އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ކުރިއަށް ގެންދާ ގާޒާ އިމަޖެންސީ ރިލީފް ފަންޑަށް ދިވެހިރާއްޖޭގެ ގުޅުން (ދިރާގު)ން 100،000ރ. އެހީއެއް ދީފި އެވެ.
އެ ކުންފުނިން ވަނީ ފަލަސްތީނަށް އެހީވުމުގެ ގޮތުން ދިރާގު ޕޭ ޕްލެޓްފޯމުގައި ޑިޖިޓަލް ވޮލެޓެއް ހުޅުވައި، އާންމުނަށް ވެސް ފައިސާގެ އެހީ ވެދެވޭ ގޮތް ހަދައިފަ އެވެ.
ކިޔޫއާރް ކޯޑް ސްކޭންކޮށްލައިގެން ނުވަތަ ދިރާގުޕޭ އެޕްގެ މާޗަންޓް ކޯޑަކަށް 7266 ޖަހާލައިގެން މި ފަންޑަށް ފައިސާގެ އެހި ފޮނުވާނެ އެވެ.
މި ވޮލެޓަށް ހަދިޔާކުރާ ހުރިހާ ފައިސާއެއް ވެސް ދާނި ފަލަސްތީނުގައި އައިއޭސީއިން ކުރިއަށްގެންދާ އިންސާނީ މަސައްކަތަށް އެހީތެރިވުމަށް ކަމަށް ދިރާގުން ބުނެ އެވެ.
ދިރާގުން ތިބީ ފަލަސްތީނުގެ ރައްޔިތުންނާއެކު އަދި މިފަދަ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.











