ސުންގަޑި ހަމަވެ، ޑިމޮކްރެޓްސްއިން އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރަން ނިންމައިފި

ޑިމޮކްރެޓްސްއިން ބޭއްވި ކެމްޕެއިން ޖަލްސާއެއް ތެރެއިން؛ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް ނިންމައިފި - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ޑިމޮކްރެޓްސްއިން ބޭއްވި ކެމްޕެއިން ޖަލްސާއެއް ތެރެއިން؛ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް ނިންމައިފި - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ޑިމޮކްރެޓްސްގެ ހުށަހެޅުންތަކަށް އެއްބަސްވާން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާ އެމްޑީޕީ އާއި ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ދިން ސުންގަޑި ހަމަވެ، އެއިން އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރުމަށް ޑިމޮކްރެޓްސްއިން ނިންމައިފި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު ލިބި "ކިންގް މޭކާ" ގެ ހައިސިއްޔަތުގައި މި ވަގުތު އޮތް ޑިމޮކްރެޓްސްއިން އެމްޑީޕީއަށް ޝަރުތު ކުރި ކަމަކީ އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ޝަރުތު ކުރި ކަމަކީ ސަރުކާރުގެ ހިއްސާ ދިނުމާއި ޑިމޮކްރެޓްސްގެ މައި ބައެއް ސިޔާސަތުތައް ސަރުކާރު ހިންގުމުގައި ހިމެނުމެވެ. އަދި އެ ކަންކަން ލިޔުމަކަށް ތިރިކޮށް، އެ އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކުރުމަށް ވެސް ޝަރުތުކޮށްފައިވެ އެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވި 59 މެންބަރުންގެ ވޯޓުން ފާސްކުރީ ދެ ކެންޑިޑޭޓުންނަށް ހުށަހެޅި ޝަރުތުތަކަށް އެއްބަސްވާން ދެ ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އެއްބަސްނުވާ ނަމަ އެއިން ބަޔަކަށް ތާއީދު ނުކުރުމަށެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބު "އަދަދު" ނޫހަށް ވިދާޅުވީ އެ ޕާޓީގެ ސްޓޭންޑަކަށް ބަދަލެއް ނާންނަ ކަމަށާއި ހުށަހެޅި ޝަރުތުތަކަށް އެއްވެސް ޕާޓީއަކުން އެއްބަސްނުވުމުން ދެން އެ ޕާޓީން ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އިންޓެރިމް ކައުންސިލްގެ ނިންމުމެއް އެބަވޭ، އެ ނިންމުމުން ސާފު ދޯ، ދެން އަޅުގަނޑުމެން ވަކި ކޮޅަކަށް ނާރާނެ ކަން، އަޅުގަނޑުމެން ވަރަށް އަވަހަށް ރަސްމީ ބަޔާނެއް ވެސް ނެރޭނެ،" އިލްޔާސް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރާނެ ކަން ޑިމޮކްރެޓްސްއިން މިހާރު އެމްޑީޕިއާއި ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ވެސް ވަނީ އަންގައިފަ އެވެ.

ވަކި ކެންޑިޑޭޓަކަށް ތާއީދުނުކުރުމަށް ޑިމޮކްރެޓްސްއިން ނިންމާފައިވާއިރު، އިލްޔާސް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލާ ގަރާރު ވަނީ ފާސްކޮށްފަ އެވެ. އެ ގަރާރު ފާސްކުރީ ވެސް އެމްޑީޕީގެ ބައެއް މެންބަރުންގެ ވޯޓާ އެކުގަ އެވެ.

ޑިމޮކްރެޓްސްއަކީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ލިބުނު ނާކާމިޔާބީއަށް ފަހު އެމްޑީޕީގައި ތިބެގެން ސަރުކާރާ ދެކޮޅަށް ނަޝީދުގެ ވަފާތެރިން މަސައްކަތް ކުރަން ފެށުމުން އެމްޑީޕީން ވަކިކުރަން އުޅެން ފެށެމުން އެމްޑީޕީން ވަކިވެ އުފެއްދި ޕާޓީއެކެވެ.

އެހާތަނަށް އެމްޑީޕީގެ ރައީސްގެ ގޮތުގައި ހުންނެވި ނަޝީދާއި ރައީސް ސޯލިހާ ދެމެދު އޭގެ ފަހުން އޮތީ ވަރަށް ބޮޑަށް ގުޅުން ގޯސްވެފަ އެވެ.

ނަޝީދާއި ރައީސް ސޯލިހާއި ދެމެދު ހިޔާލު ތަފާތުވި އެއް ކަމަކީ ވެސް ވެރިކަމުގެ ނިޒާމުގެ މައްސަލަ އެވެ. މީގެ ކުރިން 2007 ގައި ނެގި ފެންނަ ނުފެންނަ ވޯޓުގައި ވެސް ނަޝީދާއި އެމަނިކުފާނު އޭރު ލީޑުކުރެއްވި އެމްޑީޕީން ތާއީދުކުރީ ބަރުލަމާނީ ނިޒާމަކަށެވެ. ނަމަވެސް ރައީސް ސޯލިހު ވެރިކަމާ ހަވާލުވި ފަހުން އެމަނިކުފާނާއި އެމަނިކުފާނުގެ ވަފާތެރިން ބޭނުންވީ ރިޔާސީ ނިޒާމު މި ގޮތުގައި ބޭއްވުމަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު ލިބިފައި ނެތް އިރު އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށެވެ. މުއިއްޒަށް 101،635 ވޯޓު ލިބިވަޑައިގަތެވެ. އެއީ ވޯޓުލީ މީހުންގެ 46 ޕަސެންޓެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39 ޕަސެންޓެވެ.

ފުރަތަމަ ބުރު ތިންވަނައަށް އެންމެ ގިނަ ވޯޓު ލިބުނު ޕާޓީއަކީ ޑިމޮކްރެޓްސް އެވެ. ރިޔާސީ ކެންޑިޑޭޓު އިލްޔާސަށް 15,839 ވޯޓު ލިބިވަޑައިގަތެވެ. ދެވަނަ ބުރު ކާމިޔާބު ކުރުމުގައި ޑިމޮކްރެޓްސްގެ ތާއީދު މުހިންމުވީ މިހެންވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox