ފަަހަތުން އަރައި ސޮސިއެޑާޑް ބަލިކޮށް ރެއާލް އަލުން އެއް ވަނަ އަށް

Sep 18, 2023, 4:31 AM
ފަަހަތުން އަރައި ސޮސިއެޑާޑް ބަލިކޮށް ރެއާލް އަލުން އެއް ވަނަ އަށް

މެޑްރިޑް (ސެޕްޓެމްބަރު 18) - ސްޕެނިޝް ލީގުގައި ރޭ ފަހަތުން އަރައި، ރެއާލް ސޮސިއެޑާޑް އަތުން 2-1 އިން މޮޅުވެ، ރެއާލް މެޑްރިޑުން އަލުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ލީގުގައި ހޮނިހިރު ދުވަހުގެރޭ ބާސެލޯނާ އިން ކުޅުނު މެޗުން ހޯދި މޮޅާ އެކު، އެ ޓީމު އެއް ވަނަ އަށް އެރި އެވެ. އެކަމަކު، ރޭ ރެއާލުން ވަނީ އަލުން އެއް ވަނަ އަށް ޖެހިލައިފަ އެވެ. ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ސީޒަން ފަށައިގެން ކުރިއަށްދަމުން އަންނަ ރެއާލް ވަނީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެ، 15 ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނައިގައި އޮތް ބާސެލޯނާ އަށް ފަސް މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ.

ރެއާލް ދަނޑުގައި ރޭގެ މެޗުގެ ފަސް ވަަނަ މިނިޓްގައި ސޮސިއެޑާޑުން ލީޑުނެގީ އެންޑާ ބަރެންޓެސްކާ ޖެހި ގޯލުންނެވެ. މިއީ އޭރިއާތެރެއިން ލިބުނު ރީބައުންސް ފުރުސަތެއްގައި ބަރެންޓެސްކާ ޖެހި ގޯލެކެވެ. ސޮސިއެޑާޑްގެ ޓަކެފޫސާ ކޫބޯ އެ ޓީމަށް ދެ ވަނަ ގޯލެއް ޖެހި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމީ އެ ގޯލު ބަަލައިނުގަންނާށެވެ. އެއީ އޮފްސައިޑްގައި ހުރި ކުޅުންތެރިއަކު ރެއާލްގެ ކީޕަރު ކެޕާ އަރިއްޒަބަލާގާ އަށް ހުރަސް އަޅާފައިވާތީ އެވެ.

މެޗުގެ ނަތީޖާ އަނބުރާލުމަށް ރެއާލުން ދެ ގޯލު ޖެެހީ ދެ ވަނަ ހާފުގެ ކުރީކޮޅުގަ އެވެ. އެ ގޮތުން ދެ ވަނަ ހާފުގެ ކުޅުން ފެށިގެން މިނިޓެއް ވެސް ނުވަނިސް ރެއާލަށް ނަތީޖާ ހަމަހަމަކޮށްދިން ގޯލު ޖެހީ ފެޑޭ ވަލްވޭޑޭ އެވެ. ފްރަން ގާސިއާ ދިން ބޯޅައެއް ފެޑޭ ވަލްވޭޑޭ ވަނީ ދަނޑީގައި ޖައްސާފައި ގޯލަށް އަމާޒުކޮށްލައިފަ އެވެ. ރެއާލް މޮޅުކޮށްދިން ގޯލު ޖެހީ ފްރަން ގާސިއާ ނެގި ހުރަހަކުން ހޮސޭލޫ ބޮލުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox