އުރީދޫގެ އެމް-ފައިސާ ހިދުމަތް މެދުވެރިކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ފައިސާގެ އެހީ ފޯރުކޮށްދެވޭނެ ގޮތް ހަމަޖައްސައިފި އެވެ.
އުރީދޫއިން ބުނީ އެމް-ފައިސާ މެދުވެރިިކޮށް ހަދިޔާކުރާ ފައިސާ ފަލަސްތީނަށް ފޮނުވާނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން މެދުވެރިކޮށް ކަމަށެވެ.
އެމް-ފައިސާ މެދުވެރިކޮށް ފަލަސްތީނަށް އެހީވުމުގެ ގޮތުން ފުރަތަމަ އެމް-ފައިސާއަށް ލޮގިންވެ، ސްމާޓް ޕޭއަށް ދިއުމަށްފަހު ކިއުއާރް ކޯޑް ސްކޭން ކުރުން ނުވަތަ މާޗަންޓް ނަންބަރު 9306501 ޖަހަން ޖެހޭނެ އެވެ. އަދި އެއަށްފަހު، އެހީގެ ގޮތުގައި ފޮނުވަން ބޭނުންވާ އަދަދު ޖެހުމަށްފަހު، ޕޭމަންޓް ޔަގީންކުރުމުން ފަލަސްތީނަށް އެހީ ފޯރުކޮށްދެވޭނެ އެވެ.
ހަމާސް އާއި އިޒްރޭލާ ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމާގެ ސަބަބުން މިހާތަނަށް ގެދޮރު ގެއްލުނު މީހުންގެ އަދަދު 123،000 އަށްވުރެ މައްޗަށް އަރަ އެވެ. މެދުކެނޑުމެއްނެތި ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 560 މީހަކު ވަނީ ޝަހީދު ކޮށްލާފަ އެވެ. ހަނގުރާމާގައި ހަމާސްއިން މަރާލާފައިވާ އިޒްރޭލު މީހުންގެ އަދަދު ވަނީ 800 އަށް އަރާފަ އެވެ.










