ފެނަކައިން ކުންފުނިތަކަށް ދައްކަންޖެހޭ ދަރަނި 1.4 ބިލިއަނަށް

ފެނަކަ އެމްޑީ އަހުމަދު ސައީދު، ބައެއް ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ދޮޅު އަހަރުވެފަ ހުރި ބިލުތައްވެސް ހުންނާނެ ކަމަށް ވިދާޅުވި--- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ފެނަކަ އެމްޑީ އަހުމަދު ސައީދު، ބައެއް ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ދޮޅު އަހަރުވެފަ ހުރި ބިލުތައްވެސް ހުންނާނެ ކަމަށް ވިދާޅުވި--- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ފެނަކަ ކޯޕަރޭޝަނުން އެކިއެކި ކޮންޓްރެކްޓަރުންނަށް ދަރާފައިވާ އަދަދު 1.4 ބިލިއަން ރުފިޔާ އަށް އަރާކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެކި ޕްރޮޖެކްޓްތައް ހިންގައިގެން، ފެނަކަ ކޯޕަރޭޝަނުން އަމިއްލަ ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ މައްސަލަ ބޮޑުވެ ކުންފުނި ތަކުން ވަނީ އެ އޮފީސް ކުރިމަތީގައި މުޒާހަރާ ވެސް ކޮށްފަ އެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހެޅި އެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މިދިޔަ އޭޕްރީލް މަސްތެރޭގައި ހުށަހެޅި އެ މައްސަލައިގައި ބުނެފައިވާ ގޮތުގައި އެ ކުންފުނި އޮތީ 2.8 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އިން ކުންފުނިތަކަށް ދަރައިފަ އެވެ. ނަމަވެސް އެ މައްސަލަ ބަލައިނުގަނެ މަޖިލީހުން ވަނީ ބޭރުކޮށްލާފަ އެވެ.

ފެނަކައިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި "އަދަދު" ނޫހުން ސުވާލު ކުރުމުން ސައީދު ވިދާޅުވީ ކުންފުނިތަކަށް ދަރާފައިވާ ފައިސާގެ އަދަދު އުޅޭނީ ގާތްގަނޑަކަށް 1.4 ބިލިއަން ރުފިޔާގައި ކަމަށެވެ. އަދި އެ ފައިސާ މަހުން މަހަށް ދައްކަމުން ދާ ކަމަށާއި ނުދައްކާ ގިނަ ދުވަސްވެފައި ވަނީ މައްސަލަތައް ދިމާވެފައިވާ ބިލުތަކުގެ ފައިސާ ކަމަށް ވިދާޅުވި އެވެ.

"އަބަދުވެސް ކޮންމެ މަހަކުވެސް އެ ލާރި ދައްކަމުން ދަނީ، އަޅުގަނޑުމެންނާ އެބައިމީހުންނާ އެއްބަސްވެވޭ މިންވަރަކުން ދައްކަމުން އަންނަނީ،" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި މައްސަލައެއް ދިމާނުވާ ބިލުތަކުގެ ތެރެއިން ފައިސާ ނުދައްކާ ގިނަ ދުވަސްވެފައި ހުންނާނީ އެއް އަހަރާއި ދޮޅު އަހަރާ ދެމެދުގެ ބިލުތަށް ކަމަށެވެ. އަދި ފައިސާ ނުދައްކާ ގިނަ ދުވަސްވެފައިވާ ބިލުތަކަކަކީ އެކި މައްސަލަތައް ދިމާވެފައި ހުރި ބިލުތަށް ކަމަށް ސައީދު ފާހަގަ ކުރެއްވި އެވެ.

އޭނާ ވިދާޅުވީ އެކި ކުންފުނިތަކަށް ފައިސާ ދައްކަން ކޮންޓްރެކްޓުކޮށްފައި ހުންނާނީ އެކި މުއްދަތުގައި ކަމަށެވެ.

"90 ދުވަހުން ކްލިއާ ނުވާ ބިލުތަކުގެ ދުވަސްތަކުގެ ވާހަކަ މިދެންނެވީ، ނުކުރެވޭ ހާލަތުގަ މި ބުނިހެން މައްސަލަ ދިމާނުވާނަމަ ހުރެދާނެ އެއްބައި މީހުން ކޯޓަށް ދާން ބޭނުންވެގެން އަނެއް ބައިމީހުން ކޯޓުން ބޭރުން ހައްލުކުރަން، މިކަހަލަ ބައިވަރު މަރުހަލާތައް ހުންނާނެ، އެގޮތަށް އެންމެ ގިނަ ދުވަސްވެފަ ހުންނާނީ އަޅުގަނޑަށް ލަފާކުރެވޭ ގޮތުގަ އެއް އަހަރާއި ދޮޅު އަހަރާ ދޭތެރޭގެ ބިލުތައް،" ސައީދު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި މިދިޔަ މާޗް މަހުގެ ނިޔަލަށް ފެނަކައިން ފައިސާ ދައްކަންޖެހޭ ކުންފުނިތަކުގެ އަދަދު ހާހަކަށްވުރެ އިތުރެވެ. މީގެ ތެރޭގައި ގިނައީ ކޮންޓްރެކްޓަށް ފެނަކައަށް އެކި މަސައްކަތްތައް ކޮށްދިން ކުދި ވިޔަފާރިތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox