ގާސިމް ވިދާޅުވަނީ މިދަނޑިވަޅުގައި ނިޒާމީވޯޓު ނެގުން ގާނޫނުއަސާސީގެ ރޫހާ ހިލާފުކަމަށް!

ރިޔާސީ އިންތިހާބުގެ ވޯޓުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ: އަދަދު

ރިޔާސީ އިންތިހާބުގެ ވޯޓުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ: އަދަދު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ކުރެއްވުމުގެ ފުރުސަތު ގެއްލޭ ގޮތަށް، ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނަގައިގެން ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލޭގެ މޭޔަރު މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވީ ވޯޓުލީ މީހުންގެ 54 ޕަސެންޓު ވޯޓުންނެވެ. އިންތިހާބީ ރައީސް ވެރިކަމާ ހަވާލުވާން ޖެހޭނީ ނޮވެމްބަރު 17، ގަ އެވެ.

އެމްޑީޕީގެ ބައެއް މެންބަރުންނާއި ޑިމޮކްރެޓްސްގެ މެންބަރުންގެ ވޯޓުން، ރައްޔިތުންގެ މަޖިލީހުން ވަނީ ނިޒާމާ ގުޅޭ ފެންނަ ނުފެންނަ ވޯޓެއް މި މަހު 30، ގެ ކުރިން ނެގުމަށް ގަރާރެއް ފާސްކޮށްފަ އެވެ.

އެ މަޖިލީހުގައި މާމިގިލި ދާއިރާ ތަމްސީލު ކުރައްވާ މެންބަރު ގާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބު ނިމި، ބައިނަލްއަގުވާމީ މުޖުތަމައުން އޭގެ ނަތީޖާ ގަބޫލުކޮށްފައިވަނިކޮށް އިންތިހާބީ ސަރުކާރު އެކުލަވާލުމުގެ ކުރިން އެފަދަ ވޯޓެއް ނެގުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ.

"އިންތިޚާބީ ރައީސް އާއި ނާއިބު ރައީސް މަޤާމުގެ ހުވާކުރުމުގެ ކުރީން ވެރިކަން ކުރަންވީ ކޮންނިޒާމަކުން ތޯ ބެލުމަށް އަލުން ނިޒާމެއް ވޯޓެއް ނެގުމަކީ ޤާނޫން އަސާސީގެ ރޫޙާ ޚިލާފު އަދި ބައިނަލް އަޤްވާމީ މުޖުތަޢުގައި ޢަމަލު ކުރާ އުޞޫލު ތަކާއިވެސް މުޅީން ޚިލާފުކަމެކެވެ." ގާސިމް ލިޔުއްވާފައިވެ އެވެ.

ފެހި ގާނޫނު އަސާސީ އެކުލަވާލި ޚާއްސަ މަޖިލީހުގެ ގާސިމް ތުހުމަތު ކުރެއްވީ "ވެރިކަމުގެ ތަރުތީބު ގަނޑުބަނޑު" ވެގެންދާނެ ގޮތަކަށް ފެންނަ ނުފެންނަ ވޯޓެއް ނަގަން މަސައްކަތް ކުރަނީ "ބާރުވެރިކަން ދެމެހެއްޓުމުގެ ނިޔަތުގައި، ބާރު ހުރި ފަރާތްތަކުން ކަމަށެވެ.

ބެލެވޭ ގޮތުގައި އެއްވެސް ބަޔެއްގެ ނަން ނުގެނެސް ގާސިމް އިޝާރާތް ކުރެއްވީ ރިޔާސީ އިންތިހާބުން ނާކާމިޔާބުވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. ފެންނަ ނުފެންނަ ވޯޓުގެ ގަރާރު މަޖިލީހުން ފާސްކުރިއިރު، މަޖިލީހުގެ މެޖޯރިޓީ ޕާޓީއަކީ ވެސް އެމްޑީޕީ އެވެ.

"ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ވަކި ޕާޓީއަކުން ތިމާމެނަށް މަޖިލީހުގެ މެޖޯރިޓީ ލިބިފައި އޮތުމުގެ ނާޖާއިޒު ފައިދާ ނަގައި، ރައްޔިތުން ނޫނެކޭ ބުނެފައިވާ ސަރުކާރެއްގެ ވެރިޔަކާއެކު ސިޔާސީ ޑީލެއްގެ ދަށުން ނަގަން މިއުޅޭ ވޯޓަކީ ރާއްޖޭގެ ގިނަ ރައްޔިތުން ޤަބޫލު ކުރާނޭ ވޯޓެއް ނޫން،" މި ސަރުކާރުގެ ކޯލިޝަން ބައިވެރިޔެއްގެ ގޮތުގައި ފަސް އަހަރު ހުންނެވުމަށް ފަހު ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ގާސިމް ލިޔުއްވާފައިވެ އެވެ.

އަަބަދުވެސް ބަރުލަމާނީ ނިޒާމަށް ފާޑުވިދާޅުވާ ގާސިމް މިއަދު ކުރެއްވި ޓްވީޓުގައި އެ ވާހަކަތައް ވެސް ލިޔުއްވާފައިވެ އެވެ. ގާސިމް ވިދާޅުވީ އެ ނިޒާމުން ފައިދާ ވަނީ މަޖިލީހަށް އިންތިހާބުވާ މެންބަރުންނަށާއި، އެ މެންބަރުންގެ ވޯޓަކުން އިންތިހާބުވާ ބޮޑުވަޒީރަށް އެކަނި ކަމަށެވެ.

ބަރުލަމާނީ ނިޒާމުގައި ވެރިކަން ހިންގުމުގެ ބާރު އޮންނަ ބޮޑުވަޒީރަކީ، އާންމު އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ލިބޭ ޕާޓީގެ މެންބަރެކެވެ. އަދި ރަސްމީ ހައިސިއްޔަތާއެކު ޕާޓީގެ އެތެރޭގެ ޑިމޮކްރެޓިކް ހަމަތަކުން ކަނޑައަޅުއްވާފައި ހުންނަވާ ޕާޓީގެ ލީޑަރެވެ. ދައުލަތުގެ ވެރިޔަކަށް ރައީސް ހުންނަވާއިރު، ރައީސަށް ލިބިދެނީ ސިފައިންގެ ކޮމާންޑު ފަދަ މަދު ބާރެކެވެ.

ފެންނަ ނުފެންނަ ވޯޓުގެ މަސައްކަތް މަޑުޖެހިފައި ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެ ވޯޓުގެ ކަރުދާހުގައި ލިޔަންވީ ސުވާލާއި ބަރުލަމާނީ ނިޒާމުގެ އޮނިގަނޑު ސާފުނުވާ ކަމަށް ބުނެ މަޖިލީހަށް ފޮނުވާފައި އޮތުމުންނެވެ. އޭގެ ފަހުން މަޖިލީހުގެ ރައީސް އަދި ޑިމޮކްރެޓްގެ ލީޑަރު މުހައްމަދު ނަޝީދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، މަޖިލީހަށް ހުށަހަޅުއްވާނެ އޮނިގަނޑު ސާފުކޮށްދެއްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox