އެމްޑީޕީން ބުނަނީ އާ ރައީސް ހުވާކުރާ ޖަލްސާއަށް ވެސް ނަޝީދުގެ މައްސަަލަ އެޖެންޑާކުރަން ޖެހޭ ކަމަށް!

އެމްޑީޕީން ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލާގައި އެޕާޓީގެ ވަކީލު އަހުމަދު އަބްދުﷲ އަފީފު ވާހަކަދައްކަވަނީ.

އެމްޑީޕީން ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލާގައި އެޕާޓީގެ ވަކީލު އަހުމަދު އަބްދުﷲ އަފީފު ވާހަކަދައްކަވަނީ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަކިކުރަން ހުށަހަޅާ ގަރާރެއްގެ މަސައްކަތް ނުނިންމައި މަޖިލީހުގެ އެހެން މަސައްކަތެއް ނުކުރެވޭނެ ކަމަށް މަޖިލީހުގެ ގަވަައިދުގައި އޮތް މާއްދާ، އާ ރައީސް ހުވާކުރައްވާ ޖަލްސާއަށް ވެސް ފެތޭނެ ކަމަށް ސުޕްރީމްކޯޓުގައި އެމްޑީޕީން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހެޅި ގަރާރުގެ މަސައްކަތް މަޖިލީހުގެ ނައިބުރައީސް ވަޑައިނުގަންނަވާ ހާލަތެއްގައި ވެސް ކުރިއަށް ގެންދެވޭ ގޮތަށް މާނަކުރަން އެމްޑީޕީން ވަނީ ސުޕްރީކޯޓަށް މައްސަލައެއް ހުށަހަޅަައިފަ އެވެ.

އެ މައްސަލައިގެ މިއަދުގެ އަޑު އެހުމުގައި އެމްޑީޕީގެ ވަކީލު އަހުމަދު އަބްދުﷲ އަފީފު ވިދާޅުވީ އާ ރައީސް ހުވާކުރައްވާ ޖަލްސާގެ އެޖެންޑާގައި ވެސް ފުރަތަމަ ނަމްބަރަކަށް އޮންނަން ޖެހޭނީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރުގެ މަސައްކަތް ކަމަށެވެ. އޭނާ މިމޭރުމުން ޖަވާބުދެއްވީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލަ ނުނިމި އޮތަސް އާ ރައީސް ޑރ.މުހައްމަދު މުއިއްޒު ހުވާކުރައްވާ ޖަލްސާ ބޭއްވޭނެ ކަމަށް، ޝަރީއަތުގައި ދައުލަތުން ބުނުމުންނެވެ.

"ޖަލްސާ ބޭއްވިދާނެ، އެހެން ނަމަވެސް އެ ޖަލްސާގައި ވެސް އެެޖެންޑާ ނަމްބަރު އެކަކަށް ވާން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަކިކުރުމަށް މިހާރު ހުށަހަޅާފައިވާ ގަރާރާ މެދު ގޮތެއް ނިންމުން. އެއީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް. ޖަލްސާގައި ކަންކަން ވެސް ކުރެވޭނެ،" އަހުމަދު އަބްދުﷲ އަފީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހުވާ ކުރާ ޖަލްސާގެ އެޖެންޑާގެ އެކަކަށް އެ މައްސަލަ ވާން ޖެހެނީ، މަޖިލީހުގެ ޖަލްސާއެއްގައި ކުރަން ޖެހޭ އެހެން ކަންކަން ކުރަން ވާނީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލަ ނިންމާފައި ކަމަށް ގަވައިދުގައި އޮންނާތީ ކަމަށެވެ.

titledesc

އެމްޑީޕީގެ ވަކީލު ހަވާލާދެއްވީ މަޖިލީހުގެ ގަވައިދުގެ މި މާއްދާ އަށެވެ. އެމްޑީޕީގެ މި ނުކުތާއަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ އިއްޔެ ވެސް ރައްދު ދެއްވި އެވެ. އޭނާ މާނަކުރައްވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރު މިމާއްދާއަށް ފެތޭނީ ، މަޖިލީހުގެ ޖަލްސާއަކަށް އެ ގަރާރު ހުށަހެޅުމަށް ފަހުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ ހުށަހެޅިފައި އޮންނަ ވަގުތު މަޖިލީހަށް ހުށަހެޅޭ މަސައްކަތްތައް މަޑުޖެހޭ ގޮތަށް ގަވައިދުގައި ބަޔާންކޮށްފައިވީ ނަމަވެސް ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން އިންތިހާބީ ރައީސް ހުވާ ކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް އިއްޔެގެ އަޑުއެހުމުގައި ދައުލަތުން ބުންޏެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު އަމާޒު ކުރެއްވި ސުވާލުގެ ޖަވާބުގައި ދައުލަތުގެ ވަކީލު ފާތިމަތު ހަލީމް ވިދާޅުވީ މަޖިލީހުގެ ގަވައިދުގައި ވެސް ބަޔާން ކުރަނީ ވަކި ދެ ކަމެއް ނުކުރެވޭނެ ކަމަށެވެ. އެއީ މަޖިލީހަށް ހުށަހެޅިފައިވާ ކަމަކަށް ބަހުސް ކުރުމާއި ފާސްކުރަން އޮތް ކަމެއް ފާސްކުރުމަށެވެ.

އެ ކަންކަމުގެ ތެރޭގައި އިންތިހާބީ ރައީސް ހުވާ ކުރުމުގެ މަސައްކަތް ނުހިމެނެ އެވެ.

