ނަޝީދުގެ މެސެޖު އަޅުގަނޑަށް ވެސް ލިބުނު، ވަކި މީހަކު ޕާޓީގައި ހުރުން މުހިންމެއް ނޫން: ރައީސް ސޯލިހު

ރައީސް ސޯލިހު ވިދަޅުވީ އެމްޑީޕީއާ ގުޅެން ބޭނުންވާ މީހުން އެކަން ކުރަންޖެހޭ ވަކި އުސޫލެއް އޮންނަ ކަމަށާއި ވަކި މީހަކު ގެނައުމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ނޫން ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު ވިދަޅުވީ އެމްޑީޕީއާ ގުޅެން ބޭނުންވާ މީހުން އެކަން ކުރަންޖެހޭ ވަކި އުސޫލެއް އޮންނަ ކަމަށާއި ވަކި މީހަކު ގެނައުމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ނޫން ކަމަށް -- ފޮޓޯ: ރައީސް އޮފީސް

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އަގުލަބިއްޔަތުން އަލުން އެމަނިކުފާނު ޕާޓީއާ ގުޅިވަޑައިގަތުމަށް އެދެފި ނަމަ އަލުން އެ ޕާޓީއަށް ސޮއި ކުރައްވާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މެސެޖެއް ކުރެއްވި ކަމަށާއި ނަމަވެސް ވަކި މީހަކު ޕާޓީގައި ހުރުމާއި ނުހުރުމަކީ މާ މުހިންމު ކަމެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު އެހެން ވިދާޅުވީ ނަޝީދު އެނބުރި އެމްޑީޕީއާ ގުޅިވަޑައިގަތުމާ ގުޅޭގޮތުން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މި ވަގުތު ނަޝީދު ހުންނެވީ އެމްޑީޕީގެ ޕްރައިމަރީއަށްފަހު އެމަނިކުފާނު އުފެއްދެވި ދަ ޑިމޮކްރެޓްސްގެ މެމްބަރެއްގެ ގޮތުގަ އެވެ.

"އަޅުގަނޑަށް ވެސް އެބައޮތް މެސެޖު ކުރައްވާފައި. ތިމަންނަ މިހުރީ [އެމްޑީޕީއާ ގުޅެން] ތައްޔާރަށޭ،" ނަޝީދު އެމްޑީޕީއާ ގުޅުމާ ގުޅޭގޮތުން ވަރަށް ގިނަ ސުވާލު އަމާޒުވަމުންދާ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވި އެވެ. "އަޅުގަނޑަށް ކޮންމެހެން މާ މުހިންމެއް ނޫން ވަކި މީހަކު ޕާޓީގައި ހުރުމާއި ނުހުރުން، ޕާޓީއަކީ އެއަށްވުރެ މާވަރުގަދަކޮށް އޮތް ޕާޓީއެއް."

Advertisement

އެމްޑީޕީގެ ތާރީހުގައި ވެސް ވަކި މީހަކު ޕާޓީން ވަކިވެގެން ގޮސްގެން ނުވަތަ އެނބުރި ޕާޓީއަށް އައިސްގެން ވީ މޮޅެއް، ފައިދާއެއް ނެތް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އެމްޑީޕީއަކީ އެއަށްވުރެ މާ ފުރިހަމަ ހަމަތަކެއްގެ މަތީގައި ހިންގަމުން އަންނަ ޕާޓީއެއްކަން ރައީސް ފާހަގަ ކުރެއްވި އެވެ.

އަޅުގަނޑު ނެތަސް ޕާޓީ ހިނގާނެ، އެކަން އޮންނާނީ އެހެން، އެބައޮތް އޭގައި އުސޫލުތަކެއް،" ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީއަށް ވަކި މީހަކު ގެނައުމަށް މަސައްކަތް ކުރުމަކީ މާ މުހިންމު ކަމެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާ ކަމަށާއި އެ ޕާޓީއާ ގުޅުމަށް ބޭނުންވާ މީހުން އެކަން ކުރާނެ އުސޫލެއް އޮންނަ ކަމަށެވެ.

"އެމްޑިޕީއަށް މީހުން ވަނުމުގައި ކަންކުރަންވާ ގޮތުގެ އުސޫލު އެބައޮތް، އެއީ ކޮންމެހެން ވަކި ގުނަނެއްގެ ވަކި ވަރެއްގެ ތާއީދު އޮވެގެން ކުރާ ކަމެއް ނޫން، އަދި ޕާޓީއަށް ވަންނަން ބޭނުންވެގެން އެދިވަޑައިގަންނަވާ ބޭފުޅެއްގެ ފޯމު ފުރުއްވާފައި ފޮނުއްވީމާ ޕާތީ އެތެރޭގައި އޮންނަ އުސޫލުތަކުގެ ތެރެއިން އެއީ އަޅުގަނޑުމެންގެ ޕާޓީއަށް ވައްދަން ފެންނަ ބޭފުޅެއް ކަމަށް އެ ގުނަނަށް ފެނިއްޖެކަމަށް ވަންޏާ، އެ އޮންނަ އުސޫލުގެ ތެރެއިން އެކަން ކުރިއަށް ދާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox