ނަޝީދުގެ ގަރާރަށް ގޮތެއް ނުނިންމުނަސް، އިންތިހާބީ ރައީސަށް ހުވާ ކުރެއްވޭނެ: އޭޖީ

އެޓާނީ ޖެނެރަލްގެ ވަކީލު ފާތިމަތު ހަލީމް މިއަދު ކޯޓުގައި ވަކާލާތު ކުރައްވަނީ - ސުޕްރީމް ކޯޓުގެ ލައިވް ސްޓްރީމްގެ ސްކްރީން ޝޮޓެއް

އެޓާނީ ޖެނެރަލްގެ ވަކީލު ފާތިމަތު ހަލީމް މިއަދު ކޯޓުގައި ވަކާލާތު ކުރައްވަނީ - ސުޕްރީމް ކޯޓުގެ ލައިވް ސްޓްރީމްގެ ސްކްރީން ޝޮޓެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ ހުށަހެޅިފައި އޮންނަ ވަގުތު މަޖިލީހަށް ހުށަހެޅޭ މަސައްކަތްތައް މަޑުޖެހޭ ގޮތަށް ގަވައިދުގައި ބަޔާންކޮށްފައިވީ ނަމަވެސް ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން އިންތިހާބީ ރައީސް ހުވާ ކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

އެޓާނީ ޖެނެރަލްގެ ވަކީލު ފާތިމަތު ހަލީމް އެ ކަން ފާހަގަ ކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް އެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުމުގަ އެވެ.

މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ އިޖުރާއަތްތައް ތަރުތީބު ކުރެވިފައިވާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލައެއްގެ ނޯޓިސް ހަމަވުމަށް ފަހު ދެން އެންމެ އަވަހަށް އޮންނަ ރަސްމީ ބަންދު ދުވަހެއްގައި އެ މައްސަލަ އެޖެންޑާކޮށް ކުރިއަށް ގެންދަން ޖެހެ އެވެ.

އަދި މަޖިލީހަށް ހުށަހެޅިފައިވާ ކަމެއްގެ ބަހުސް ކުރިއަށް ގެންދެވޭނީ އަދި މަޖިލީހުން ގޮތެއް ނިންމަން ޖެހޭ ކަމެއްގައި ގޮތެއް ނިންމޭނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ގަރާރާ މެދު ގޮތެއް ނިންމުމަށް ފަހު ކަމަށް އެ ގަވާއިދުގައިވެ އެވެ.

ގާނޫނު އަސާސީގައި ބަޔާންކުރާ ގޮތުން، އިންތިހާބީ ރައީސް މަގާމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަކީ ރައްޔިތުންގެ މަޖިލީހުން ބާއްވާ ޖަލްސާއެކެވެ. އެހެންވެގެން އެ ރަސްމިއްޔާތަށް ހުރަސްއެޅޭ ފަދަ މޭރުމަކުން އެމްޑީޕީއަށް ނިސްބަތްވާ ބައެއް މަޖިލިސް މެންބަރުން މީގެ ކުރިން ވާހަކަ ދައްކަވާފައިވެ އެވެ.

އެ ކަން ފާހަގަކޮށް ފަނޑިޔާރު ހުސްނުއްސުއޫދު އަމާޒު ކުރެއްވި ސުވާލުގެ ޖަވާބުގައި އެޓާނީ ޖެނެރަލްގެ ވަކީލު ވިދާޅުވީ މަޖިލީހުގެ ގަވައިދުގައި ވެސް ބަޔާން ކުރަނީ ވަކި ދެ ކަމެއް ނުކުރެވޭނެ ކަމަށެވެ. އެއީ މަޖިލީހަށް ހުށަހެޅިފައިވާ ކަމަކަށް ބަހުސް ކުރުމާއި ފާސްކުރަން އޮތް ކަމެއް ފާސްކުރުމަށެވެ.

އެ ކަންކަމުގެ ތެރޭގައި އިންތިހާބީ ރައީސް ހުވާ ކުރުމުގެ މަސައްކަތް ނުހިމެނެ އެވެ.

"ގާނޫނު އަސާސީގެ 114 ވަނަ މާއްދާގައި އެ ބުނާ ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރެއްވުމުގެ މަސައްކަތެއް ނުހިމެނޭ، އަދި މިހާރު އޮތް ރައީސުލްޖުމްހޫރިއްޔާގެ ދައުރު ހަމަވުމުން އާ ރައިސުލްޖުމްހޫރިއްޔާ ހުވާ ކުރަން އޮންނަ ދުވަހު ހުވާކުރައްވަން ޖެހޭ ކަމަށް ގާނޫނޫ އަސާސީގައި އޮވޭ،" އޭނާ ވިދާޅުވި އެވެ.

ގާނޫނު އަސާސީގައި ލާޒިމުކުރާ ވަކި ކަމެއް ނުކުރެވޭ ގޮތަށް ގަވައިދެއް ނުހެދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ ބ. ގައި އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅައިފައިވާ މައްސަލައަށް ގޮތެއް ނިންމުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބު ރައީސް ކަމަށެވެ.

ނައިބު ރައީސަށް ރިޔާސަތު ނުބެހެއްޓޭ ހާލަތެއްގައި ވާނެ ގޮތެއް ގަވައިދުގެ 205 ވަނަ މާއްދާގައި ނޯވެ އެވެ. އެހެންވެ މަޖިލީހުން އެ ކަމަށް އެކަނި ރިއާޔަތްކޮށް، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާ ކަމަށް ވިދާޅުވެ ސަލާމުގައި ހުންނެވުމުން މަޖިލީހުގެ ޖަލްސާއެއް ވަނީ ކެންސަލް ކޮށްފަ އެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނަނީ ނައިބު ރައީސް ފިޔަވައި އެހެން ބޭފުޅަކަށް ވެސް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ ގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.

އެއީ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއާ ހަވާލާދީ އެވެ. އެ މާއްދާގައި ވަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެހެއްޓޭ ވަގުތު ރިޔާސަތު ބަލަހައްޓަން ފަސް މެންބަރަކު ކަނޑައަޅާފައި އޮންނަން ޖެހޭ ކަމެވެ.

މި މައްސަލަ ކުރިއަށް ގެންދަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އަލީ ރަޝީދާއި، ފަނޑިޔާރު ޑރ. އިބްރާހިމް މުހައްމަދެވެ.

ޝަރީއަތުން މަސައްކަތް ކުރަނީ މިއަދު ހަވީރު 3:00 ޖަހަންވާ އިރަށް އަޑުއެހުންތައް ނިންމުމަށެވެ. ކުރަން ހުރި ބަހުސްތައް ނުނިމޭނަމަ މާދަމާ އަޑުއެހުމެއް ބާއްވާނެ ކަމަށް ވެސް ރިޔާސަތުން އިއުލާން ކުރެއްވި އެވެ.

މި މައްސަލައިގެ ތެރެއަށް މަޖިލީހުގެ ރައީސް ނަޝީދާއި ނައިބު ރައީސް އީވާ ނިސްބަތްވާ ޑިމޮކްރެޓްސް ޕާޓީން ވެސް ވަނީ ތަދައްހުލްވެފަ އެވެ. ޑިމޮކްރެޓްސްއަކީ މިހާރު މަޖިލީހުގެ މައިނޯރިޓީ ޕާޓީ އެވެ.

އަދި އިިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިސްބަތްވާ ޕީޕީއެމް/ޕީއެންސީން ވެސް މައްސަލައަށް ތަދައްހުލްވެފައިވެ އެވެ. ޕީޕީއެމް/ޕީއެންސީގެ ނުވަ މެންބަރަކު ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox