ސީކް މީހެއްގެ މަރާ އެކު އިންޑިއާ އާއި ކެނެޑާގެ ބޮޑު ކޯޅުމެއް

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އަދި ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ. -- ފޮޓޯ: އޭއެފްޕީ

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އަދި ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ. -- ފޮޓޯ: އޭއެފްޕީ

ކެނެޑާގައި އުޅުނު ސީކް ދީނުގެ މީހަކު މަރާލުމުގައި އިންޑިއާ ސަރުކާރުގެ ބައިވެރިވުމެއް އޮވެދާނެ ކަމަށް ކެނެޑާއިން ކުރި ތުހުމަތު "ސީރިއަސްކޮށް ނެގުމަށް" ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ އިންޑިއާއަށް އިންޒާރު ދެއްވައިފި އެވެ.

ކެނެޑާއިން އެ ތުހުމަތު ކުރުމަށް ފަހު އެ ގައުމުގައި ޑިޕްލޮމެޓެއްގެ ގޮތުގައި ހުރި އިންޑިއާގެ ޖާސޫސީ އޮފިޝަލަކު ގައުމަށް ފޮނުވާލި އެވެ. ރައްދުގައި އިންޑިއާއިން ވަނީ ނިއު ދިއްލީގައި ހުރި ކެނެޑާގެ އިސް ޑިޕްލޮމެޓަކު ގައުމަށް ފޮނުވާލައިފަ އެވެ.

"އިންޑިއާއިން މިކަން ސީރިއަސްކޮށް ނަގަން ޖެހޭ. އަޅުގަނޑުމެން ވެސް މި މައްސަލަ މި ނަގަނީ ވަރަށް ސީރިއަސްކޮށް. މި ވާހަކަ މި ދައްކަނީ މައްސަލަ ގޯސްކުރަން ނުވަތަ ރުޅިއަރުވާކަށް ނޫން،" ޓްރޫޑޯ ނޫސްވެރިންނަށް ވިދާޅުވި އެވެ.

Advertisement

ކެނެޑާގެ ރައްޔިތެއް ކަމުގައިވާ ހަރްދީޕް ސިންގް ނިއްޖާރް މަރާލީ ޖޫން 18 ވަނަ ދުވަހު ވެންކޫވާގައި ސީކް ދީނުގެ ސަގާފީ ސެންޓަރެއްގެ ކުރިމަތީގަ އެވެ.

ކެނެޑާއިން ހޯމަ ދުވަހު ބުނީ އިންޑިއާ ސަރުކާރާ ގުޅުން ހުރި އޭޖެންޓުންނާ އޭނާގެ މަރާ ގުޅުން އޮތް ކަމަށް ބެލެވޭ "ސައްހަ ތުހުމަތުތަކެއް" ކުރެވޭ ކަމަށެވެ.

އިންޑިއާ ސަރުކާރުން ބުނީ ކެނެޑާއިން ކުރާ ތުހުމަތުތައް "އެއްގޮތަކަށް ވެސް ބަލައިނުގަންނަ" ކަމަށް ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެފައިވާ ކަމަށެވެ.

"ކެނެޑާގައި ހިންގި އަނިޔާވެރި އެއްވެސް އަމަލެއްގައި އިންޑިއާ ސަރުކާރުގެ ބައިވެރިވުމެއް އޮތް ކަމަށް ކުރާ ތުހުމަތަކީ އެއްވެސް ހަގީގަތެއް ނޫން،" އިންޑިއާގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

އެހެން ނަމަވެސް، މި މައްސަލައިގައި އެމެރިކާއިން ވަނީ ކެނެޑާގެ ވާހަކައަށް ތާއީދުކޮށް، ހަރްދީޕް ސިންގްގެ މަރާ ގުޅޭ ގޮތުން އިންޑިއާއަށް އެނގޭ ހުރިހާ އެއްޗެއް ހާމަކުރުމަށް ގޮވާލައިފަ އެވެ.

"ބޮޑު ވަޒީރު ޓްރޫޑޯ އިޝާރާތް ކުރެއްވި ތުހުމަތުތަކާ ގުޅިގެން އަޅުގަނޑުމެން ނުހަނު ކަންބޮޑުވޭ،" އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު އެޑްރިއެން ވޮޓްސަންގެ ބަޔާނެއްގައި ވިދާޅުވި އެވެ.

"ކެނެޑާގެ ބައިވެރިންނާ އެކު އަޅުގަނޑުމެން މި ދަނީ ހުއްޓުމެއް ނެތި މުއާމަލާތް ކުރަމުން. ކެނެޑާގެ ތަހުގީގު ކުރިއަށް ގޮސް، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުން މުހިއްމު."

ހަރްދީޕް ސިންގްއަކީ ސީކް ދީނުގެ މީހުންގެ ވަކި ދައުލަތެއްގެ ގޮތުގައި އިންޑިއާގެ އުތުރުގައި ހަލިސްތާން ގާއިމްކުރަން ވަކާލާތު ކުރަމުން ދިޔަ އެކްޓިވިސްޓެކެވެ. އިންޑިއާގެ ފުލުހުން ވަނީ އޭނާގެ މައްޗަށް ޓެރަރިޒަމާއި މީހުން މަރަން ރޭވުމުގެ ތުހުމަތުކޮށްފަ އެވެ.

އެކަމަކު އޭނާ އެ ތުހުމަތުތައް ދޮގުކުރި އެވެ. އިންޑިއާ ސަރުކާރުން ބުނީ ކެނެޑާގައި ސީކް ދީނުގެ ހަރުކަށި މީހުން ހިންގާ އަމަލުތަކަށް ކެނެޑާގެ އިދާރާތަކުން އަޅާ ނުލާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox