ޓޮޓެންހަމް އެއް ވަނަ އަށް، ޔުނައިޓެޑާއި ޗެލްސީ އަށް މުހިންމު މޮޅެއް

Oct 7, 2023, 4:23 PM
ޔުނައިޓެޑްގެ މެކްޓޮމިނޭ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ޔުނައިޓެޑްގެ މެކްޓޮމިނޭ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ލަންޑަން (އޮކްޓޫބަރު 7) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ ޓޮޓެންހަމް ހޮޓްސްޕާސް އިން 1-0 އިން ލޫޓަން ޓައުން ބަލިކޮށް ލީގުގެ އެއް ވަނަ އަށް ޖެހިލިއިރު، ނަތީޖާ ނެރުމުގައި މައްސަލަ ދިމާވެފައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީން މުހިންމު މޮޅެއް ހޯދައިފި އެވެ.

ޔުނައިޓެޑުން އިތުރު ވަގުތުގައި ޖެހި ދެ ގޯލާ އެކު ވަނީ ފަހަތުން އަރައި، 2-1 އިން ބްރެންޓްފޯޑް ބަލިކޮށްފަ އެވެ. ރަށުންބޭރުގައި ޗެލްސީން ވަނީ ފަހަތުން އަރައި 4-1 އިން ބާންލީ ބަލިކޮށްފަ އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޓޮޓެންހަމްގެ މިޑްފީލްޑަރު، ޔްވެސް ބިސޫމާ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ދެ ވަނަ ހާފުގައި ކުޅުނު ޓޮޓެންހަމް އިން ވަނީ ދެ ވަނަ ހާފް ފެށިގެން ހަތް މިނިޓް ތެރޭ މެޗުގެ ހަމައެކަނި ގޯލު ޖަހައިފަ އެވެ. މިއީ ކޯނަރެއްގައި އަވަސް ކުޅުމެއް ކުޅެ، ޖޭމްސް މެޑިސަން ދިން ބޯޅައަކުން މިކީ ވެން ޑަ ވެން ޖެހި ގޯލެކެވެ.

Advertisement

ޓޮޓެންހަމް ލީގުގެ އެއް ވަނައިގައި އޮތީ އަށް މެޗުން 20 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ހަތް މެޗުން 18 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު މާދަމާރޭ އާސެނަލާ ދެކޮޅަށް ކުޅޭނެ އެވެ. އާސެނަލް އޮތީ ހަތް މެޗުން 17 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ސިޓީ އާއި އާސެނަލް މެޗުން މޮޅުވާ ޓީމަކަށް އެއް ވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

ޓޮޓެންހަމް އަށް ގޯލު ޖަހައިދިން ވެން ޑަ ވެން އުފާފާޅުކުރަނީ: މިއީ މި ސީޒަނުގައި އެ ޓީމާ ގުޅުމަށް ފަހު ޖަހައިދިން ފުރަތަމަ ގޯލު.

ފުރަތަމަ ހާފުގައި މަތިއަސް ޖެންސެން ޖެހި ގޯލުން ބްރެންޓްފޯޑް ލީޑުނެގި މި މެޗުގެ ބޮޑުބައިގައި އެ ޓީމު އޮތީ ކުރީގަ އެވެ. ޔުނައިޓެޑް ޖެހިޖެހިގެން އަމިއްލަ ދަނޑުގައި ލީގުގެ ތިން މެޗުން ބަލިވާން ދަނިކޮށް، ހުރިހާ ކަމެއް ބަދަލުކޮށްލީ ބެންޗުން އެރި ސްކޮޓްލެންޑްގެ މިޑްފީލްޑަރު ސްކޮޓް މެކްޓޮމިނޭ އެވެ. އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނިޓް ތެރޭ މެކްޓޮމިނޭ ވަނީ ދެ ގޯލު ޖަހައި ޔުނައިޓެޑް މޮޅުކޮށްދީފަ އެވެ.

ބާންލީން ވަނީ 18 އަހަރުގެ ފޯވާޑް، ވިލްސަން އޮޑޯބާޓް ޖެހި ގޯލުން ލީޑުނަގައިފަ އެވެ. ޗެލްސީން އެއްވަރުކުރީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާންލީގެ ޑިފެންޑަރު އަމީން އަލް-ދަހީލް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. އަމީން އަތުން މި ގޯލު ވަނީ ޗެލްސީގެ ރަހީމް ސްޓާލިންގެ އެޓޭކެއް ހުއްޓުވަން އުުޅުމުގެ ތެރޭގަ އެވެ.

ޗެލްސީ މޮޅުވީ ދެ ވަނަ ހާފުގައި ތިން ގޯލު ޖަހައިގެންނެވެ. އެ ޓީމުން ލީޑުނެގި ލަނޑަކީ ޕެނަލްޓީ އަކުން ކޯލް ޕާމާ ޖެހި ގޯލެކެވެ. އަނެއް ގޯލުތައް ޖެހީ ސްޓާލިން އާއި ސަސްޕެންޝަނަށް ފަހު އެނބުރި އައި ފޯވާޑް، ޖެކްސަން މާޓިނޭޒް އެވެ.

މިރޭގެ ނަތީޖާތަކާ އެކު ޔުނައިޓެޑާއި ޗެލްސީ ވަނީ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފަ އެވެ. އެ ގޮތުން، ޔުނައިޓެޑް ލީގުގެ ނުވަ ވަނައިގައި އޮތީ އަށް މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. ޗެލްސީ އަށް އަށް މެޗުން 11 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު އޮތީ ލީގުގެ 10 ވަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox