ހުލާސާކޮށް އިއްޔެ: ނަޝީދުގެ ނޯ ކޮންފިޑެންސް ޖަލްސާ އެޖެންޑާއަށް

Oct 27, 2023, 4:03 AM
ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު: ވަކި ކުރުމަށް ހުށަހަޅާފައި އޮތް މައްސަލަ ވަނީ އާދީއްތަ ދުވަހަށް އެޖެންޑާކޮށްފައި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު: ވަކި ކުރުމަށް ހުށަހަޅާފައި އޮތް މައްސަލަ ވަނީ އާދީއްތަ ދުވަހަށް އެޖެންޑާކޮށްފައި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކި ކުރަން، ވެރިކަން ހިންގާ އެމްޑީޕީން ހުށަހަޅާފައި އޮތް މައްސަލަ ރަސްމީކޮށް ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާއަށް ލީ އިއްޔެ އެވެ.

އަންނަ އާދީއްތަ ދުވަހު އެ މައްސަލަ ކުރިއަށް ގެންދަން ތާވަލުކޮށްފައިވާއިރު، ކުރިން ވެއްދި އިތުބާރު ނެތް ކަމުގެ މައްސަލައިގެ ތަޖުރިބާއަށް ބަލާއިރު، އާދީއްތަ ދުވަހުގެ ޖަލްސާ އޮމާންކަމާއެކު ދިޔުމަކީ ނާދިރު ކަމެކެވެ.

މި ނޫހަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ލީޑު ކުރައްވާ ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ، އެމްޑީޕީން ވެސް މަސައްކަތް ކުރަނީ ރީތިކޮށް ނޫން ކަމަށާއި އެ ޕާޓީން ހަޑިކޮށް ކުޅެގެން ނަމަވެސް ޖަލްސާ ހުއްޓުވާނެ ކަމަށެވެ.

"މިކަމަކީ ކުރެވޭނެ ކަމެއް ނޫން. އަޅުގަނޑުމެން ނެތިން ފުރުސަތެއް ވެސް ދޭކަށް އެހާ އަން-ޑިމޮކްރެޓިކްކޮށް މިކަން ކުރާކަށް. އެއް ބަޔަކު ހަޑިކޮށް އުޅެންޏާމު، އަޅުގަނޑުމެން ވެސް ހަޑިކޮށް އުޅެގެން ވެސް މިކަން ވިޔަ ނުދޭނެ. އެބޭފުޅުން ވެސް އެ އުޅެނީ ރީތިކޮށެއް ނޫން މިވަގުތަކު. އެހެންވީމާ އަޅުގަނޑުމެން ވެސް އުޅޭނީ ރީތިކޮށެއް ނޫން،" އާޒިމް ވިދާޅުވި އެވެ.

އެމްޑީޕީން ވެސް އޮތީ މިފަހަރު ދޫ ދިނުމުގެ ރޫހެއްގައެއް ނޫނެވެ. އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، އާދީއްތަ ދުވަހުގެ ޖަލްސާ ކުރިއަށް ގެންގޮސްގެން މެނުވީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އޭގެ ތެރޭގައި އިންތިހާބީ ރައީސް ހުވާ ކުރުމަށް ބާއްވަންޖެހޭ ޖަލްސާ ވެސް ހިމެނެ އެވެ.

"އިތުބާރު އޮތް ކަމަށްވާ ނަމަ ހަމަ ކުރިއަށް ގެންދަވަންވީ. އިތުބާރު ނެތް ކަމަށް ވަނީ ނަމަ މަޖިލީހުގެ ގަވާއިދުގައިވާ ގޮތަށް ރިޔާސަތު ބަދަލުކޮށްގެންނޭ ކުރިއަށް ގެންދެވޭނީ. ހުވާ ކުރުމުގެ ރަސްމިއްޔާތު އެ ނޫން ގޮތަކަށް ކުރިއަށްގެންދަވާ ކަމަށް ވަނީ ނަމަ އަޅުގަނޑުމެންނަށް ވަރަށް ދައްޗޭ ގާނޫނީ ގޮތުން ހުވާ ކުރައްވައިގެން ހުންނެވި ރައީސެއް ކަމުގައި ބަލައިގަންނަން، ލެޖިޓިމޭޓު ރައީސެއް ކަމުގައި ބަލައިގަންނަން. އެހެންވެއްޖެއްޔާ ސަރުކާރުން ކުރާ ހުރިހާ ކަމެއް ވެސް އެންމެ ކުޑަމިނުން ކެބިނެޓު ވެސް ބަލައިގަންނަން ވަރަށް ދަތިވާނޭ. ބަލައިނުގަންނާނަން، ސާފުކޮށް ދަންނަވަންޏާ،" އަސްލަމް ވިދާޅުވި އެވެ.

މުހިންމު ބައެއް ހަބަރުތައް

ދުވަހުގެ ފޮޓޯ

ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ

ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ފަލަސްތީނުން ރާއްޖެއަށް ކަނޑައެޅި އޮނަރަރީ ކޮންސުލް ރާގިބް އަހުމަދު ހަލަފާއެކު އިއްޔެ ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން: ފަލަސްތީނުގައި އިޒްރޭލުން ގަތުލްއާންމެއް ހިންގައި، ބޮޑެތި ހަނގުރާމައިގެ ޖަރީމާތައް ހިންގަމުންދާއިރު ރާއްޖެ ރައްޔިތުން ގޮވާލަމުންދަނީ އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމަށް -- ފޮޓޯ: ފޮރިން މިނިސްޓްރީ

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox