އުރީދޫ ފަން ރަންއާއެކު ޑްރޯން ރޭހެއް ޑިސެމްބަރުގައި

އުރީދޫ އިން ބާއްވާ ފަން ރަން އަދި ޑްރޯން ރޭހާ ބެހޭ މައުލޫމާތު ދޭން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރް ހުސައިން ނިޔާޒް ވާހަކަދައްކަވަނީ. ފޮޓޯ: އަދަދު

އުރީދޫ އިން ބާއްވާ ފަން ރަން އަދި ޑްރޯން ރޭހާ ބެހޭ މައުލޫމާތު ދޭން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރް ހުސައިން ނިޔާޒް ވާހަކަދައްކަވަނީ. ފޮޓޯ: އަދަދު

އުރީދޫ މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ "ފަން ރަން" އަދި ޑްރޯން ރޭހެއް އަންނަ ޑިސެމްބަރުގައި ބާއްވަން ނިންމައި، ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

މި ރަން ކުރިއަށްދާނީ އަންނަ ޑިސެމްބަރު 22، ގެ ހަވީރު އެވެ.

އުރީދޫ "ފަން ރަން" އިއުލާނުކުރުމުގެ ގޮތުން މިއަދު އުރީދޫ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސާ، ހުސެއިން ނިޔާޒް ވިދާޅުވީ، ކަލާ ރަންގެ ނަމުގައި ފުރަތަމަ އެ ކުންފުނިން ފެށި މި ހަރަކާތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ. އަދި މިހާރު ފަން ރަންއަކަށް ބަދަލުވެފައިވާ މި ހަރަކާތަށް ވަރަށް ގިނަ ކަންތައްތަކެއް އިތުރު ކުރެވިފައިވާކަން ނިޔާޒް ފާހަގަކުރެއްވި އެވެ.

އެގޮތުން ހާއްސަ ހަރަކާތެއްގެ ގޮތުގައި ޑީޖީއައިގެ ރާއްޖޭގެ ޑިސްޓްރިބިއުޓާ ސްޓެބިސިސްއާއި ގުޅިގެން ޑްރޯން ރޭހެއް ބޭއްވުމަށް ނިންމާފައިވާކަމަށް ނިޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަބަދުވެސް ބަލަން މި ރަން އޮންނަ ދުވަހު ތަފާތު ކަންތައްތައް ކުރެވޭތޯ. މިދިޔަ ފަހަރު އަޅުގަނޑުމެން މޫދު ކުޅިވަރު ކަހަލަ ހަރަކާތްތައް ކުރިއަށް ގެންދިޔައިން. މިފަހަރު އަޅުގަނޑުމެން ތަފާތުކޮށްލުމުގެ ގޮތުން މި ބާއްވަނީ ޑްރޯން ރޭހެއް،" ނިޔާޒް ވިދާޅުވި އެވެ.

ބިގިނާ އަދި ޕްރޯ ދެ ކެޓަގަރީއަށް ބަހާލައިގެން ބާއްވާ މި ޑްރޯން ރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 22، ގެ ހެނދުނުކަމަށް އުރީދޫއިން މައުލޫމާތުދެ އެވެ.

ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ސްޓެބިސިސްގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް ނާހިދު ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ޑްރޯން ރޭހުގެ ބައިވެރިއެއްގެ ގޮތުގައި އުރީދޫއާއެކު މަސައްކަތް ކުރުމަކީ، އެ ކުންފުންޏަށް ލިބޭ ފަހުރެއް ކަމަށެވެ.

މީގެ އިތުރުން މިފަދަ ޑްރޯން ރޭހެއް ބޭއްވުމުގެ މަގުސަދަކީ ރާއްޖޭގައި ޑްރޯން ދުއްވުމުގެ ޝައުގުވެރިކަން ހުންނަ މީހުންނަށް އައު ފުރުސަތެއް ހޯދައިދީ، ޝައުގުވެރިކަން އިތުރުކުރުން ކަމަށް ނިހާދު ވިދާޅުވި އެވެ.

"ނިސްބަތުން ރާއްޖޭގަ ވެސް މިހާރު ޑްރޯން ދުއްވުމުގެއ ޝައުގުވެރިކަން ހުންނަ މީހުން ގިނަ. ޑްރޯން ރޭހެއްގެ ގޮތުގަ ގެނެސްގެން ޝައުގުވެރިކަން އިތުރުކުރުން މި ފީލްޑަށް،" ނިހާދު ފާހަގަކުރެއްވި އެވެ.

މި ޑްރޯން ރޭހުގެ ބައިވެރިންނަށް ރޭހުގެ ކުރިން ޓްރެއިނިން ޕްރޮގްރާމްތަކެއް ވެސް ކުރިއަށްގެންދިއުމަށް އުރީދޫއިން ވަނީ ނިންމާފަ އެވެ. އަދި މި ހަރަކާތުގައި ޑްރޯން ދުވުން އަމަލީ ގޮތުން ތަޖުރިބާކޮށްލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް އޮންނާނެކަން ނިހާދު ފާހަގަކުރެއްވި އެވެ.

މި ރޭހުގެ ކެޓަގަރީތަކުން ވަނަތަކަށް ދާ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ކަނޑައެޅިފައިވާކަމަށް އުރީދޫއިން މައުލޫމާތުދެ އެވެ. އެގޮތުން ވަނަތަކަށް ދާ ފަރާތްތަކަށް ޑްރޯން ކެމެރާއެއް ލިބުމުގެ ފުރުސަތު އޮންނާނެކަމަށާއި، އިތުރު ތަފްސީލު ފަހުން ހާމަކުރާނެކަމަށް ނިހާދު ވިދާޅުވި އެވެ.

އުރީދޫ ފަން ރަން އަކީ ހުރިހާ އުމުރުފުރާއަކަށް ހުޅުވާލައިގެން މިގޮތަށް ބޭއްވޭ އެންމެ ބޮޑު އެއް ދުވުމުގެ ހަރަކާތެވެ. މި ދުވުމަކީ ވަކި ވަގުތަކަށް ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައިވިޔަސް، ކޮރަމުންވިޔަސް، ނަށަމުންވިޔަސް ނުވަތަ ދުވެފަވިޔަސް ފުރިހަމަ ކުރެވޭނެ އެވެ.

މި ދުވުމުގެ ތަފާތުކަމަކީ ކޮންމެ އެއް ކިލޯ މީޓަރަކުން އޮބްސްޓަކަލްއަކާއި ކުރިމަތި ލާންޖެހުމެވެ.

އުރީދޫ ފަން ރަން ކިޓުތައް ލިބެން ހުންނާނީ ދެ ކެޓެގަރީއަކުންނެވެ. އެއީ، 100ރ. އަށް ލިބޭ ސްޓޭންޑަޑް ކިޓްސްއާއި 200ރ. އަށް ލިބޭ ފަން ކިޓެވެ. ސްޓޭންޑަޑްގައި ހިމެނޭނީ ފަން ރަން ޓީޝާޓު އަދި އަތުގައި އަޅާ ބޭންޑެވެ. ފަން ކިޓުގައި އުރީދޫ ފަން ރަން ޓީޝާޓާއި ބޭންޑުގެ އިތުރުން ފޮތި ދަބަހާއި އައިނު އަދި ބޮލުގައި އައްސާ ބަންޑާނާ ހިމެނޭނެ އެވެ.

އުރީދޫ އިން މިއަހަރު ކުޅުދުއްފުށީގައި ވެސް ފަން ރަން އެއް ބޭއްވި އެވެ. އެ ފަހަރު 4،000 މީހުން ބައިވެރިވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

Newsletter

Get the latest news delivered straight to your inbox