ޔުނައިޓެޑް ބައިބައިނުވެ އެއްބައިވަންތަ ވާންޖެހޭ: ޓެން ހާގް

Oct 4, 2023, 5:19 AM
ޔުނައިޓެޑް ބައިބައިނުވެ އެއްބައިވަންތަ ވާންޖެހޭ: ޓެން ހާގް

މެންޗެސްޓާ (އޮކްޓޫބަރު 4) - މި ސީޒަނުގެ ކުރީކޮޅުގައި މެންޗެސްޓާ ޔުނައިޓެޑަށް މެޗުތަކުގައި ނަތީޖާ ނުނެރެވި، ގިނަ މެޗުތަކަކުން ބަލިވަމުންދާ މި ދަނޑިވަޅަކީ ޓީމާ ގުޅޭ އެންމެން ބައިބައިނުވެ، އެއްބައިވަންތަކަމާ އެކު ތިބެންޖެހޭ ވަގުތެއް ކަމަށް ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި 3-2 އިން ތުރުކީގެ ސުޕަ ލީގު ޓީމު، ގަލަސަތަރާއި އަތުން ބަލިވެފަ އެވެ. ޔުނައިޓެޑް ވަނީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ. މިއީ އެ ކްލަބް ތާރީހުގައި ވެސް މި ގޮތަށް ދެ މެޗުން ބަލިވެގެން ޗެމްޕިއަންސް ލީގުގެ މުބާރާތެއް ފަށަން ޖެހުނު ފުރަތަމަ ފަހަރެވެ.

އަނެއްކޮޅުން ބަލާއިރު، ޔުނައިޓެޑް ވަނީ މި ފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ފުރަތަމަ ހަތް މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވެފަ އެވެ. މިއީ، އިނގިރޭސި ޕްރިމިއާ ލީގުގެ ސީޒަނެއްގައި މިހާތަނަށް ޔުނައިޓެޑްގެ އެންމެ ދަށް ފެށުމެވެ.

މިދިޔަ ސީޒަނުގައި ޔުނައިޓެޑާ ހަވާލުވެ، ޓެން ހާގް ވަނީ އެ ޓީމަށް އިނގިރޭސި ލީގު ކަޕް ކާމިޔާބުކޮށްދީފަ އެވެ. މިއީ ހަ އަހަރެއްހާ ދުވަސްތެރޭ އެ ޓީމުން ހޯދި ފުރަތަމަ ތަށްޓެވެ. އެކަމަކު، މި ސީޒަނުގައި ޓެން ހާގަށް ނަތީޖާ ނުނެރެވޭތީ މި ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.

"މިދިޔަ ސީޒަން ދިޔައީ އަހަރެމެން ހީކުރި ވަރަށް ވުރެން ވެސް ރަނގަޅަށް، އެކަމަކު، މި ޕްރޮޖެކްޓް ފަށައިގެން އައިއިރު އަހަރެމެންނަށް ވިސްނިފައި އޮތް ކަމެއް، ގެޕްތަކެއް އަންނާނެކަން. ދެން، މި ވަގުތަށް ބަލާއިރު އަހަރެމެން އެންމެނަށް އެބަ ފެނޭ، މި އޮތީ ވަރަށް އުނދަގޫ ހާލަތެއްގައިކަން،" ކުރިން އަޔަކްސް އަށް ކޯޗުކޮށްދިން ޓެން ހާގް ބުންޏެވެ.

"މި ވަގުތު މި އޮތް ހާލަތުން އަރައިގަންނަން ބޭނުންވަނީ އެއްބައިވަންތަކަން، އަހަރެމެން އެއްކޮށް ތިބެންވީ، ބައިބައިވުމަކީ ރަނގަޅުގޮތެއް ނޫން،"

ޔުނައިޓެޑްގެ މި ދަށް ފޯމުގެ ޒިންމާ އެންމެ ބޮޑަށް އަމާޒުވާ އެއް ކުޅުންތެރިއަކީ، އެ ޓީމަށް މި ފަަހަރު ސޮއިކުރި ކެމަރޫންގެ ގޯލްކީޕަރު އަންދްރޭ އޮނާނާ އެވެ. ރޭގެ މެޗުގައި ވެސް ގަލަސަތަރާއި ކޮޅަށް މެޗު އެނބުރުމުގައި އޮނާނާގެ ސަބަބުން އައި ގޯހެއް ބޮޑު ދައުރެއް އަދާކުރި އެވެ.

އެކަމަކު، މެޗަށް ފަހު ޓެން ހާގް ވަނީ އޮނާނާގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ.

"އަންދްރޭ (އޮނާނާ) ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލެއްގައި ކުޅެފައިވޭ. މިދިޔަ ސީޒަނުގައި އޭނާ ފައިނަލުގައި ވެސް ކުޅުނު. އެހެންވީމަ އެބަ އެނގޭ އޭނަ ކިބައިގައި ދުނިޔޭގެ އެންމެ މޮޅު ގޯލްކީޕަރުން ތެރޭގައި ހިމެނުމުގެ ފެންވަރު ހުރިކަން،" ޓެން ހާގް ބުންޏެވެ.

އޮނާނާ، އިންޓަ މިލާން ދޫކޮށް 60 މިލިއަން ޑޮލަރުގެ ޑީލެއްގައި ޔުނައިޓެޑަށް ބަދަލުވުމަށް ފަހު، މި ސީޒަނުގައި ދައްކަމުން އަންނަ ކުޅުމަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ. އޭގެ ތެރޭގައި ސަޕޯޓަރުންނާއި ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox