ހުލާސާކޮށް އިއްޔެ: ބައެއް ފްލެޓު އަތުލާނެކަމުގެ އިޝާރާތެއް!

އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓުތަކުގެ ތެރެއިން ގާނޫނާއި ގަވާއިދާ ހިލާފަށް ފްލެޓެއް ދީފައިވާނަމަ އެ ފްލެޓެއް އަތުލުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަންނަވަނީ ފްލެޓުތައް ހަވާލުކުރުން އާ ސަރުކާރަށް ދޫކޮލުމަށް ކަމަށް އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް އިއްޔެ ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެންމެ ފުރަތަމަ ދޫކުރާ 4,000 ފްލެޓަށް ކޮލިފައިވި މީހުންގެ ދާއިމީ ލިސްޓު އާންމުކުރުމާ އެކު އާންމުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ވަނީ ބަންޑުންކޮށްލައިފަ އެވެ. މި މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް ޝަކުވާގެ ފުރުސަތު ހުޅުވާލާފައިވާއިރު އިންތިހާބީ ރައީސްގެ އޮފީހަށް ވެސް އެކަމާ ގުޅިގެން ގިނަ އަދަދެއްގެ ޝަކުވާތައް ލިބިފައިވާ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

ޑރ. މުއިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވުމަށް ގާތްގަނޑަކަށް ނުވަ ދުވަސް އޮތްއިރު މި ދަނޑިވަޅުގައި އަވަސް އަރުވާލައިގެން ފްލެޓުތައް ހަވާލުކުރުމުގެ ބަދަލުގައި އާ ސަރުކާރަށް އެ މަސައްކަތްތައް ދޫކޮށްލުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

Advertisement

ނުހައްގުން ފްލެޓުތަކެއް ދީފައިވާނަމަ އެފަދަ ފްލެޓެއް އަތުލާނެ ކަމުގެ އިޝާރާތެއް ފުރަތަމަ ފަހަރަށް އިއްޔެ އިންތިހާބީ ރައީސްގެ އޮފީހުން ވަނީ ދީފަ އެވެ.

"ނުހައްގުން, ނުގަވާއިދުން އުސޫލުތަކުގެ ބޭރުން ކަންތައްތަކެއް ހާސިލުކޮށްފައިވާނަމަ, ޝަރުތު ހަމަނުވާ ފަރާތްތަކަށް ދީފައި ހުރި ކަމަށްވާނަމަ, ނުވަތަ އެފަދަ އެހެން ކަންކަން ހުރި ކަމަށް ވާނަމަ އެކަންކަމާ މެދު ފިޔަވަޅު އެޅުމުގެ ފުރުސަތު އޮންނާނެ," ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވި އެވެ.

އިންތިހާބީ ރައީސްގެ އޮފީހުން މީގެކުރިން ހާމަކޮށްފައިވާ ގޮތުގައި މި ސަރުކާރުން ދީފައިވާ އެއްވެސް އެއްޗެއް އަތުލުމަކީ ޑރ. މުއިއްޒު ކުރައްވާނެ ކަމެއް ނޫނެވެ. އަދި, ހުދު އެމަނިކުފާނު ވެސް ވަނީ މި ސްކީމުތަކަށް ހުށަޅާފައިވާ އެއްވެސް ފޯމެއް ބާތިލު ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް, ފިރުޒުލް ހާމަކުރެއްވި މައުލޫމާތުތަކަށް ބަލާއިރު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ފްލެޓުތައް ދީފައިވާ ގޮތާ މެދު މައުލޫމާތުތައް އެއްކުރައްވައި އެކަމުގައި ފިޔަވަޅު އަޅަން ޖެހޭ ކަމެއް އޮތް ނަމަ ފިޔަވަޅު އަޅުއްވާނެ އެވެ. އޭގެ ތެރޭގައި ޝަރުތު ހަމަނުވާ މީހުންނަށް ފްލެޓެއް ދިނުން ހިމެނޭނަމަ އެ ފްލެޓެއް އަތުލާނެ ކަމަށް ބެލެވެ އެވެ.

ގެދޮރުވެރިކަމާ ބޯހިޔާވަހިކަމުގެ ދާއިރާއަކީ ނުހަނު ބޮޑު އަހަންމިއްޔަތު ކަމެއް ޑރ. މުއިއްޒުގެ ސަރުކާރުން ދެއްވާނެ ދާއިރާއެއް ކަމަށާއި މިހާރު ވެސް ކުރިއަށްދާ މަޝްރޫއުތައް ވެސް އަވަހަށް ނިންމައި ރައްޔިތުންނަށް މަންފާ ލިބޭނެ ގޮތް ހަައްދަވައިދެއްވާނެ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

ލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކޮށްފައިވަނީ ޕޮއިންޓު ދިނުމުގެ އުސޫލާ ހިލާފަށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުލިބޭހެން ވަކި ބަޔަކަށް ނާޒާއިޒު މަންފާ ހޯދައި ދިނުމުގެ ގޮތުން ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް އޭސީސީން ދަނީ ބަލަމުންނެވެ.

އެ މައްސަލާގައި އެ އިދާރާއިން ވަނީ ޕޮއިންޓު ދީފައިވާ ގޮތާ މެދު ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއްދީ، އެ ޝަކުވާތަކަށް ބެލުމަށްފަހު ނޫނީ ފްލެޓުތައް ހަވާލު ނުކުރަން ޕްލޭނިން މިނިސްޓްރީއަށް އަންގައިފަ އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ދާއިމީ ލިސްޓުގައި ޝަރުތު ހަމަވާ ކަމަށް ބުނާ ނަމަވެސް ފުރަތަމަ ދޭ 4000 ފްލެޓުގެ ތެރޭގައި ނުހިމެނޭ މީހުންނަށްވެސް ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން ފުލެޓެއް ދިނުމަށް ހަމަޖެހިފައިވާކަމުގެ ލިޔުން ޕޯޓަލް މެދުވެރިކޮށް ދޭނެ ކަމަށެވެ.

ފުރަތަމަ ބުރުގައި ދޫކުރާ 4000 ފްލެޓު ދެނީ ތިން ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 76 އިން ފެށިގެން މަތިން މާކްސް ލިބުނު މީހުންނަށެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 73 އިން ފެށިގެން މަތިން މާކްސް ލިބުނު މީހުންނަށެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ސަރުކާރުން އަންނަނީ 18 ބުރީގެ 32 ޓަވަރު އިމާރާތް ކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 ޔުނިޓާއި ތިން ކޮޓަރީގެ 2،800 ޔުނިޓެވެ. އެ ޔުނިޓުތަކުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފަ އެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ފޮޓޯ

ސްކޫލު ނެޓްބޯޅަ މުބާރާތުގެ ތެރެއިން. -- ފޮޓޯ: އަބްދުﷲ އިޔާން
ސްކޫލު ނެޓްބޯޅަ މުބާރާތުގެ ތެރެއިން. -- ފޮޓޯ: އަބްދުﷲ އިޔާން

ސްކޫލު ނެޓްބޯޅަ މުބާރާތުގެ ތެރެއިން. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox