އުރީދޫ 5ޖީ އެއާފައިބަރު ޕްލޭން އަޕްގުރޭޑު ކޮށްލައިގެން ޕެރިހަށް ދިއުމުގެ ފުރުސަތު

އުރީދޫ 5ޖީ އެއާފައިބަރު ޕްލޭން އަޕްގުރޭޑު ކޮށްލައިގެން ޕެރިހަށް ދިއުމުގެ ފުރުސަތު

އޫރީދޫގެ 5ޖީ ފައިބަރު އިންޓަނެޓު ޕެކޭޖަށް އަޕްގުރޭޑު ކޮށްލައިގެން ޕެރިހަށް ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް އުރީދޫއިން ފަށައިފި އެވެ.

އަންނަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަނުގެ މުއްދަތުގައި އަލަށް އުރީދޫ 5ޖީ ގެ ހިދުމަތަށް އަލަށް އެދޭ ފަރާތްތަކަށް ފޯރުކޮށްދޭ ރައުޓަރުން ވެސް 50 އިންސައްތައިގެ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާ ކަމަށް އުރީދޫގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އުރީދު އެއާ ފައިބަރު ޕްލޭން އަޕްޑޭޓު ކޮށްލައިގެން ނުވަތަ އަލަށް 5ޖީ އެއާފައިބަރު ހިދުމަތް ހޯދަ ފަރާތްތަކަށް އޮޓަމެޓިކުން ބައިވެރިވެވޭ އެ ޕްރޮމޯޝަނުގައި ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް ފްރާންސްގެ ޕެރިހަށް ގޮސް ޕާކް ޑެސް ޕްރިންސް ސްޓޭޑިއަމްގައި ޕީއެސްޖީއާއި ލިޔޯން ބައްދަލު ކުރާ މެޗު ބަލައިލުމުގެ ފުރުސަތު ލިބޭނެ އެވެ. މެޗު ބަލައިލުމުގެ އިތުރުން ނަސީބުވެރިޔާއަށް ޕެރިހުގައި ދެ ރެއާއި ތިން ދުވަހުގެ ފުލް ބޯޑު އެކޮމޮޑޭޝަނާއެކު ޕެރިހުގެ ދެކޮޅު ޓިކެޓު ލިބޭނެ އެވެ.

އެ ޕްރޮމޯޝަނަށް ހާއްސަކޮށް އުރީދޫއިން ވަނީ 5ޖީ އެއާފައިބަރު ކަސްޓަމަރުންނަށް ހާއްސަކޮށް 100 އެމްބީޕީއެސްގެ ސްޕީޑުގައި ހަފުތާއަކު 250 ޖީބީ ލިބޭ ގޭމާސް ޕެކެއް ތައާރަފުކޮށްފަ އެވެ. ފަސް ގޭމަރުންނަށް ހާއްސަކޮށް ތައާރަފުކޮށްފައިވާ އެ ޕެކުގެ އަގަކީ ވެސް 250ރ. އެވެ.

ގޭމިން ކޮމިއުނިޓީއަށް ހާއްސަކޮށް އުރީދޫއިން ތައާރަފުކުރި އެ ގޭމިން ޕެކު މެދުވެރިކޮށް ޕެކޭޖު އިންކުލޫސިވް ޑޭޓާ އެއްކޮށް ބޭނުން ކުރުމަށްފަހު ވެސް އިންޓަނެޓުގެ ހިދުމަތް މެދުނުކެނޑި ލިބޭނެ ކަމަށް އުރީދޫއިން ބުނެ އެވެ. އެ ޕްލޭނުގެ ދަށުން އުރީދޫ 5ޖީ އަދި 4ޖީ ނެޓުވޯކުގެ ހަލުވި ސްޕީޑުގައި ބޭނުންކުރާ ކަސްޓަމަރުންނަށް ހަފުތާއަކު 250ރ. ޓޮޕްއަޕުކޮށް މުޅި މަހަށް އެއް ޓީބީ ޑޭޓާ ލިބެ އެވެ.

ހަލުވި ސްޕީޑުގެ އިންޓަނެޓު ފޯރުކޮށްދިނުމަށް އުރީދޫ އިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ދާދި ފަހުން އެ ކުންފުނިން ވަނީ 5ޖީ އެއާފައިބަރު ޕޯޓުފޯލިއޯއަށް ވަރުގަދަ އަޕްގުރޭޑުތަކެއް ގެނެސް ބޮޑެތި ޑޭޓާ އެލަވަންސްތަކާ އެކު ސްޕީޑުތައް އިތުރުކޮށްފަ އެވެ. 5ޖީ އެއާފައިބަރުގެ ހަލުވި ސްޕީޑާއި ލޯ ލެޓެންސީ އާއެކު މިހިދުމަތަކީ ވިޔަފާރިތަކާއި ގޭމް ކުޅޭ ފަރާތްތަކުގެ އިތުރުން ގިނަ ގިނައިން ސޮފްޓްވެއާ އާއި ގޭމް އަޕްޑޭޓް ކޮށް ސްޓްރީމްކުރާ ފަރާތްތަކަށް ފުރިހަމަ ހިދުމަތެއް ކަމަށް އުރީދޫއިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

Newsletter

Get the latest news delivered straight to your inbox