ޗައިނާ އާއި ރަޝިއާއިން ހަމާސް ކުށްވެރިއެއް ނުކުރި، ގޮވާލީ އާންމުން ސަލާމަތް ކުރުމަށް

Oct 9, 2023, 8:27 AM
އެމެރިކާއިން އިޒްރޭލަށް އެހީވުމާ ދެކޮޅަށް ބޭއްވި އެއްވުމެއް.

އެމެރިކާއިން އިޒްރޭލަށް އެހީވުމާ ދެކޮޅަށް ބޭއްވި އެއްވުމެއް.

އިޒްރޭލުގެ އަތް ދަށުން އަލް އަގްސާ މިސްކިތް މިނިވަން ކުރުމަށް ހަމާސް ޖަމާއަތުން ހޮނިހިރު ދުވަހު ފެށި ކުއްލި އޮޕަރޭޝަނާ ގުޅިގެން ހަމާސް ކުށްވެރި ކުރަން އެމެރިކާއިން ޕްރެޝަރު ކުރި ނަމަވެސް، އދ. ގެ ސަލާމަތީ މަޖިލީހުގެ ބައެއް މެމްބަރުން އެކަމާ ދެކޮޅު ހަދައިފި އެވެ.

އާދީއްތަ ދުވަހު ސިއްރުކޮށްގެން ބޭއްވި ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި އެމެރިކާއިން ޑިމާންޑު ކުރީ އެ މަޖިލީހުގެ މެމްބަަރު 15 ގައުމުން އެންމެ ހަރުކަށި އިބާރާތުން ހަމާސް ކުށްވެރި ކުރުމަށެވެ. އެކަމަކު ބައްދަލުވުން ނިންމާލީ އެކަމާ މެދު އެއްބަސްވުމެއް ނެތި އެވެ.

އެމެރިކާގެ ޑެޕިއުޓީ ސަފީރު ރޮބާޓް ވުޑް ވިދާޅުވީ ބައެއް ގައުމުތަކުން ހަމާސް ކުށްވެރި ކުރި ނަމަވެސް، ކައުންސިލްގެ ހުރިހާ މެމްބަރުން އެގޮތަށް އެއްބަސް ނުވި ކަމަށެވެ.

Advertisement

ރަޝިއާ އަދި ޗައިނާ ހިމެނޭ ގޮތަށް ބައެއް ގައުމުތަކުން ހަމާސްގެ ނަން ފާހަގަކުރަން ބޭނުމެއް ނުވި އެވެ. އެ ގައުމުތަކުން ބުނީ ދެ ފަރާތުން ވެސް އާންމުންނަށް ހަމަލާދިނުން ކުށްވެރި ކުރާ ކަމަށެވެ.

"އަޅުގަނޑުގެ ކޮމެންޓުގައި އޮންނާނެ ކުށްވެރިކޮށްފައި. އާންމުންނަށް ދޭ ހުރިހާ ހަމަލާއެއް ކުށްވެރި ކުރަމޭ،" ހަމާސްގެ ނަން ފާހަގަކުރަން ބޭނުންނުވުމުން އެމެރިކާއިން އަމާޒުކުރި ފާޑުކިޔުމާ ގުޅޭ ގޮތުން ރަޝިއާގެ ސަފީރު ވެސިލީ ނެބެންޒިއާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަޝިއާގެ މެސެޖަކީ ވަގުތުން ހަމަލާ ހުއްޓާލުން މުހިއްމު ކަމާއި، މާނަހުރި ގޮތެއްގައި މަޝްވަރާކޮށް، ހައްލު ހޯދުން ކަމަށެވެ.

ޗައިނާގެ ސަފީރު ޖަންގް ޖުން ވެސް ވިދާޅުވީ އާންމުންނަށް ދޭ ހުރިހާ ހަމަލާއެއް ކުށްވެރި ކުރާ ކަމަށެވެ.

"އެންމެ މުހިއްމު ކަމަކީ ހާލަތު އިތުރަށް ގޯސްވިޔަ ނުދީ އާންމުންގެ ފުރާނަ ސަލާމަތްކުރުން. ވަކިން ހާއްސަކޮށް މުހިއްމު އެއް ކަމަކީ ދެ ދައުލަތް ގާއިމް ކުރުމުގެ ހައްލަށް އެނބުރި އައުން،" އޭނާ ވިދާޅުވި އެވެ.

ޗައިނާއިން ފާހަގަކުރި ގޮތަށް ދެ ދައުލަތް ގާއިމްކުރުމުގެ ހައްލު އިސްކުރުމާ މެދު ނޫސްތަކުން ސުވާލު ކުރުމުން އެމެރިކާ ސަފީރު ވުޑް ވިދާޅުވީ މި ވަގުތު މުހިއްމީ ހަމާސް ކުށްވެރި ކުރުން ކަމަަށާއި މަޝްވަރާތައް ފެށުން ފަސްކުރެވިދާނެ ކަމަށެވެ.

"އެކަމަށް ވަގުތެއް އޮންނާނެ. މި ވަގުތު އެންމެ މުހިއްމީ، މީހުން ރަހީނު ކުރުން ހުއްޓުވައި، ހަމާސްގެ ޖަރީމާ ހުއްޓުވުން. މި ކަންކަން ކުރަން ޖެހޭނީ މި ތަރުތީބުން."

ޗައިނާއިން ބުނީ ސަލާމަތީ މަޖިލީހުގެ އަޑު ދުނިޔެއަށް އިއްވުން މުހިއްމު ކަމަށެވެ. އެކަމަކު ގައުމުތަކަށް އެއް ގަލަކަށް ނޭރުމުން އާދީއްތަ ދުވަހުގެ ބައްދަލުވުމަށް ފަހު ބަޔާނެއް ނުނެރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox