އާ ރައީސް ހުވާ ކުރައްވާ ޖަލްސާއަށް ހުރަސް އެޅުމުގެ ރޫހެއް ނެތް: އަސްލަމް

އައު ރައީސް ހުވާ ކުރައްވާ ޖަލްސާއަށް ހުރަސް ނޭޅި ނަމަވެސް އިތުބާރު ނެތްކަމުގެ މައްސަލައަށް ހައްލެއް ނުހޯދައި ބާއްވާ ޖަލްސާއެއްގައި ކުރައްވާ ހުވައަކީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކުރާ ހުވައެއް ކަމަށް އެމްޑީޕީން ގަބޫލު ނުކުރާނެ ކަމަށް އަސްލަމް ވިދާޅުބި -- ފޮޓޯ: މިރާން ނާޝިމް / އަދަދު

އައު ރައީސް ހުވާ ކުރައްވާ ޖަލްސާއަށް ހުރަސް ނޭޅި ނަމަވެސް އިތުބާރު ނެތްކަމުގެ މައްސަލައަށް ހައްލެއް ނުހޯދައި ބާއްވާ ޖަލްސާއެއްގައި ކުރައްވާ ހުވައަކީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކުރާ ހުވައެއް ކަމަށް އެމްޑީޕީން ގަބޫލު ނުކުރާނެ ކަމަށް އަސްލަމް ވިދާޅުބި -- ފޮޓޯ: މިރާން ނާޝިމް / އަދަދު

ނޮވެމްބަރު 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ޖަލްސާއަށް ހުރަސް އެޅުމުގެ ރޫހެއް އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގައި ނެތް ކަމަށް އެޕާޓީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް އެހެން ވިދާޅުވީ އެމްޑީޕީން މަޖިލީހަށް ވައްދާފައިވާ މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވި ލަސްވަމުން ދާ ދިއުމާ މެދު ހުރި ކަންބޮޑުވުންތައް ނޫސްވެރިންނާ ހިއްސާ ކުރެއްވުމަށް މިއަދު މަޖިލީހުގެ އިދާރާގައި އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އޭނާ ވިދާޅުވީ އެ ޖަލްސާއާ މެދު އަދި ވަކި ގޮތެއް ޕީޖީ ގުރޫޕުން ނިންމާފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް, އިންތިހާބީ ރައީސް ހުވާ ކުރެއްވުމުގެ ޖަލްސާއަށް ހުރަސް އެޅުމުގެ ރޫހެއް ޕީޖީ ގުރޫޕުގައި ނެތް ކަމަށް އަސްލަމް ވިދާޅުވި އެވެ.

"މަޖިލިސް ފުލޯއަކު ވެސް ނޫން އަޅުގަނޑުމެންގެ މައުލޫމާތުގައި މަޖިލީހުން ބޭރުގައި އެހެން ތަނެއްގައި ޖަލްސާ ބާއްވައި، ދެން އެތަނަށް ގޮސް ކޮންމެހެން އަޅުގަނޑުމެން މަޖިލިސް ފުލޯގައި ޖަލްސާތައް ހުއްޓުވާ އުސޫލުން ކޮންމެހެން އަޅުގަނޑަކަށް ހިއެއް ނުވޭ އަޅުގަނޑުމެންގެ ޕާލިމަންޓަރީ ގުރޫޕުގެ މެންބަރުން ކުރައްވާނެ ހެނެއް،" އަސްލަމް ވިދާޅުވި އެވެ.

އެހެން ނަަމަވެސް, މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެ އިދާރާއަށް ހުށަހަޅައިފައި ވަނިކޮށް އެ މައްސަލަ ކުރިއަށް ނުގެންގޮސް ބާއްވާ ޖަލްސާއެއްގައި އިންތިހާބީ ރައީސް ކުރައްވާ ހުވައަކީ އެއީ ގާނޫނާއި އެއްގޮތް ވާގޮތުގެ މަތިން ކުރެވޭ ހުވައެއް ކަމަށް އެމްޑީޕީގެ ޕާލަމަންޓަރީ ގުރޫޕުން ގަބޫލު ނުކުރާނެ ކަމަށާއި އެގޮތަށް ބާއްވާ ޖަލްސާއެއްގައި ހުވާ ކުރެއްވިޔަސް، އެއަށްފަހު މަޖިލީހަށް ފޮނުއްވާ ކެބިނެޓަށް ވެސް ރުހުން ނުދޭނެ ކަމަސް އަސްލަމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕަކުން ގަބޫލެއް ނުކުރާނަމޭ އެއީ ސައްހަ ގޮތުގައި ގާނޫނީ ގޮތުން ސައްހަ ޖަލްސާއެއްގައި ކުރެވޭ ހުވައެއް ކަމަށް،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީން އެފަދަ ޖަލްސާއެއް ނުބޭއްވޭނެ ކަމަށް ބުނި ނަމަވެސް ނުވަތަ އައު ރައީސް ހުވާ ކުރެއްވުމުގެ ޖަލްސާ އެ ޕާޓީން ބޮއިކޮޓު ކުރި ނަމަވެސް މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށްޓަކައި ބޭނުންވާ މެންބަރުންގެ ގާނޫނީ އަދަދު ހަމަވާނެ އެވެ.

މަޖިލީހުގު ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުން ފުރަތަމަ އެ މައްސަލަ ތާވަލު ކުރީ މި ހަފުތާގެ އާދީއްތަ ދުވަހަށެވެ. ނަމަވެސް, އެ ދުވަހު މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން އަނެއްކާ ޖެހިގެން އައި ހޯމަ ދުވަހުގެ އެޖެންޑާގައި އެ މައްސަލަ ހިމެނި އެވެ. އެދުވަހު ވެސް އީވާ ސަލާމުގައި ހުންނެވުމުން ޖަލްސާ ކުރިއަށް ނުގެންގޮސް ވަނީ ނިންމާލައިފަ އެވެ.

އެއަށްފަހު މިއަދުގެ ޖަލްސާއަށް އެ މައްސަލަ ތާވަލު ކޮށްފައެއް ނުވެ އެވެ. އެ ސަބަބާ ހުރެ މިއަދު އެމްޑީޕީން ވަނީ ތަޅުމުގައި އިހުތިޖާޖުކޮށް މަޖިލިސް ހުއްޓުވައިފަ އެވެ. ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލުކޮށްފައި ވަނީ މާދަމާއަށެވެ.

އީވާ އާލާސްކަންފުޅާ އުޅުއްވާތީ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުގެ އަމީންއާއްމު، ނިއުޝާ ނިންމަވައިފައި ވަނީ މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) އަށް ހަވާލާދީފަ އެވެ.

ނަމަވެސް ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް ކަނޑައަޅާފައިވާތީ މިއަދުގެ ޖަލްސާ ކެންސަލް ކުރީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ށ. އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox