އާ ރައީސް ހުވާ ކުރުމުގެ ޖަލްސާގެ ރިޔާސަތު ނަޝީދު ބަލަހައްޓާނަމަ އެމްޑީޕީން އިހުތިޖާޖު ކުރާނެ!

ރިޔާސީ އިންތިހާބުގެ ކާމިޔާބީއަށް ފަހު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވި ދުވަހު އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއެކު. -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ރިޔާސީ އިންތިހާބުގެ ކާމިޔާބީއަށް ފަހު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވި ދުވަހު އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއެކު. -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމަށް ބާއްވާ ޖަލްސާގެ ރިޔާސަތުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންނަވާނަމަ އިހުތިޖާޖުކުރަން އެމްޑީޕީން ނިންމައިފި އެވެ.

އެމްޑީޕީއަށް ނިސްބަތްވާ ހުޅުމާލޭ ދާއިރާގެ މެމްބަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު އަލީ ނިޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "މިއަދުގެ ސުޕްރީމް ކޯޓުގެ ހުކުމާއެކު، އިންތިހާބީ ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ރިޔާސަތު ބަލަހައްޓަނީ މަޖްލިސް މެމްބަރުންގެ އިތުބާރު ނެތް ރިޔާސަތެއް ކަމުގައިވާ ނަމަ އެކަމަށް އެމްޑީޕީއިން އިހުތިޖާޖު ކުރާނެ،" ކަމަށެވެ.

"އިހުތިޖާޖު ކުރާނެ ގޮތުގެ ތަފްސީލް ނިންމާނީ އެމްޑީޕީ ޕީޖީއިން،" ނިޔާޒު ވިދާޅުވި އެވެ.

ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅާފައިވާ ގަރާރު އަންނަ އާދީއްތަ ދުވަހު ކުރިޔަށް ގެންދިޔުމަށް ޖަލްސާއެއް ބާއްވަން ވަނީ ނިންމައިފަ އެވެ.

ނަޝީދު ވަކިކުރުމުގެ ޖަލްސާ ކުރިޔަށް ނުގެންގޮސްގެން އެމްޑީޕީން ހުށަހެޅި މައްސަލާގައި، ސުޕްރީމް ކޯޓުން ކުރި ހުރުމަށް ފަހު، އަންނަ އާދީއްތަ ދުވަހު އެ މައްސަލަ ކުރިޔަށް ގެންދިޔުމަށް ޖަލްސާއެއް ބާއްވަން ވަނީ ނިންމައިފަ އެވެ. އެވެ.

މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ބ. ގައި އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅައިފައިވާ މައްސަލައަށް ގޮތެއް ނިންމުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބު ރައީސް ކަމަށެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީގެ 49 މެމްބަރުން ސޮއި ކުރައްވައި ހުށަހެޅި ނަމަވެސް، މައްސަލަ ދިގު ދެއްމުމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އަމީން އާންމު ފާތިމަތު ނިއުޝާ މަސައްކަތް ކުރެއްވި އެވެ.

އެ މައްސަލަ ތާށިވެފައި އޮތީ އީވާ ނޫން ބޭފުޅަކަށް، އެފަދަ ޖަލްސާއެއްގެ ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް މަޖިލީހުގެ އިދާރާއިން، މަޖިލީހުގެ ގަވާއިދު މާނަކުރުމުންނެވެ. އެއީ ގާނޫނު އަސާސީއާ ހިލާފު ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅި އެވެ.

އާދީއްތަ ދުވަހުގެ ޖަލްސާއަށް އީވާ އުޒުރުވެރިވެވަޑައިގަތަސް އެ ޖަލްސާ ކުރިޔަށް ގެންދާންޖެހޭނެ އެވެ. އެ ޖަލްސާއިން ނަޝީދު ވަކިކޮށްފި ނަމަ، އިންތިހާބީ ރައީސް މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ކުރިން މަޖިލީހަށް އާ ރައީސްއަކު ހަމަޖައްސަންޖެހޭނެ އެވެ.

މުއިއްޒުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާނީ ނޮވެމްބަރު 17 ވަނަ ދުވަހު ހަވީރު ޖުމްހޫރީ މައިދާނުގަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox