްވަންދެން އެކަމާ ގުޅޭ މަޝްވަރާތައް ކުރުމަށް ފަހު އެވެ.

މިއަދު ދޫކޮށްލި ލުއިސް ޑިއާޒްގެ ބައްޕަ މިހާރު ވަނީ މިލިޓަރީ ހެލިކަޕްޓަރެއްގައި ވަލެޑުޕާ ސިޓީއަށް ގެންދެވިފަ އެވެ. އެތަނުގައި އޭނާގެ މެޑިކަލް ޓެސްޓުތަކެއް ހެދުމަށްފަހު އާއިލާއާ ހަވާލުކުރާނެ އެވެ.

ލުއިސް ޑިއާޒްގެ ބައްޕަ ދޫކޮށްލުމުގެ އުފަލުގައި ގިނަ ބަޔަކު އާއިލާގެ މެންބަރުންނާއިއެކު ވަނީ އުފާފާޅުކޮށްފަ އެވެ. މިގޮތުން ޑިއާޒްގެ ލިވަޕޫލް ޖާޒީ ލައިގެން ގިނަ ބަޔަކު ވަނީ މަގުތަކަށް ނުކުމެ ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ.

ކޮލަމްބިއާގެ ގައުމީ ޓީމްގެ ކުޅުންތެރިޔާގެ އާއިލާއިން ވަނީ ޑިއާޒްގެ ބައްޕަ މިނިވަންކޮށްދިނުމަށް ކޮލަމްބިއާގެ ސަރުކާރާއި، ފުލުހުން އަދި އެގައުމުގެ އަސްކަރިއްޔާއިން ކޮށްދިން މަސައްކަތަށް ޝުކުރު އަދާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox