ރޮނާލްޑޯ، އަލް ނަސްރުގެ ކޮންޓްރެކްޓް އާކުރަނީ

Oct 11, 2023, 3:55 AM
ރޮނާލްޑޯ، އަލް ނަސްރުގެ ކޮންޓްރެކްޓް އާކުރަނީ

ރިޔާދު، ސައުދީ އަަރަބިއްޔާ (އޮކްޓޫބަރު 11) - ސައުދީ ޕްރޯ ލީގުގެ އަލް ނަސްރާ އެކު ހަދާފައިވާ ކޮންޓްރެކްޓު 2027އާ ހަމައަށް އިތުރުކުރަން ކްރިސްޓިއާނޯ ރޮނާލްޑޯ ބޭނުންވާކަން ހާމަކޮށްފި އެވެ.

ސައުދީ ލީގުގެ އަލް ނަސްރަށް ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ ބަދަލުވީ 2022ގެ ޑިސެމްބަރު މަހުގަ އެވެ. އިނގިރޭސި ކުލަބު މެންޗެސްޓާ ޔުނައިޓެޑު ދޫކޮށް ރޮނާލްޑޯ އަލް ނަސްރަށް ބަދަލުވީ 75 މިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ.

ރޮނާލްޑޯ، އަލް ނަސްރާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2025ގަ އެވެ. ރޮނާލްޑޯ ބޭނުންވަނީ އިތުރު ދެ އަހަރަށް ކޮންޓްރެކްޓް އާކުރާށެވެ. ސައުދީ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުން ރޮނާލްޑޯ ވަނީ އިންޓަނޭޝަނަލް ބްރޭކުގެ މެޗުތައް ކުޅުމަށް ޕޯޗުގަލް ޓީމާ ގުޅުމުގެކުރިން ކޮންޓްރެކްޓްގެ ވާހަކަ އަލް ނަސްރުގެ ވެރިންނާ ހިއްސާކޮށްފަ އެވެ.

އެ ގޮތުން، 2026ގެ ވޯލްޑް ކަޕްގެ ކުޅުމުގެ އުއްމީދުގައި ހުރި ރޮނާލްޑޯ ބޭނުންވަނީ ވޯލްޑް ކަޕަށް ފަހު ރިޓަޔާ ކުރާށެވެ. ރޮނާލްޑޯ ވޯލްޑްކަޕް ކުޅެން ބޭނުންވަނީ އަލް ނަސްރުގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރެފަ އެވެ.

އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާ ވޯލްޑް ކަޕު ކުޅޭއިރު ރޮނާލްޑޯ އަށް ވާނީ 41 އަހަރެވެ. ރޮނާލްޑޯ ވޯލްޑްކަޕްގައި ކުޅެފިނަމަ އޭނާ ވާނީ ވޯލްޑްކަޕްގައި ކުޅޭނެ ހަތަރު ވަނަ އަށް އެންމެ މުސްކުޅި ކުޅުންތެރިޔާ އަށެވެ. ރޮނާލްޑޯ، 38، ސައުދީގެ އަލް ނަސްރަށް ބަދަލުވެ އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. މިހާތަނަށް ރޮނާލްޑޯ ވަނީ އެ ކުލަބަށް ކުޅުނު 30 މެޗުގައި 25 ގޯލު ޖަހާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox