މުއިއްޒުގެ ދޮންމަންމައަށް ސާޖިދާ ފާޑުވިދާޅުވެއްޖެ

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމަ، ސްރީލަންކާގެ ސްކީލާން ހުސައިން އަށް، މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ދ. މީދޫގައި ބޭއްވި މުއިއްޒުގެ ކެމްޕޭނު އިވެންޓެއްގައި ސާޖިދާ ދެއްކެވި އެ ވާހަކަ ސޯޝަލް މީޑިއާގައި ދަނީ ދައުރު ވަމުންނެވެ. އެ ވީޑިއޯ ދައުރުވާން ފެށުމުން، މުއިއްޒުގެ ކެމްޕޭނު ޓީމުން، ޕީޕީއެމްގެ މީޑިއާ ވަޓްސްއަޕް ގްރޫޕަށް އެ ވީޑިއޯ ލާފައިވެ އެވެ.

ޑރ. މުއިއްޒުގެ ބައްޕަ، ޝެއިޚް ހުސައިން އަބްދުއްރަހުމާން 2015 ވަނަ އަހަރު އަވަހާރަވުމަށް ފަހު، ހުވަފަތް އަނބިކަނބަލުން ސްކީލާން ރާއްޖެ ދޫކޮށް ދާންޖެހުނު ގޮތާއި އޭނާ ބްލެކްލިސްޓްކުރި ގޮތް، ހެއްކާއި، އިންޓަވިއުއާއެކު އަދަދު ނޫހުން ރިލީޒުކުރި ތަހުގީގީ ޑޮކިއުމެންޓަރީގައި ގެނެސްދީފައިވެ އެވެ.

"މިހާރު ވަރަށް ބޮޑު ސްޓޯރީއެއް ނެރެގެން އެބަ އުޅޭ ދޮންމަންމަ ވާހަކަ ދެއްތޯ،" ސްކީލާންގެ ޑޮކިއުމެންޓަރީގައި ގެނެސްފައިވާ ވާހަކަތަކަށް ރައްދު ދެއްވަން ފެއްޓެވުމުގެ ގޮތުން ސާޖިދާ ވިދާޅުވި އެވެ.

އެއީ އާއިލީ ކަމެއް ކަމަށް ވާތީ ރައްދު ދެއްވަން މުއިއްޒު ބޭނުންފުޅު ނުވާކަން ސާޖިދާ ފާހަގަ ކުރެއްވި އެވެ.

"ނަމަވެސް މިއަދު އަޅުގަނޑަށް މަޖުބޫރު އަޅުގަނޑުގެ ފިރިމީހާގެ ދިފާއުގައި މި ވާހަކަ ދައްކަން،"

ވީޑީއޯގައި ސާޖިދާ ވިދާޅުވަނީ މުއިއްޒުގެ ބައްޕަގެ މުދާ ސްކީލާން ބޭނުންވި ގޮތަށް ބަހާފައިވާ ކަމަށެވެ. އެގޮތުން ސިލޯން ބޭންކުގައި ހުރި ފައިސާ އާއި ކެންޑީ އާއި ކޮލަމްބޯގައި ހުރި ގެސްޓު ހައުސްއަކާއި ގަނޑުވަރެއްގެ ގޮތަށް ކޮލަމްބޯގައި ހަދާފައި ހުރި ގެ ދިނީ ސްކީލާނަށް ކަމަށް އޭނާ ވިދާޅުވެ އެވެ.

ފެމިލީ ކޯޓުން އެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ލަންކާގައި ޝެއިޚު ހުސައިންގެ މުދަލެއް ހުރި ކަމަށް ބަޔާންކޮށްފައެއް ނެތެވެ. އަދި އެކަން މުއިއްޒުގެ ބަޔާނުގައި ވެސް ފާހަގަކޮށްފައެއް ނެތެވެ. މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ވަނީ މ. ދިމްޔާތާއި، މަޒްޑާ ޑެމޯ ކާރަކާއި އެސްޓީއޯގެ 200 ހިއްސާ އާއި ބޭންކުތަކުގައި ހުރި ފައިސާ ބެހުމުގެ ވާހަކަ އެވެ.

ސްކީލާން
ސްކީލާން

ސްކީލާން

އެތަކެތީގެ ތެރެއިން ބޭންކު އޮފް ސިލޯނުގައި ހުރި ފައިސާ ފިޔަވައި، އެހެން ފައިސާ އާއި ދިމްޔާތު އަދި އެހެން މުދަލެއް އެއްކޮށް ސްކީލާން ވަނީ މުއިއްޒަށް ހަދިޔާކޮށްފަ އެވެ. ސާޖިދާ ވިދާޅުވީ މުދާ ބެހީ ސްކީލާން ބޭނުންވި ގޮތަށް ކަމަށެވެ.

"އަޅުގަނޑަށް އެނގޭ ލަންކާ މީހުންނަކީ ކޮން ބައެއްކަން. އަނެއްކާ ދޮން މަންމައެއްގެ ވާހަކަ މި ދައްކަނީ،"

ސާޖިދާ އެ ވާހަކަ ފާހަގަ ކުރެއްވީ ސްކީލާން އިންޓަވިއު ދިނީ ފައިސާގައި ހިފައިގެން ކަމަށް ދެއްކުމަށެވެ.

"ދިވެހިރާއްޖޭގެ ބިމުން ވެސް އެ ބޭފުޅާ ނެންގެވީސް ދިވެހިރާއްޖޭގެ ބިމަކުން ބޭރު މީހަކަށް ވާރުތަ ކުރެވެންޏާ. އެހެން ނަމަވެސް ބަންޑާރަ ބިމަކުން ނުލިބޭތީވެ، އެހެން ނޫނަމަ އެވެސް ހިފައިގެންކަންނޭ ދާނީ."

ބްލެކްލިސްޓުކުރި ވާހަކަ

ސްކީލާންއަށް ރާއްޖެ ނާދެވުނީ ބްލެކްލިސްޓްކޮށްފައި އޮތުމުންނެވެ. އަދި ބްލެކްލިސްޓު ކުރި ކަމުގެ ތުހުމަތު އޭނާ އަޅުވަނީ ދޮންދަރި މުއިއްޒު އަށެވެ. ނަމަވެސް ސާޖިދާ ވިދާޅުވީ އޭނާއަށް ރާއްޖެއަށް އެތެރެނުވެވުނީ ވިސާ ކެންސަލްވެފައި އޮތުމުން ކަމަށެވެ.

ތަރިކައިގެ މައްސަލަ ނިމެންދެން ސްކީލާން މާލޭގައި މަޑުކޮށްގެން ހުރި ކަމަށާއި ވިސާގެ ކަންކަން އެނގިވަޑައިގަތީ ފުރަން އެއާޕޯޓަށް ދިޔަ ފަހުން ކަމަށް ސާޖިދާ ވިދާޅުވި އެވެ.

"ވަކި މުއްދަތެއްގެ ތެރޭގައި ހަގީގަތުގައި ވިސާ އޮޓޯއިން ކެންސަލް ވަނީ. އެއީ އަޅުގަނޑުމެންނަށް ވެސް ނޭނގޭ މައުލޫމާތެއް. އެންމެ ފަހުން މުއިއްޒު މެދުވެރިވެގެން އެ ރަނގަޅު ގޮތުގައި ނުކުންނަން (ފުރަން) ފުރުސަތު ލިބުނީ ވެސް ރާއްޖޭން، އިނގޭތޯ،" ސާޖިދާ ވިދާޅުވި އެވެ.

ސްކީލާން އެނބުރި އަންނަ ގޮތަށް ފުރައިގެން ދިޔައީ ޖެނުއަރީ 12، 2016 ގަ އެވެ. އެނބުރި ރާއްޖެ އައީ މާޗް 4، 2016 ގަ އެވެ. ނަމަވެސް އޭގެ ދެ ދުވަސް ކުރިން މާޗް 2، 2016 ގައި އޭނާ ބްލެކްލިސްޓްކޮށްފައި އޮތުމުން، ރާއްޖެއަށް އެތެރެ ނުވެވި އެނބުރި ދާންޖެހުނީ ސްރީ ލަންކާއަށެވެ.

ބްލެކްލިސްޓްކުރި ސަބަބު ލިޔުމުން ނުދެ އެވެ. އެހެންވެ، އެ މައްސަލަ ސާފުކުރުމަށާއި ބްލެކްލިސްޓު އުވާލައި ދިނުމަށް އެދި ސަރުކާރުގެ މުއައްސަސާތަކަށް ހުށަހެޅި އެވެ. ނަމަވެސް އެކަން އޮތީ ހައްލުނުކޮށެވެ.

އަދަދުގެ ތަހުގީގުން އެނގިފައިވާ ގޮތުގައި ސްކީލާން ރާއްޖެ އެތެރެވާން އުޅުނީ ޓޫރިސްޓު ވިސާގަ އެވެ. ނަމަވެސް ބްލެކްލިސްޓުކޮށްފައި އޮތުމުން އެތެރެ ނުވެވުނީ އެވެ.

އޭނާ ބްލެކްލިސްޓުކުރީ އިންސާނީ ވަގުފާރީގެ ތުހުމަތުގަ އެވެ. ނަމަވެސް އެއްވެސް މައްސަލައެއް ޕޮލިހުން، އަދި އިމިގްރޭޝަނުން ވެސް ބަލާފައި ނެތްކަން އަދަދު ނޫހުގެ ތަހުގީގުން ފާހަގަވި އެވެ.

ހަމައެކަނި އިމިގްރޭޝަންގެ ސިސްޓަމުން ފެންނަން އޮތީ އެ މައްސަލައާ ގުޅޭ މެމޯ ނަންބަރަކާއި މީޓިން ބޭއްވި ނަންބަރެކެވެ. މައްސަލައާ ގުޅޭ އެއްވެސް ލިޔުމެއް އުފައްދައި، ފައިލްކޮށްފައި ވެސް ނެތެވެ. ޔައުމިއްޔާ އެއްވެސް ނެތެވެ.

ބްލެކްލިސްޓްކުރި ކަމުގެ ތުހުމަތު ސްކީލާން ކުރަނީ މުއިއްޒުގެ މައްޗަށް ކުރާއިރު، އެ ވާހަކަތަކަށް މުއިއްޒު މިހާތަނަށް ރައްދެެއް ނުދެއްވަ އެވެ.

ސްކީލާން ބުނީ އޭނާ ލަންކާއަށް އޭނާ ދިޔަފަހުން މުއިއްޒު އާއި ސާޖިދާ އޭނާއާ އެއްކޮށް ގުޅުން ކަނޑާލި ކަމަށާއި، މުވާސަލާތީ ހުރިހާ ވަސީލަތަކުން ވެސް ބްލޮކް ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox