ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މާސްޓާކާޑް ހޯލްޑަރުންނަށް ރަނގަޅު އިނާމުތަކެއް ލިބޭނެ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ބީއެމްއެލުން ބުނީ މާސްޓާކާޑް ޑެބިޓް ކާޑު ހޯލްޑަރުންނަށް ޕްރޮމޯޝަން މުއްދަތުގައި 2،500 ރުފިޔާ އަށްވުރެ ގިނައިން ހަރަދުކޮށްގެން 500 ރުފިޔާގެ ވައުޗަރާއި ހަމައަށް ހޯދުމުގެ ފުރުސަތު އޮތްކަމަށެވެ.
މީގެ އިތުރުން މާސްޓާކާޑް ކްރެޑިޓް ކާޑު ހޯލްޑަރުންނަށް ޕްރޮމޯޝަން މުއްދަތުގައި ކާޑުން 3،000 ރުފިޔާ އަށްވުރެ ގިނައިން ހަރަދެއް ކޮށްގެން 600 ރުފިޔާގެ ވައުޗަރު ލިބޭނެކަމަށް ވެސް ބީއެމްއެލުން މައުލޫމާތުދެ އެވެ.
މާސްޓާކާޑް ކަސްޓަމަރުންނަށް މި ޕްރޮމޯޝަން ހުޅުވާލާފައިވަނީ ނޮވެމްބަރު 14، ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު މި ލިންކުން ލިބޭނެ އެވެ.










