ޓްރީޓޮޕުން ފުރަތަމަ ފަރަހަށް އެއްމާބަނޑު ދެ ކުދިން ދެ ވަގުތެއްގައި ވިއްސައިފި

ޓްރީޓޮޕް ޑޮކްޓަރުންގެ ޓީމް -- ފޮޓޯ: ޓްރީޓޮޕް

ޓްރީޓޮޕް ޑޮކްޓަރުންގެ ޓީމް -- ފޮޓޯ: ޓްރީޓޮޕް

ޓްރީ ޓޮޕް ހޮސްޕިޓަލުން ފުރަތަމަ ފަހަރަށް އެއްމާބަނޑު ބަލިވެ އިނުމަކުން ދެ ކުދިން ދެ ވަގުތެއްގައި ވިހެއުމުގެ ޕްރޮސީޖާ، އެސިންކްރޮނަސް ޓްވިން ޑެލިވަރީ (އޭޓީޑީ) ކާމިޔާބުކަމާ އެކު ފުރިހަމަ ކޮށްފި އެވެ.

އެ ހޮސްޕިޓަލުން ބުނީ އެސިންކްރޮނަސް ޓްވިން ބާތްސް އަކީ ވަރަށް މަދު ހާލަތްތަކުގައި ދިމާވާ ކަމަކަށް ވުމުން، ދިމާވެދާނެ އުނދަގޫ ހާލަތްތައް އަވަހަށް ދެނެގަތުމުގެ ގޮތުން މައިމީހާގެ ބޭނުންތަކަށް ހާއްސަ ފަރުވާއެއް ފޯރުކޮއްދީފައިވާ ކަމަށެވެ.

ޓްރީޓޮޕްގެ ޑޮކްޓަރުންގެ ޓީމުން ވަނީ މައިމީހާއަށާއި ދަރިފުޅަށް ބަލިވެ އިނުމުގެ މަރުހަލާތަކުގައި ކުރިމަތިވެދާނެ ތަފާތު ރިސްކުތަކުގެ ސަބަބުން ފަރުވާތެރިކަމާއިއެކު ގަވާއިދުން ބެލުމަށް ހާއްސަ ސަމާލުކަމެއް ދީފަ އެވެ.

އޭގެ އިތުރުން ސްވިފްޓް އެމަޖެންސީ ސިޒޭރިއަން ފުރިހަމަކުރީ އެ ހޮސްޕިޓަލުގެ ގާބިލު އޮބްސްޓެޓްރިކް އަދި ގައިނެކޮލޮޖިކަލް ޑޮކްޓަރުންގެ ޓީމުން ކަމަށް ޓްރީޓޮޕުން މައުލޫމާތު ދެ އެވެ. އަދި, ވިހެއުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލުމާ ހަމައަށް ތުއްތު ދަރިފުޅަށް ބޭނުންވާ ފަރުވާ ދިނުމަށްޓަކައި ޓްރީ ޓޮޕް ހޮސްޕިޓަލްގެ ކުޑަކުދިންގެ ޑޮކްޓަރުން ވަނީ ނިއޯނޭޓަލް އިންޓެންސިވް ކެއާ ޔުނިޓް (އެންއައިސީޔޫ) ގައި އެ ކުދިންނަށް އެންމެ އެކަށޭނަ ފަރުވާ ފޯރުކޮށްދިނުމަށް ފަހު ދުޅަހެޔޮ ސިއްހަތެއްގައި ދޫކޮށްލާފަ އެެވެ.

އެ ޕްރޮސީޖަރު ކާމިޔާބުކޮށްދިނުމުގައި އިސްކޮށް އުޅުއްވީ އޯބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީގެ ކޮންސަލްޓަންޓް ޑރ. މާރިއާ ކްރިސްޓީނާ އަލްމޮންޓޭ އަދި އޭނާގެ ޓީމާއެކު ނިއޯނެޓޮލޮޖިސްޓުން ކަމުގައިވާ ޑރ. އިންގްރިޑް، ޑރ. ބިޕިން، ޑރ. މުސްތަފާ އަދި ކުޑަކުދިންގެ ޑޮކްޓަރުން ކަމުގައިވާ ޑރ. އެލެސަންދްރާ އެވެ.

އެސިންކްރޮނަސް ޓްވިން ބާތްސް އަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ވެސް މަދުން ނޫނީ ނުފެންނަ ޕްރޮސީޖަރެއް ކަމުން ޓްރީޓޮޕް ހޮސްޕިޓަލުން މި ކާމިޔާބީ ފާހަގަ ކުރަނީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު ކުރިއެރުމެއް ގޮތުގަ އެވެ.

ޓްރީޓޮޕުން ބުނީ އެ ހޮސްޕިޓަލުގެ ކޮންމެ ބަލި މީހަކަށް އަދި ހާއްސަކޮއް މާބަނޑުމީހުންނަށް ބަލިވެ އިނުމުގެ ހުރިހާ މަރުހަލާތަކެއް ބެލެހެއްޓުމުގައި ބޭނުންވާ ހާއްސަ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް ހޮސްޕިޓަލްގެ ކުޅަދާނަ ޑޮކްޓަރުންގެ ޓީމްގެ އެންމެ ފުރިހަމަ އެއްބާރުލުން ދޭނެކަމަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގެ ހިދުމަތްތަކާ ގުޅޭ އިތުރު މައުލޫމާތު މި ނަމްބަރަށް ގުޅުއިގެން އަދި މި މެއިލްއަށް އީމެއިލްކޮށްގެން ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox