ސީޒަންގެ ކުރީކޮޅު އާސެނަލަށް އަނިޔާގެ މައްސަލަ ބޮޑުވެއްޖެ

Sep 25, 2023, 7:08 AM
ސީޒަންގެ ކުރީކޮޅު އާސެނަލަށް އަނިޔާގެ މައްސަލަ ބޮޑުވެއްޖެ

ލަންޑަން (ސެޕްޓެމްބަރު 25) - އިނގިރޭސި ޕްރިމިއާ ލީގަށް މި ފަހަރު އެންމެ ބޮޑު ހަރަދެއްކޮށްގެން ތައްޔާރުވި އެ ޓީމު ކަމަށްވާ އާސެނަލަށް ސީޒަންގެ ކުރީކޮޅު އަނިޔާގެ މައްސަލަ ބޮޑުވެއްޖެ އެވެ.

ޕްރިމިއާ ލީގުގައި މިހާތަނަށް ކޮންމެ ޓީމަކުން ހަ މެޗު ކުޅެފައިވާއިރު އާސެނަލްގެ ފުރަތަމަ އެގާރައިގެ މުހިންމު ކުޅުންތެރިންތަކަކަށް ވަނީ އަނިޔާގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފަ އެވެ.

އެ ގޮތުން ލީގުގެ ފުރަތަމަ މެޗުގައި ޔޫރިއަން ޓިމްބާ އަށް އަނިޔާވެ ގިނަ ދުވަސްތަކަކަށް ވަނީ ކުޅުމާ ދުރަށްދާން ޖެހިފަ އެވެ. އޭނާ ކަކުލުގެ ސާޖަރީއެއްވެސް ހަދާފައިވާއިރު އަނބުރާ ކުޅުމުގެ ތެރެއަށް އާދެވޭނެކަމަށް ބެލެވެނީ އަންނަ ފެބްރުއަރީ މަހުގަ އެވެ.

Advertisement

ޓިމްބާގެ އިތުރުން މުހިންމު ދެ މިޑްފިލްޑަރުން ކަމަށްވާ ތޯމަސް ޕާޓޭ އާއި ޑެކްލަން ރައިސް އަށް ވެސް އަނިޔާގެ މައްސަލަވަނީ ކުރިމަތިވެފަ އެވެ. ޕާޓޭ އަށް އަނިޔާވީ މީގެ ދެ ހަފްތާކުރިން ޓީމްގެ ފަރިތަކުރުންތަކުގެ ތެރެއިންނެވެ. އޭނާއަށް އަންނަ މަހު ކުޅުމުގެ ތެރެއަށް އާދެވޭނެކަމަށް ބެލެވެ އެވެ.

ރައިސް އަށް އަނިޔާވީ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާއާ ވާދަކުރި މެޗުގަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ރައިސްގެ ބުރަކައްޓަށް ލިބުނު އަނިޔާގެ ސަބަބުން ދެ ވަނަ ހާފަށް އޭނާ ވަނީ ބަދަލުކޮށްފަ އެވެ. ރައިސް އަށް ލިބުނު އަނިޔާގެ ތަފްސީލްތައް އެނގޭނީ މިއަދު ހެދުމަށް ހަމަޖެހިފައިވާ ސްކޭންތަކަށްފަހުގަ އެވެ.

އާސެނަލްގައި މިދިޔަ ސީޒަންގައިވެސް ރަނގަޅު ކުޅުމެއް ދެއްކި ގެބްރިއެލް މާޓިނެލީ އާއި ބެންޗުން އަރައި ގިނަ މެޗުތަކުގައި ތަފާތު ދައްކަމުން އަންނަ ލެއަންދްރޯ ޓްރޮސާޑު ވެސް ހުރި އަނިޔާގަ އެވެ. މި ދެ ކުޅުންތެރިންގެ ތެރެއިން ގެބްރިއެލް އަށް އަނިޔާވީ މިދިޔަ ހާފްތާގައި އެވަޓަން އަތުން މޮޅުވި މެޗުގަ އެވެ. އޭނާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން އެ މެޗުގެ 24 ވަނަ މިނެޓުގައި ވަނީ ބަދަލުކޮށްފަ އެވެ.

ޓްރޮސާޑަށް އަނިޔާވީ އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި 4-0 އިން އާސެނަލުން ޕީއެސްވީ ބަލިކުރި މެޗުގަ އެވެ. މި މެޗުގައި ގޯލެއް ވެސް ޖެހި ޓްރޮސާޑުގެ އަނިޔާގެ ތަފްސީލެއް އަދި ކުލަބުން ހާމައެއް ނުކުރެ އެވެ.

މިދިޔަ ސީޒަންގައިވެސް ޕްރިމިއާ ލީގުގައި ރަނގަޅު ކުޅުމެއް ދެއްކި އާސެނަލަށް ސީޒަންގެ ފަހުކޮޅު އަނިޔާގެ މައްސަލަ ބޮޑުވި އެވެ. ލީގުގެ އެއް ވަނައިގައި އޮވެ ފަހު 10 މެޗުތަކާ ކުރިމަތިލި ނަމަވެސް އަނިޔާގެ ސަބަބުން މުހިންމު ކުޅުންތެރިންތަކަކަށް ނުކުޅެވި ފަހު ވަގުތު އެ ޓީމު ޖެހުނީ ލީގުގެ ދެ ވަނައިގައި އޮވެ ސީޒަން ނިންމާލާށެވެ.

މި އަހަރުގެ އާ ސީޒަނަށް ޓީމް ތައްޔާރުކުރިއިރު ކޯޗު މިކޭލް އާޓެޓާ ވަނީ އަނިޔާގެ ސަބަބުން ކުޅުންތެރިއަކަށް ނުކުޅެވޭ ހާލަތެއް މެދުވެރިވެދާނެ ކަމަށް ބަލައި ޓީމްގެ ކޮންމެ މަގާމަކަށް ވެސް ފެންވަރު ރަނގަޅު ކުޅުންތެރިން ގެނައުމުގެ މަސައްކަތްކޮށްފަ އެވެ.

އެ ގޮތުން އާ ސީޒަނަށް އެޓީމުން ހަތަރު ކުޅުންތެރިއަކު ސޮއިކުރި އެވެ. އެއީ ކީޕަރު ޑޭވިޑް ރާޔާ، ޑިފެންޑަރު ޓިމްބާ އަދި ދެ މިޑްފިލްޑަރުން ކަމަށްވާ ރައިސް އާއި ކައި ހަވާޓްސް އެވެ.

އާސެނަލަށް ކުރިއަށް އޮތް މެޗަކީ އިނގިރޭސި ލީގު ކަޕްގައި ބްރެންޓްފޯޑާ ވާދަކުރާ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

ބޮޑު ތަފާތަކުން ލައިޕްޒިގު ބަލިކޮށް ބަޔާން އެއް ވަނަ އަށް

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގު އަތުން 6-1 އިން މޮޅުވެ، ބަޔާން މިއުނިކުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. ބަޔާނުން އެއްވަނަ ހޯދީ ޑޯޓްމަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ހެޑް ޓު ހެޑްގެ ތަފާތުން ކުރިލިބޭތީ. މި މެޗުގައި ބަޔާންގެ ލުއިސް ޑިއާޒް ހެޓްރިކެއް ހެދިއިރު، ހެރީ ކޭން އާއި ޕަވްލޮވިޗް އަދި އޮލީސޭ ވެސް ލަނޑު ޖެހި

ޗެލްސީ އާއި ލިވަޕޫލަށް މޮޅެއް، ސިޓީގައި މަރެސްކާ އަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެ އާ ރެކޯޑެއް ގާއިމްކޮށްފައި. ޗެލްސީން އެވަޓަން ބަލިކުރީ 2-0 އިންނެވެ. އަދި ލިވަޕޫލުން ވަނީ ފަހަތުން އަރައި ބްރެންޓްފޯޑްގެ މައްޗަށް 2-1 އިން ކުރިހޯދާފައި

ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ނަން ނުނަގާ ކަމަށް ބުނެފި

މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ދޮގުކޮށްފައި. ސާފް އިން ބުނިގޮތުގައި ކުރިންވެސް ނިންމާފައިވާ ގޮތަށް މި މުބާރާތުގައި ހަ ގައުމު ބައިވެރިވާނެ ކަމަށާއި، އިންޑިއާގެ ބައިވެރިވުން މުބާރާތުގައި އޮންނާނެކަން ޔަގީންކުރެވިފައިވާ ކަމަށް.

ސްޕެއިނުގެ ރަގްބީ ވޯލްޑް ކަޕް ބިޑްގައި ރެއާލާއި ބާސެލޯނާގެ ދަނޑު

2035 ވަނަ އަހަރުގެ ރަގްބީ ވޯލްޑް ކަޕް ބޭއްވުމަށް ސްޕެއިނުން ހުށަހެޅި ބިޑްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ދަނޑުތައް ހިމަނާފައިވާއިރު، ބިޑް ކާމިޔާބުވެއްޖެނަމަ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ނޯ ކޭމްޕްގައެވެ. މި މުބާރާތް ބޭއްވުމަށް އާޖެންޓީނާ އާއި ޖަޕާނުން ވެސް ވާދަކުރާއިރު، ސްޕެއިނުން އަމާޒު ހިފާފައިވަނީ 2030 ގެ ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ ބޭނުންކޮށްގެން އެންމެ ފުރިހަމަ ރަގްބީ މުބާރާތް ބޭއްވުމަށެވެ.

ގައުމީ ޓީމަށް ނަގާ ކުޅުންތެރިންނާ މެދު ލައްޗޭގެ ވިސްނުން

ގައުމީ ޓީމަށް ނަގާ ކުޅުންތެރިން ޓީމާ ގުޅުމަކީ ކްލަބުން ހުރަސްއަޅާ ކަމެއް ނޫން ކަމަށާއި، ބައެއް ކުޅުންތެރިން ސްކޮޑުން ވަކިވަނީ އާއިލީ ސަބަބުތަކާ ހުރެ ކަމަށް ލައްޗޭ ބުނެފައިވޭ. އަދި ކުޅުންތެރިންނަށް ޓީމާ ދުރަށް ދެވެނީ ގައުމީ ކޯޗުގެ ފަރާތުން އެ ފުރުސަތު ލިބޭތީ ކަމަށް ވެސް އޭނާ ފާހަގަކުރި

އަޖުފާން ގައުމީ ސްކޮޑަށް، މެޖޯރިޓީ ރިވައިވަލް ސްޕޯޓްސް އަށް

ގައުމީ ބެޑްމިންޓަން ޓީމު ހޮވުމަށް ބޭއްވި ސިލެކްޝަނުން، 9 ފަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަން، އަޖުފާން ރަޝީދު ހިމެނޭހެން 12 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވާލާފައި. މި ސްކޮޑުގެ މެޖޯރިޓީ ނުވަތަ ހަތް ޖާގައެއް ރިވައިވަލް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހޯދާފައިވާއިރު، މީގެ ތެރޭގައި ރޭންކިންގެ އެއް ވަނަ އަދި ދެ ވަނަ ކުޅުންތެރިންވެސް ހިމެނޭ

Newsletter

Get the latest news delivered straight to your inbox