ލިވަޕޫލަށް ފަހު ވަގުތު ގޯލު ޖަހައިދިނުމަށްފަހު ޑިއާޒްގެ މެސެޖު: "ބައްޕަ މިނިވަންކޮށްދީ"

Nov 6, 2023, 3:15 AM
ލިވަޕޫލަށް ފަހު ވަގުތު ގޯލު ޖަހައިދިނުމަށްފަހު ޑިއާޒްގެ މެސެޖު: "ބައްޕަ މިނިވަންކޮށްދީ"

ލޫޓަން (ނޮވެމްބަރު 6) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ލޫޓަން ވާދަކުރި މެޗުގައި ގޯލު ޖެހުމަށް ފަހު ފޯވާޑް ލުއިސް ޑިއާޒް އޭނާގެ ބައްޕަ މިނިވަންކޮށްދިނުމަށް ގޮވާލައިފި އެވެ.

ލީގުގައި ލޫޓަން އާއި ލިވަޕޫލް ވާދަކުރި މެޗުން ލިވަޕޫލް ބަލިވާން ދަނިކޮށް އެޓީމް ސަލާމަތްކޮށް ދިނީ ކޮލަމްބިއާގެ އެޓޭކަރު ލުއިސް ޑިއާޒް އެވެ. ޑިއާޒް ލިވަޕޫލަށް ގޯލު ޖަހައިދިނީ މެޗުގެ އިތުރު ވަގުތުގެ ތެރޭގަ އެވެ. މި ގޯލަށް ފަހު ޑިއާޒް ވަނީ މިދިޔަ ހަފުތާގައި ކިޑްނެޕްކުރި އޭނާގެ ބައްޕަގެ މިނިވަންކަމަށް ގޮވާލައިފަ އެވެ.

ލިވަޕޫލަށް ކުޅެމުން އަންނަ ކޮލަމްބިއާގެ ފޯވާޑް ލުއިސް ޑިއާޒްގެ ބައްޕަ ލުއިސް މެނުއެލް ޑިއާޒް ކިޑްނެޕް ކޮށްފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. އެގައުމުގެ އުތުރު ހިސާބެއް ކަމަށްވާ ލަ ގުއަޖީރާގެ ޕެޓްރޯލް ސްޓޭޝަނެއްގައި ހުއްޓާ ސައިކަލްގައި އައި ގޭންގެއްގެ ބަޔަކު ވަނީ ޑިއާޒްގެ ބައްޕަ ކިޑްނެޕްކޮށްގެން ގެންގޮސްފަ އެވެ.

ޑިއާޒްގެ ބައްޕަ ހޯދުމަށް އެގައުމުގެ ފުލުހުންނާއި އަސްކަރިއްޔާއިން ގުޅިގެން ބޮޑު މިލިޓަރީ އޮޕަރޭޝަނެއް ކުރިއަށްގެންދިޔަ އެވެ. ކޮލަމްބިއާގެ އަވަށްޓެރި ވެނެޒުއޭލާއަށް ޑީއާޒްގެ ބައްޕަ ގެންގޮސްފައިވާ ކަމަށް ބެލެވުނު ނަމަވެސް މިދިޔަ ހަފުތާ ބަންދުގައި ކިޑްނޭޕަރުން ވަނީ ޑިއާޒްގެ ބައްޕައާ ގުޅޭ މައުލޫމާތު ހާމަކޮށްފަ އެވެ.

ޑިއާޒްގެ ބައްޕަ ރަހީނުކޮށްފައިވާ ކަމަށް އެއްބަސްވެފައިވަނީ ކޮލަމްބިއާގެ ސަރުކާރާ ދެކޮޅު ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ "ނެޝަނަލް ލިބަރޭޝަން އާމީ (އީއެލްއެން)ގެ ބައެކެވެ. މިކަމަށް މި ގްރޫޕުން އެއްބަސްވެފައި ވާއިރު، ޑިއާޒްގެ ބައްޕަ މާ ގިނަ ދުވަސްތަކެއް ނުވެ ދޫކޮށްލާނެކަމަށް ވެސް އެ ގްރޫޕުން ވަނީ ބުނެފަ އެވެ.

ޑީއާޒްގެ ބައްޕަ ރަހީނުކޮށްފައިވާ މައްސަލައިގައި ލޫޓަން މެޗުގެ ކުރިން ލިވަޕޫލް ކުޅުނު ދެ މެޗުގައިވެސް އޭނާ ނުކުޅެ އެވެ. ރޭގެ މެޗުގައި ޑިއާޒް ކުޅެން ނުކުތީވެސް ފަހު ހާފުގަ އެވެ. މެދުގެ ފަހު 10 މިނެޓެއްހާއިރު ކުޅެން ނުކުތް ނަމަވެސް އޭނާ ވަނީ ލިވަޕޫލް ބަލިވިޔަ ނުދީ ސަލާމަތްކޮށްދީފަ އެވެ.

މި ނަތީޖާގެ ސަބަބުން ލިވަޕޫލް ވަނީ ޕޮއިންޓްގެ ގޮތުން އާސެނަލްއާ އެއްވަރުކޮށް ލީގުގެ ތިންވަނަ އަށް ޖެހިލާފަ އެވެ. އާސެނަލް ވަނީ ހަތަރުވަނައަށް ވެއްޓިފަ އެވެ.

ޕްރިމިއާ ލީގުގައި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ލީގުގެ އެއްވަނައިގައި އޮތް ޓޮޓެންހަމާއި، 13 ވަނައިގައި އޮތް ޗެލްސީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox