ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސްކޮލަޝިޕް ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ ބުދަ ދުވަހުގެ ނިޔަލަށް ހަމަވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
މި ސްކޮލަޝިޕް ފަންޑުގެ މަގުސަދަކީ ބޭންކިން އަދި މާލީ ދާއިރާއިން ހުނަރުވެރި ދިވެހި ޒުވާނުން ބިނާ ކުރުމެވެ. މި ސްކޮލަޝިޕްގެ ފުރުސަތު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހޮވާ ތިން ފަރާތެއް ރާއްޖޭން ބޭރުން ކިޔެވުމުގެ ހުރިހާ ހަރަދެއް ކުރާނީ ބޭންކުންނެވެ.
ތައުލީމު ހާސިލުކުރުމަށް ފުރުސަތު ލިބޭ ދާއިރާތައް
- ބޭންކިން އެންޑް ފައިނޭންސްގެ ރޮނގުން އެކައުންޓިން
- ފައިނޭންޝަލް ޓެކްނޮލޮޖީ
- ފައިނޭންޝަލް އިންޖިނިއަރިން
- ރިސްކް މެނޭޖްމަންޓް ނުވަތަ ފައިނޭންޝަލް ރިޕޯޓިން އެންޑް އެނަލެޓިކްސް
އުމުރުން 18 އަހާރާއި 25 އަހަރާ ދެމެދުގެ ދިވެހިން ރައްޔިތުންގެ ތެރެއިން އޭ ލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާ ފަރާތްތަކަށް މި ފަންޑަށް އެދި ހުށަހޭނެ އެވެ.
މި ފަންޑުގެ ދަށުން ޓިއުޝަން ފީ، މަހުން މަހަށް ހިނގާނެ ހަރަދު، ވިސާ ފީ، ފޮތް ގަތުމުގެ ހަރަދާއި އެސްޓަބްލިޝްމެންޓް އެލަވަންސްގެ އިތުރުން ޓިކެޓް ހަރަދު ދޭނެ ކަމަށް ބީއެމްއެލުން ބުނެ އެވެ.
ގުޅުންހުރި މައުލޫމާތު
- ސްކޯލަޝިޕްގެ އެޕްލިކޭޝަން ފޯމާއި އިތުރު ލިޔުންތައް ބުދަ ދުވަހުގެ 23:59 ގެ ކުރިން މި އީމެއިލް އަސް ފޮނުވޭނެ
- ޝަރުތުތަކާއި ދަރިވަރުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާ ބެހޭ މައުލޫމާތު މި ލިންކުން ލިބޭނެ










