"އުރީދޫ ނޭޝަން ގޭމާސް ލޭންޑް" ގެ ނަމުގައި ބާއްވާ އެންމެ ބޮޑު ގޭމިން ފެސްޓިވަލް ގައި ކުރިއަށް ދާ މުބާރާތްތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އުރީދޫ އިން ބުނި ގޮތުގައި މި ގޭމިން ފެސްޓިވަލުގައި ކުރިއަށްގެންދާ މުބާރާތްތަކުން މޮޅުވާ ފަރާތްތަކަށް ބޮޑެތި ފައިސާގެ އިނާމުތަކުގެ އިތުރުން ހުރިހާ އުމުރުފުރައެއްގެ ގޭމަރުންނަށްވެސް މަޖާ އަދި ހިތްގައިމު ތަޖުރިބާއެއް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ފެސްޓިވަލުގައި ބައިވެރިވުމަށް އުރީދޫ ނޭޝަން އިން ހުރިހާ ގޭމަރުންނަށް ދައުވަތު އަރުވައެވެ. އުރީދޫ ނޭޝަން ދަ ގޭމާސް ލޭންޑް ގޭމިން ފެސްޓިވަލްގައި ހިމެނޭ މުބާރާތްތަކަކީ:
ރޭސިން ސިމް ޗެލެންޖް
ވާޗުއަލްކޮށް ކާރު ދުއްވުމުގެ ހުނަރު ދައްކާލައި، އެހެން ކުޅުންތެރިންނާ ވާދަ ކުރާ ރޭސިން ސިމް ޗެލެންޖުން މޮޅުވާ ފަރާތްތަކަށް ވަރަށް ހާއްސަ ފައިސާގެ އިނާމުތައް ވަނީ ހަމަޖެހިފައެވެ. އެގޮތުން:
- 1 ވަނަ އަށް ދާ ފަރާތަށް 11،000ރ ގެ ފައިސާ ގެ އިނާމު
- 2 ވަނަ އަށް ދާ ފަރާތައް 8،000ރ ގެ ފައިސާ ގެ އިނާމު
- 3 ވަނަ އަށް ދާ ފަރާތަށް 6،000ރ ގެ ފައިސާ ގެ އިނާމު
ކޯސްޕްލޭ
ކޯސްޕްލޭ ޗެލެންޖްގައި ބައިވެރިވުމަށް ރަޖިސްޓާ ވާ ފަރާތްތަކުން އުރީދޫ ނޭޝަން ގޭމާސް ލޭންޑް ގޭމިން ފެސްޓިވަލަށް ދާންޖެހޭނީ އެ ބައިވެރިއަކަށް އެންމެ ކަމުދާ ކެރެކްޓާއެއްގެ ކޮސްޓިއުމުގަ އެވެ. އޮކްޓޫބަރު 19 އަދި 20 ގައި މި ގޭމިންގް ފެސްޓިވަލުގައި ކޮސްޓިއުމްތައް ދައްކާލުމުގެ ފުރުސަތު ލިބިގެން ދާއިރު ތިން ޖަޖުންގެ ޖަޖް ޕެނަލްއަކުން ބައިވެރިންގެ ކޮސްޓިއުމްތައް ޖަޖްކޮށް އެންމެ ފުރިހަމަ އަށް ކޮސްޓިއުމް ތައްޔާރު ކޮށްފައިވާ ބައިވެރިއަކަށް 10،000ރ ގެ ފައިސާގެ އިނާމު ލިބިގެންދާނެއެވެ.
އީއޭއެފްސީ (ފީފާ) ޗެމްޕިއަންޝިޕް (އެފްސީ24)
ގޭމަރުންގެ މެދުގައި މަގުބޫލު ފުޓުބޯޅައިގެ ގޭމު ކަމަށްވާ އީއޭއެފްސީ (ފީފާ) ޗެމްޕިއަންޝިޕް (އެފްސީ24) ގައި ވާދަކުރާފަރާތްތަކުގެ ތެރެއިން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޯދާ ފަރާތްތަކަށްވެސް އަގުހުރި ފައިސާގެ އިނާމުތަކެއް ވަނީ ހަމަޖެހިފައެވެ.
- 1 ވަނަ އަށް ދާ ފަރާތަށް 20،000ރ ގެ ފައިސާ ގެ އިނާމު
- 2 ވަނަ އަށް ދާ ފަރާތައް 10،000ރ ގެ ފައިސާ ގެ އިނާމު
- 3 ވަނަ އަށް ދާ ފަރާތަށް 5،000ރ ގެ ފައިސާ ގެ އިނާމު
ޓެކްކެން މުބާރާތް
ޓެކްކެން މުބާރާތުގައި ބައިވެރިވާ ފަރާތްތަކަށް ވެސް ހާއްސަ ފައިސާގެ އިނާމުތަކެއް ހަމަޖެހިފައި ވާއިރު، މި މުބާރާތް ކުރިއަށް ދާނީ އޮކްޓޯބަރު 19 އަދި 20 ވަނަ ދުވަހު އެވެ. ޓެކްކެން މުބާރާތުގައި ވާދަކޮށްގެން ލިބޭ އިނާމުތަކުގެ ތެރޭގައި:
- 1 ވަނަ އަށް ދާ ފަރާތަށް 5،000ރ ގެ ފައިސާ ގެ އިނާމު
- 2 ވަނަ އަށް ދާ ފަރާތައް 3،000ރ ގެ ފައިސާ ގެ އިނާމު
- 3 ވަނަ އަށް ދާ ފަރާތަށް 2،000ރ ގެ ފައިސާ ގެ އިނާމު
މި މުބާރާތްތަކުގައި ބައިވެރިވުމުގެ ސުންގަޑި އަކީ 15 އޮކްޓޯބަރު 2023 ވާ ބުރާސްފަތި ދުވަހުގެ ރޭ 11:59 އެވެ. ބައިވެރިވާން ބޭނުންފާ ގޭމަރުންނަށް މި ޕޭޖް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.
އުރީދޫން ބުނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޕަބްޖީ މުބާރާތް ކަމަށްވާ އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުތައްވެސް މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ މި ގޭމިން ފެސްޓިވަލްގަ ތެރޭގައި އެވެ.
މި ފައިނަލްގައި 2022 ވަނަ އަހަރު ބޭއްވި ރޯޑް ޓު 100ކޭ ކޮލިފައިން މުބާރާތްތައް ކަމަށްވާ ކޮންޓެންޑާ ސީރީޒް 1، 2 އަދި 3 ގެ އިތުރުން ވައިލްޑް ކާޑް އެންޓްރީ ސީރީޒް ކާމިޔާބުކުރި ޖުމްލަ 16 ޓީމުން ފައިނަލްގައި ވާދަކުރާނެއެވެ. ޕަބްޖީ މުބާރާތުން ވަނަތައް ހޯދާ ފަރާތްތަކަށް ލިބޭ ފައިސާ ގެ އިނާމުތަކުގެ ތެރޭގައި
- 1 ވަނައަށް ދާ ޓީމަށް 50،000ރ،
- 2 ވަނައަށް ދާ ޓީމަށް 20،000ރ،
- 3 ވަނައަށް ދާ ޓީމަށް 10،000ރ،
- 4 ވަނަ އަށް ދާ ޓީމަށް 5،000ރ
- 5 ވަނައިން ފެށިގެން 10 ވަނަ އަށް ދާ ޓީމުތަކަށް 1،500ރ
- 11ވަނަ އިން ފެށިގެން 16 ވަނަ އާއި ހަމައަށް ވަނަ ހޯދާ ޓީމުތަކަށް 1،000ރ
މި މުބާރާތްތަކުގެ އިތުރުން ގޭމިން ފެސްޓިވަލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކްލޯ މެޝިނާއި، އެންމެ ފަހުގެ ވީޑިއޯ ގޭމްތައް އެކްސްޕްލޯކުރުމާއި، ރައްޓެހިންނާއެކު ޖަސްޓް ޑާންސްއަށް ޑާންސް ކުރުމާއި، ތްރޯ ދަ ހޫޕް ފަދަ ގޭމުތަކުގެ އިތުރުން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދެވޭނެ އެވެ. އަދި ކުޑަކުދިންނަށް ހާއްސަ ކިޑްސް އެރީނާ އަދި ޔޫވީ ފޭސް ޕެއިންޓު ސްޓޭށަންގެ އިތުރުން ފޮޓޯ ބޫތުއެއްވެސް ހިމެނިގެންދާނެއެވެ.










