އަޅުގަނޑަކީ ދެން އަންނަ ސަރުކާރުގެ ބައިވެރިއެއް: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު: ކެބިނެޓުގެ މެމްބަރުންނަށް އިލްތިމާސް ކުރެއްވީ ބޭރުގެ އިއްޒަތްތެރިންނަށް މެސެޖު ނުކުރެއްވުމަށް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު: ކެބިނެޓުގެ މެމްބަރުންނަށް އިލްތިމާސް ކުރެއްވީ ބޭރުގެ އިއްޒަތްތެރިންނަށް މެސެޖު ނުކުރެއްވުމަށް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އެމަނިކުފާނަކީ ވެސް ދެން އުފެދޭ ސަރުކާރުގެ ބައިވެރިއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ހަވާސާގެ ތެރެއިން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ގުޅޭ ގޮތުން ނުބައި މޭރުމެއްގައި ވާހަކަ ދައްކައި، މިހާރު ކެބިނެޓުގެ ބައެއް ވަޒީރުން ބޭރުގެ އިއްޒަތްތެރިންނަށް މެސެޖު ފޮނުވަމުންދާ ކަމަށެވެ.

އެ މެސެޖުތައް ނަޝީދަށް ވެސް ލިބިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެމަނިކުފާނަކީ ވެސް ދެން އުފެދޭ ސަރުކާރެއްގެ ބައިވެރިވާ ބޭފުޅަކަށްވާތީ، އެކަންކަން ސާފުނުކޮށްދެވޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

Advertisement

"ބައެއް ވަޒީރު ބޭފުޅުން އެބަ ދުނިޔޭގެ އެކިއެކި އިއްޒަތްތެރިންނަށް ޓެކްސްޓް ކުރައްވާ އެބަ ދިވެހިރާއްޖޭގައި އުފެދެން މި އުޅޭ ސަރުކާރާ ގުޅޭ ގޮތުން ބަދު ބަސް ބުނަމުން. ދެން މި ދެންނެވި އިއްޒަތްތެރިން އެ ޓެކްސްޓުތައް އަޅުގަނޑަށް އެބަ ފޮނުވާ. އަޅުގަނޑު އެބަ ދަންނަވަން، އެ ވިދާޅުވާ ސަރުކާރުގައި އަޅުގަނޑު ވެސް ބައިވެރިވެޔޭ. ދެން އެހެންވީމާ އަޅުގަނޑަށް ވަރަށް އުނދަގުލޭ ސާފުކޮށްދޭން ވަރަށް ގޯސްކަމެއް ރާއްޖޭގައި ވާން އުޅޭ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދަކީ އިންތިހާބީ ރައީސް އުފައްދާ ސަރުކާރުގެ ބައިވެރިއެއް ކަމަށް އެމަނިކުފާނު ވިދާޅުވެފައި މި ވަނީ އާ ސަރުކާރުގައި ދަ ޑިމޮކްރެޓްސް ބައިވެރިވާނެ ކަމަށް އެ ޕާޓީގެ އިންޓެރިމް ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެފައި އޮއްވަ އެވެ. ނަޝީދަކީ އެ ޕާޓީ އުފެއްދުމުގެ ބާނީއެކެވެ.

އޭގެެ އިތުރުން މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ، ދެން އުފެދޭ ސަރުކާރާ ގުޅޭ ގޮތުން ބޭރުގެ އިއްޒަތްތެރިންނަށް ޓެކްސްޓު ނުކުރެއްވުމަށް އެމަނިކުފާނު ވަޒީރުންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

"އަޅުގަނޑު އިލްތިމާސް ކުރަން ހުރިހާ ވަޒީރު ބޭފުޅުންނަށް ވެސް އަދި އެހެން އިއްޒަތްތެރިންނަށް ވެސް ދުނިޔޭގެ އެކިއެކި ތަންތަނަށް ޓެކްސްޓް ފޮނުވައި ނުހެއްދެވުމަށް،" ނަޝީދު ވިދާޅުވި އެވެ.

ޑރ. މުއިއްޒުގެ ސަރުކާރެއްގައި ޑިމޮކްރެޓްސް ބައިވެރިވާނެ ކަމަށް ބުނި ނަމަވެސް އޭގެ އިތުރު ތަފުސީލެއް އެ ޕާޓީން ނުދެ އެވެ. އަދި އެކަމާ ގުޅޭ ގޮތުން ޑރ. މުއިއްޒުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އިން ވެސް އެއްޗެއް ނުބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox