ކުޑަކުދިންގެ ދިވެހި ވާހަކަ އެޕް، "އޯލަ" އަށް އެމްފައިސާ އިން ޕޭމަންޓް ހެދޭ ގޮތް ހަދައިިފި

އޯލަ އެޕަށް އެމް-ފައިސާ އިންޓަގްރޭޓްކޮށްކުރުމާ ގުޅޭޮތުން މިއަދު ބޭއްވި އިވެންޓް. މިއީ ކުޑަކުދިންގެ ދިވެހި ވާހަކަ އެޕްލިކޭޝަނެއް--- ފޮޓޯ:މިރާން ނާޝިމް/އަދަދު

އޯލަ އެޕަށް އެމް-ފައިސާ އިންޓަގްރޭޓްކޮށްކުރުމާ ގުޅޭޮތުން މިއަދު ބޭއްވި އިވެންޓް. މިއީ ކުޑަކުދިންގެ ދިވެހި ވާހަކަ އެޕްލިކޭޝަނެއް--- ފޮޓޯ:މިރާން ނާޝިމް/އަދަދު

ކުޑަކުދިންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ "އޯލަ" އެޕްލިކޭޝަން އަށް ސަބްސްކްރައިބް ކުރާއިރު އުރީދޫ އެމް-ފައިސާ އިން ޕޭމަންޓު ދެއްކޭ ގޮތް ހަދައިފި އެވެ.

"އޯލަ" އަކީ ރައްކާތެރި، ފަހި މާހައުލެއްގައި ކުދިވެރިންނަށް ކަމުދާނޭ ހިތްގައިމު ދިވެހި ވާހަކަތައް މެދުނުކެނޑި ފޯރުކޮށްދޭ ކުޑަކުދިންގެ ވާހަކަ އެޕްލިކޭޝަން އެކެވެ. މި އެޕުގައި ކުޑަކުދިންގެ ވާހަކަތަކުގެ އިތުރުން، ކުޑަކުދިންނާ ގުޅޭ ދިވެހި ރައިމްސް ތަކާއި ލަވަތަކުގެ އިތުރުން އެޑިއުކޭޝަނަލް އަދި ހޭލުންތެރިކަން އިތުރުކޮށްދޭ ވީޑިއޯ ވެސް ހުންނާނެ އެވެ.

ކުޑަކުދިންނަށް ހާއްސަ މި އެޕްލިކޭޝަނަށް އުރީދޫ އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭ ގޮތް ހަދައި އެކަން ތައާރަފުކުރީ މިއަދު އެވެ.

އެކަމަށްޓަކައި އުރީދޫ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ހަފްލާގައި ވާހަކަ ދައްކަމުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު، ހުސައިން ނިޔާޒް ވިދާޅުވީ ޑިޖިޓަލް ޕްލެޓްފޯމްތަކުގައި އޯލަ ކަހަލަ ދިވެހި އުފެއްދުންތައް ފެންނަމުން ދިއުމަކީ އުފާވެރި މަންޒަރެއް ކަމަށެވެ.

އަދި އުރީދޫއިން އަބަދުވެސް މަސައްކަތް ކުރަނީ ޓެލެކޮމިއުނިކޭޝަންގެ އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ހިދުމަތްތައް ދިވެހިންނަށް ފޯރުކޮށްދިނުމަށް ކަމަށާއި އެގޮތުން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޑޭޓާ ބޭނުންތެރިގޮތުގައި ހޭދަކުރާނެ ގޮތްތަށް ތައާރަފުވުމަކީ މުހިއްމު ކަމެއް ކަމަށް ނިޔާޒު ވިދާޅުވި އެވެ.

އޯލަ އެޕަށް އެމް-ފައިސާ އިންޓަގްރޭޓްކޮށްކުރުމާ ގުޅޭޮތުން މިއަދު ބޭއްވި އިވެންޓް. މިއީ ކުޑަކުދިންގެ ދިވެހި ވާހަކަ އެޕްލިކޭޝަނެއް--- ފޮޓޯ: މިރާ
އޯލަ އެޕަށް އެމް-ފައިސާ އިންޓަގްރޭޓްކޮށްކުރުމާ ގުޅޭޮތުން މިއަދު ބޭއްވި އިވެންޓް. މިއީ ކުޑަކުދިންގެ ދިވެހި ވާހަކަ އެޕްލިކޭޝަނެއް--- ފޮޓޯ: މިރާ

އޯލަ އެޕަށް އެމް-ފައިސާ އިންޓަގްރޭޓްކޮށްކުރުމާ ގުޅޭޮތުން މިއަދު ބޭއްވި އިވެންޓް. މިއީ ކުޑަކުދިންގެ ދިވެހި ވާހަކަ އެޕްލިކޭޝަނެއް---ފޮޓޯ: މިރާން ނާޝިމް/އަދަދު

"އެމް-ފައިސާ މެދުވެރިކޮށް އޯލަ އަށް ސަބްސްކްރައިބްކޮށް، އޯލަ ގެ މުއްސަނދި ދިވެހި ކޮންޓެންޓާ އެކު ޒުވާން ޖީލުގެ މެދުގައި ބަހަށް އޮތް ލޯބި އާލާ ކުރުމަށް އިތުރަށް މަގުފަހި ކޮއްދެވިގެން ދިއުމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ދިވެހި އުފެއްދުންތައް އިތުރަށް ކުރިއެރުވުމުގައި އުރީދޫ ގެ އެއްބާރުލުން ލިބިގެންދާނެ." ނިޔާޒު ވިދާޅުވި އެވެ.

އެޕްލިކޭޝަނާ ގުޅޭގޮތުން ވާހަދައްކަމުން އޯލަ މީޑިއާގެ ކްރިއޭޓިވް ލީޑް، ސަމާހަތު އިބްރާހިމް ބުނި ގޮތުގައި މި އެޕްލިކޭޝަނަކީ ކުޑަކުދިންނަށް ހުރިހާ ގޮތަކުން ވެސް ރައްކާތެރި އެޕްލިކޭޝަނެކެވެ. މިވަގުތު އޯލަ ފޮތްހަރުގައި ހުންނާނީ އުމުރުން ހަތް އަހަރުން ދަށުގެ އުމުރު ފުރައަށް ގިންތިކުރެވިފައިވާ ވާހަކަތަކެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި މި އެޕްއަކަށް ކޮންމެ މަހަކު މަދުވެގެން ހަތަރު އާ ކޮންޓެންޓް އިތުރުކުރަން ޕްލޭން ކޮށްފައިވާ ކަމަށް ސަމާހަތް ބުންޏެވެ.

އޯލަ އެޕަށް އެމް-ފައިސާ އިންޓަގްރޭޓްކޮށްކުރުމާ ގުޅޭޮތުން މިއަދު ބޭއްވި އިވެންޓް. މިއީ ކުޑަކުދިންގެ ދިވެހި ވާހަކަ އެޕްލިކޭޝަނެއް--- ފޮޓޯ: މިރާ
އޯލަ އެޕަށް އެމް-ފައިސާ އިންޓަގްރޭޓްކޮށްކުރުމާ ގުޅޭޮތުން މިއަދު ބޭއްވި އިވެންޓް. މިއީ ކުޑަކުދިންގެ ދިވެހި ވާހަކަ އެޕްލިކޭޝަނެއް--- ފޮޓޯ: މިރާ

އޯލަ އެޕަށް އެމް-ފައިސާ އިންޓަގްރޭޓްކޮށްކުރުމާ ގުޅޭޮތުން މިއަދު ބޭއްވި އިވެންޓް. މިއީ ކުޑަކުދިންގެ ދިވެހި ވާހަކަ އެޕްލިކޭޝަނެއް--- ފޮޓޯ: މިރާން ނާޝިމް/އަދަދު

"އޯލާ އެޕް އަށް ސަބްސްކްރައިބް ކުރައްވާ ފަރާތްތަކަށް ޕޭމަންޓް މެތަޑެއްގެ ގޮތުގައި އެމް-ފައިސާ އިންޓަގްރޭޓް ކުރެވިގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި އެމް-ފައިސާއާ އެކު މި ޕާޓްނާޝިޕްގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އާއިލާތަކަށް އޯލާ އެޕްގެ ތަޖުރިބާ އިތުރަށް ފުރިހަމަ ވެގެން ދިއުމަކީ ޔަގީންކަމެއް," ސަމާހަތު ބުންޏެވެ.

އޯލަ އަޖުމަ ބަލާލަން ބޭނުންނަމަ ލިމިޓެޑް ކޮންޓެންޓުތަކާއެކު ހިލޭވެސް ބޭނުންކޮށްލެވޭއިރު ހުރިހާ ކޮންޓެންޓުތަކަށް އެކްސެސްވެވޭނީ ސަބްސްކްރިބްޝަން ޕްލޭން އެއް އެކްޓިވޭޓުކޮށްލުމުންނެވެ. އެގޮތުން މަހުން މަހަށް، 150ރ ދައްކާލާ ގޮތަށް ނުވަތަ 25 ޕަސެންޓުގެ ޑިސްކައުންޓާއެކު މުޅި އަހަަރަށް އެއްފަހަރާ ވެސް ސަބްސްކްރައިބް ކޮށްލެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

Newsletter

Get the latest news delivered straight to your inbox