ޓޮޓެންހަމް އަށް އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް

Oct 28, 2023, 6:46 AM
ޓޮޓެންހަމް އަށް އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް

ލަންޑަން (އޮކްޓޯބަރު 28) - ކްރިސްޓަލް ޕެލަސް 2-1 އިން ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް ޓޮޓެންހަމް ހޮޓްސްޕާ އިން ނަގައިފި އެވެ.

ޕްރިމިއާ ލީގުގެ އެއްވަނައިގައި 10 މެޗުން 26 ޕޮއިންޓް ހޯދައިގެން ޓޮޓެންހަމް އޮތްއިރު، ދެވަނަ އަދި ތިންވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި އާސެނަލްއަށް ލިބިފައިވަނީ 21 ޕޮއިންޓެވެ. އެއީ އެއް މެޗު މަދުން ކުޅެގެންނެވެ. ލީގުގެ ހަތަރުވަނައިގައި 20 ޕޮއިންޓާއިއެކު އޮތީ ލިވަޕޫލް އެވެ.

ކްރިސްޓަލް ޕެލަސްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ދެ ގޯލު ޖެހީވެސް ޓޮޓެންހަމުންނެވެ. ފުރަތަމަ ގޯލަކީ ޖޭމްސް މެޑިސަން ނަގައިދިން ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޕެލަސްގެ ޑިފެންޑަރު ޖޮއެލް ވާޑް އަތުން ބައިކޮޅަށް ވަތް ގޯލެެކެވެ. ޓޮޓެންހަމްގެ ދެވަނަ ގޯލު ޖަހައިދިނީ ކެޕްޓަން ސަން ހުއެން މިން އެވެ. މިއީ މި ސީޒަންގައި ސަން ޖެހި 10 ވަނަ ގޯލެވެ.

Advertisement

މި މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ޕެލަސްއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިނީ ޖޯޑަން އަޔޫ އެވެ.

ސީޒަންގެ ފުރަތަމަ 10 މެޗުގެ ތެރެއިން އަށް މެޗުން ޓޮޓެންހަމް މޮޅުވެފައިވާއިރު، މިއީ 62 އަހަރުގެ ތެރޭގައި އެޓީމުން ސީޒަންގެ ފުރަތަމަ 10 މެޗު ބަލިނުވެ ނިންމާލި ފުރަތަމަ ފަހަރެވެ. އަދި މިއީ 1960-1961ގެ ސީޒަނަށްފަހު ލީގުގައި އެޓީމްގެ އެންމެ ރަނގަޅު ފެށުމެވެ.

ރޭގެ މެޗުގައި ޓޮޓެންހަމްގެ މިޑްފިލްޑަރު ރޮޑްރިގޯ ބެންޓަންކޫރު ވަނީ މިދިޔަ ފެބްރުއަރީގެ ފަހުން ފުރަތަމަ ފަހަރަށް މެޗެއްގައި ކުޅެން ނުކުމެފަ އެވެ. ބެންޓަންކޫރުގެ ކަކުލަށް ލިބުނު ބޮޑު އަނިޔާއިން ރަނގަޅުވެ އޭނާ ކުޅެން ނުކުތުމަކީ ޓީމަށް ލިިބުނު އިތުރު ހިތްވަރެއްގެ ގޮތުގައި ކޯޗު އަންގޭ ޕޮސްޓެކޮގްލޫ ސިފަކުރެ އެވެ.

ލީގުގައި ހޯދަމުން އަންނަ ރަނގަޅު ނަތީޖާތަކަށް އިޝާރާތްކޮށް ޓޮޓެންހަމްގެ ކޯޗު ޕޮސްޓެކޮގްލޫ ބުނީ ޕްރިިމިއާ ލީގަށް ވާދަކުރާ ޓީމެއްގެ ގޮތުގައި ގިނަ ބަޔަކު ޓޮޓެންހަމް ސިފަކުރި ނަމަވެސް އެޓީމްގެ އަމާޒު ހުރީ މެޗަކަށްފަހު މެޗެއް ކާމިޔާބުކުރުމަށްކަމަށެވެ. ލީގުގެ ވާހަކަ ދައްކާނީ ސީޒަންގެ ފަހުކޮޅަށް ދިޔުމުންކަމަށްވެސް އޭނާ ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅޭ މެޗުތަކަށް ބަލާއިރު އާސެނަލުން ޝެފިލްޑް ޔުނައިޓެޑާ ދެކޮޅަށ ނުކުންނާނެ އެވެ. ޗެލްސީ އާއި ބްރެންޓްފޯޑު ވާދަކުރާއިރު، ނިއުކާސަލް ޔުނައިޓެޑް ނުކުންނާނީ ވުލްވްސްއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

ބޮޑު ތަފާތަކުން ލައިޕްޒިގު ބަލިކޮށް ބަޔާން އެއް ވަނަ އަށް

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގު އަތުން 6-1 އިން މޮޅުވެ، ބަޔާން މިއުނިކުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. ބަޔާނުން އެއްވަނަ ހޯދީ ޑޯޓްމަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ހެޑް ޓު ހެޑްގެ ތަފާތުން ކުރިލިބޭތީ. މި މެޗުގައި ބަޔާންގެ ލުއިސް ޑިއާޒް ހެޓްރިކެއް ހެދިއިރު، ހެރީ ކޭން އާއި ޕަވްލޮވިޗް އަދި އޮލީސޭ ވެސް ލަނޑު ޖެހި

ޗެލްސީ އާއި ލިވަޕޫލަށް މޮޅެއް، ސިޓީގައި މަރެސްކާ އަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެ އާ ރެކޯޑެއް ގާއިމްކޮށްފައި. ޗެލްސީން އެވަޓަން ބަލިކުރީ 2-0 އިންނެވެ. އަދި ލިވަޕޫލުން ވަނީ ފަހަތުން އަރައި ބްރެންޓްފޯޑްގެ މައްޗަށް 2-1 އިން ކުރިހޯދާފައި

ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ނަން ނުނަގާ ކަމަށް ބުނެފި

މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ދޮގުކޮށްފައި. ސާފް އިން ބުނިގޮތުގައި ކުރިންވެސް ނިންމާފައިވާ ގޮތަށް މި މުބާރާތުގައި ހަ ގައުމު ބައިވެރިވާނެ ކަމަށާއި، އިންޑިއާގެ ބައިވެރިވުން މުބާރާތުގައި އޮންނާނެކަން ޔަގީންކުރެވިފައިވާ ކަމަށް.

ސްޕެއިނުގެ ރަގްބީ ވޯލްޑް ކަޕް ބިޑްގައި ރެއާލާއި ބާސެލޯނާގެ ދަނޑު

2035 ވަނަ އަހަރުގެ ރަގްބީ ވޯލްޑް ކަޕް ބޭއްވުމަށް ސްޕެއިނުން ހުށަހެޅި ބިޑްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ދަނޑުތައް ހިމަނާފައިވާއިރު، ބިޑް ކާމިޔާބުވެއްޖެނަމަ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ނޯ ކޭމްޕްގައެވެ. މި މުބާރާތް ބޭއްވުމަށް އާޖެންޓީނާ އާއި ޖަޕާނުން ވެސް ވާދަކުރާއިރު، ސްޕެއިނުން އަމާޒު ހިފާފައިވަނީ 2030 ގެ ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ ބޭނުންކޮށްގެން އެންމެ ފުރިހަމަ ރަގްބީ މުބާރާތް ބޭއްވުމަށެވެ.

ގައުމީ ޓީމަށް ނަގާ ކުޅުންތެރިންނާ މެދު ލައްޗޭގެ ވިސްނުން

ގައުމީ ޓީމަށް ނަގާ ކުޅުންތެރިން ޓީމާ ގުޅުމަކީ ކްލަބުން ހުރަސްއަޅާ ކަމެއް ނޫން ކަމަށާއި، ބައެއް ކުޅުންތެރިން ސްކޮޑުން ވަކިވަނީ އާއިލީ ސަބަބުތަކާ ހުރެ ކަމަށް ލައްޗޭ ބުނެފައިވޭ. އަދި ކުޅުންތެރިންނަށް ޓީމާ ދުރަށް ދެވެނީ ގައުމީ ކޯޗުގެ ފަރާތުން އެ ފުރުސަތު ލިބޭތީ ކަމަށް ވެސް އޭނާ ފާހަގަކުރި

އަޖުފާން ގައުމީ ސްކޮޑަށް، މެޖޯރިޓީ ރިވައިވަލް ސްޕޯޓްސް އަށް

ގައުމީ ބެޑްމިންޓަން ޓީމު ހޮވުމަށް ބޭއްވި ސިލެކްޝަނުން، 9 ފަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަން، އަޖުފާން ރަޝީދު ހިމެނޭހެން 12 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވާލާފައި. މި ސްކޮޑުގެ މެޖޯރިޓީ ނުވަތަ ހަތް ޖާގައެއް ރިވައިވަލް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހޯދާފައިވާއިރު، މީގެ ތެރޭގައި ރޭންކިންގެ އެއް ވަނަ އަދި ދެ ވަނަ ކުޅުންތެރިންވެސް ހިމެނޭ

Newsletter

Get the latest news delivered straight to your inbox