"ގާނޫނު އަސާސީގެ 114 ވަނަ މާއްދާގައި އެ ބުނާ ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރެއްވުމުގެ މަސައްކަތެއް ނުހިމެނޭ، އަދި މިހާރު އޮތް ރައީސުލްޖުމްހޫރިއްޔާގެ ދައުރު ހަމަވުމުން އާ ރައިސުލްޖުމްހޫރިއްޔާ ހުވާ ކުރަން އޮންނަ ދުވަހު ހުވާކުރައްވަން ޖެހޭ ކަމަށް ގާނޫނޫ އަސާސީގައި އޮވޭ،" އޭނާ ވިދާޅުވި އެވެ.

ގާނޫނު އަސާސީގައި ލާޒިމުކުރާ ވަކި ކަމެއް ނުކުރެވޭ ގޮތަށް ގަވައިދެއް ނުހެދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފައިސަލްއަށް ކުރާ ތުހުމަތުތައް އާއިލާއިން ދޮގުކޮށްފި

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ އަގުވައްޓާލުމަށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް އެމަނިކުފާނުގެ އާއިލާއިން ނޫސްބަޔާނެއް މެދުވެރިކޮށް ވަނީ ދޮގުކޮށްފައި. އާއިލާގެ 10 މެންބަރަކު ސޮއިކޮށް ނެރުނު މި ބަޔާނުގައި ބުނެފައިވަނީ، ސިޔާސީ މަންފާއެއް ހާސިލުކުރުމަށް ފަތުރާ މިފަދަ ހަގީގަތާ ހިލާފު ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް.

ހިލޭ ޑިގްރީ ފުރިހަމަކުރި ދަރިވަރުންގެ އަދަދު ނުބަލަހައްޓާ

ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމްގެ ދަށުން ކިޔެވި ދަރިވަރުންގެ ތެރެއިން ކޯސް ފުރިހަމަކުރި އަދަދު އެނގޭނެހެން މައުލޫމާތު ބަލަހައްޓާފައި ނުވާކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައި. މި ނިޒާމުގެ ބަލިކަށިކަމުން، ކޯސް ފުރިހަމަނުކުރާ ދަރިވަރުންނާއި ކުރިން ޑިގްރީ ހާސިލުކޮށްފައިވާ ދަރިވަރުންނަށް ވެސް މިލިއަނުން ފައިސާ ޚަރަދުކޮށްފައިވާކަން ފާހަގަކުރެވިފައިވޭ.

ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އާއި އަބްދުއްރަހީމް ބައްދަލުކޮށްފި

މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ޕާކިސްތާނު އަދާކުރާ ރޯލު މަޖިލީހުގެ ރައީސް އަބްދުއްރަހީމް ފާހަގަ ކުރެއްވި ކަމަށް ވެސް ނޫސްތަކުގައި ލިޔެފައި އޮތެވެ.

ޗައިނާގެ ގައުމީ ދުވަސް ރާއްޖޭގައި ފާހަގަކޮށްފި

"އާބަން ސަރަހައްދުތައް ތަރައްގީ ކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ރަށްތައް ތަރައްގީ ކުރުމާއި ތައުލީާއި ޓެކްނިކަލް އަދި އިންސްޓިޓިއުޝަނަލް ސަޕޯޓުގެ ދާއިރާއިން ޗައިނާ ދަނީ ރާއްޖެއަށް އެހީވަމުން،" ރައީސް ވިދާޅުވި އެެވެ.

ތިލަފުށީ ބަނދަރުގެ މަސައްކަތް ކުރަން ކުންފުންޏެއް ހަދައިފި

މޯލްޑިވްސް ޕޯޓް ޑިވެލޮޕްމަންޓްގެ މެނޭޖިން ޑިރެކްޓަރަކީ އެމްޕީއެލްގެ ސީއީއޯ ހުސެއިން ޝަފީގެވެ. ބޯޑު މެންބަރުންގެ ގޮތުގައި ތިއްބެވީ އޭނާގެ އިތުރުން އަލީ ޒުހައިރު، ޝިމާދް އިބްރާހިމް، މުހައްމަދު ނިޒާމް، އަހުމަދު ސާލިމް އަދި މުހައްމަދު ލަމްއާން އެވެ.

އާރްޑީސީއާ ހަވާލުކުރި ލިންކް ރޯޑު ޕްރޮޖެކްޓް ޗައިނާ ބަޔަކަށް ދީފި

އެ މަސައްކަތް މިއަދު ހަވާލު ކުރީ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑްއާ އެވެ. އެއީ ހުޅުމާލޭގެ މަގުތައް ހަދަން ވެސް ހަވާލުކޮށްފައިވާ ކުންފުންޏެވެ. އަދި ހުޅުމާލޭގައި ވެއާހައުސްތަކެއް ހެދުމުގެ މަސައްކަތް ވެސް ހަވާލު ކުރީ އެކުންފުންޏަށެވެ.

"ޕްލާސްޓިކް ހޮޅި މަނާކޮށްގެން އެކަށީގެންވާ ހައްލެއް ނުލިބޭ"

ސިންގަލް ޔޫސް ޕްލާސްޓިކް ހޮޅި މަނާކުރުމުން އެކަށީގެންވާ ހައްލެއް ނުލިބޭ ކަމަށާއި، ބޭނުންވަނީ ކަރުދާސް ހޮޅިއަށްވުރެ ފެންވަރު ރަނގަޅު ބަދަލެއް ހޯދުން ކަމަށް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވި. މިކަމާ ގުޅިގެން، ކުރިން މަނާކޮށްފައިވާ ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުމުގެ މުއްދަތު 2031 އަށް ސަރުކާރުން ވަނީ އިތުރުކޮށްފައި.

Newsletter

Get the latest news delivered straight to your inbox