އިންތިގާލީ މަރުހަލާގައި އެސްއޯއީތައް ހިންގަން ދަތިވާ މައްސަލަ މަޖިލީހުން ބަލަން ފަށައިފި

ޕީސީބީގެ ވެރިން އެސްއޯއީ ކޮމިޓީގައި: ޕީސީބީއަކީ ސަރުކާރު ކުންފުނިތަކުގެ ބެލެނިވެރި އިދާރާ -- ފޮޓޯ/ރައްޔިތުންގެ މަޖިލިސް

ޕީސީބީގެ ވެރިން އެސްއޯއީ ކޮމިޓީގައި: ޕީސީބީއަކީ ސަރުކާރު ކުންފުނިތަކުގެ ބެލެނިވެރި އިދާރާ -- ފޮޓޯ/ރައްޔިތުންގެ މަޖިލިސް

ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯސީ) ތަކުން އިންތިގާލީ މަރުހަލާގައި ބައެއް ކަންކަން ނުކުރަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން އެދިވަޑައިގެންފައި އޮތުމާ ގުޅިގެން ބައެއް ކުންފުނިތައް ހިންގަން ދަތިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން މިއަދު ބަލަން ފަށައިފި އެވެ.

އެސްއޯއީ ކޮމިޓީއަށް މިކަންކަމުގެ ޝަކުވާތައް ލިބުނީ ކުންފުނިތަކުގެ ވެރިންނާއި މަޖިލިސް މެމްބަރުންގެ ފަރާތުންނެވެ. އެ ކޮމިޓީން މައްސަލަ ބަލަމުން ގެންދަނީ ސަރުކާރު ކުންފުނިތަކުގެ ބެލެނިވެރި އިދާރާ ކަމަށްވާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އެ ކޮމިޓީއަށް ހާޒިރުކޮށްގެންނެވެ.

އެގޮތުން ކުރިއަށް ދިޔަ ބައްދަލުވުމުގައި އެސްއޯއީ ކޮމިޓީގެ މުގައްރިރު ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވީ ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ތެރޭގައި ބައެއް ކަންކަން ނުކުރަން ސަރުކާރު ކުންފުނިތަކަށް އެންގުމުން، މެނޭޖްމަންޓުން އަންގާ އެންގުންތަކަށް މުވައްޒަފުން ބޯނުލެނބުން ފަދަ މައްސަލަތައް ފެންމަތިވަމުން އަންނަ ކަމަށެވެ.

"ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ތެރޭގައި ބައެއް ކަންކަން ނުކުރެވޭނެ ކަމަށް އެ ބޭފުޅުން އަންގަމުން ގެންދާ ކަމަށާއި އެ އެންގުންތަކުގެ ސަބަބުން ކުންފުނިތަކުގެ ހިންގުމަށް ހުރަސްތައް ކުރިމަތިވެ ހީނަރުކަން އަންނަމުންދާ ވާހަކަ އާއި، އަދި ކުންފުނިތަކުގެ މިޑްލް މެނޭޖްމަންޓް ލެވަލް ހިސާބުގައި ތިބި މުވައްޒަފުން، މެނޭޖްމަންޓުން އަންގާ އެންގުންތަކަށް ކަންކަން ކުރަން ފަސް ޖެހޭ ވާހަކަ" ކޮމިޓީއަށް ލިބިފައިވާ ޝަކުވާތައް ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ.

މި މައްސަލައިގައި އެސްއޯއީ ކޮމިޓީން އޮޅުންފިލުވަން މަސައްކަތް ކުރަމުންދަނީ މިފަދަ އެންގުންތައް އަންގަނީ ކޮން ގަވާއިދަކުން ބާރު ލިބިގެންތޯ ނުވަަތަ ކޮން އުސޫލެއްގެ ދަށުންތޯ އެވެ.

އިންތިހާބީ ރައީސްގެ ފަރާތުން ސަރުކާރު ކުންފުނިތަކުން ބައެއް ކަންކަން ހުއްޓާލަން އެންގީ އަންނަން އޮތް ސަރުކާރު ހިންގަން ދަތިވެދާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ކުންފުނިތަކުން އާ ކަމެއް ނުފެށުމާއި އާ މުވައްޒަފުން ނުނެގުން ފަދަ ކަންކަމެވެ.

އިންތިހާބީ ރައީސްގެ ފަރާތުން ވަނީ އިންތިގާލީ މަރުހަލާގައި މިނިސްޓްރީތަކުންނާއި ސަރުކާރުގެ އިދާރާތަކުން ވެސް ބައެއް ކަންކަން ނުކުރަން އެދިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox