ޓްރީ ޓޮޕް ހޮސްޕިޓަލުން ކެންސަރު ސްކްރީނިން ކްލިނިކެއް ހުޅުވައިފި އެވެ.
އެ ހޮސްޕިޓަލުން ބުނީ އިއްޔެ ހުޅުވި މި ކްލިނިކުގެ ބޭނުމަކީ ކެންސަރާ ގުޅުންހުރި މައްސަލަތަކާއި، ކަންބޮޑުވުންތައް އެންމެ އެކަށޭނެގޮތުގައި ދެނެގަނެ ބަލިމީހުންނަށް ފަރުވާ ދިނުން ކަމަށެވެ.
އެގޮތުން މި ކްލިނިކުން ތަޖުރިބާކާރުން ހިމެނޭ ޓީމަކާއި ގުޅިގެން ބަލިމީހުންނަށް ކެންސަރު ބަލީގެ އެކި އެކި ބާވަތްތަކުން ރައްކާތެރިވުމަށާއި، ކެންސަރު ބަލީގެ އަލާމާތްތައް ދެނެގަންނާނެ ގޮތް ކިޔައިދޭނެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.
ޓްރީޓޮޕްގެ ހިދުމަތްތަކާއި ގުޅޭ އިތުރު މައުލޫމާތު 3351610 އަށް ގުޅުއްވައިގެން އަދި ހޮސްޕިޓަލަށް މެއިލްކުރުމުން ލިބޭނެ އެވެ.









