ހަރުކަށި ފިކުރުގެ މައްސަލަ ހައްލުކުރެވޭނީ ޕީޕީއެމް/ޕީއެންސީގެ ސަރުކާރަކަށް: ޝަހީމް

ޑރ. ޝަހީމް ހަންޏާމީދޫގައި ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ ހިމަންދޫ ހަރުކަށިފިކުރުގެ ބަޔަކު ނިކުމެ ހިންގި ހަމަނުޖެހުން ހައްލުކުރީ ޕީޕީއެމްގެ ވެރިކަމަކުން ކަމަށާއި، އަދިވެސް އެފަދަ މައްސަލަތައް ހައްލުކުރެވޭނީ ޕީޕީއެމް/ޕީއެންސީގެ ވެރިކަމަކަށް ކަމަށް -- ފޮޓޯ: އިޔާން/އަދަދު

ޑރ. ޝަހީމް ހަންޏާމީދޫގައި ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ ހިމަންދޫ ހަރުކަށިފިކުރުގެ ބަޔަކު ނިކުމެ ހިންގި ހަމަނުޖެހުން ހައްލުކުރީ ޕީޕީއެމްގެ ވެރިކަމަކުން ކަމަށާއި، އަދިވެސް އެފަދަ މައްސަލަތައް ހައްލުކުރެވޭނީ ޕީޕީއެމް/ޕީއެންސީގެ ވެރިކަމަކަށް ކަމަށް -- ފޮޓޯ: އިޔާން/އަދަދު

ދީނީ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ކުރިން އުފެދުނު ހަމަނުޖެހުންތައް ހައްލުކުރީ މުއިއްޒު ހިމެނޭ ރައީސް ޔާމީނުގެ ސަރުގާއި ކަމަށާއި، އެކަންކަން އަދިވެސް ހައްލުވާނީ ޕީޕީއެމް/ޕީއެންސީގެ ސަރުކާރަކަށް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީނުގެ ސަރުކާރުގައި ދީނީ ގޮތުން ހިޔާލުތަފާތުވުމާއި ހަރުކަށި ފިކުރުގެ ހަރަކާތްތައް މުޅި ރާއްޖޭގައި ފެތުރިފައި އޮތް މިންވަރު ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވީ، ރައީސް ޔާމީނުގެ ވެރިކަން ނިމުމަކަށް އައި އިރު ހަރުކަށި ފިކުރާއި ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރުމުގެ މައްސަލަ އޮތީ ވަރަށް ބޮޑަށް ހައްލުވެފައި ކަމަށެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އަކީ ހަރުކަށި ފިކުރަށް ތާއީދުކުރާ އެ ފިކުރުގެ ބޭފުޅެއް ކަމަށް ދައްކާ ވާހަކަތަކަށް ވެސް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ރައްދު ދެއްވާފަ އެވެ.

އަރިއަތޮޅު އުތުރުބުރީގެ ރަށްރަށަށް ކުރައްވާ ކެމްޕޭން ދަތުރުގެ ތެރެއިން އެއަތޮޅު ހަންޏާމީދޫގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ، އެންޓި ކެމްޕޭނުގެ ގޮތުގައި މުއިއްޒަކީ ހަރުކަށިފިކުރަށް ތާއީދުކުރާ ބޭފުޅެއް ކަމަށް ބަޔަކު ވާހަކަ ފަތުރާކަމަށެވެ.

"ދީނީ ހަމަނުޖެހުންތަކާ ތަފާތު ހިޔާލުތަކުގެ ސަބުން އެރަށުގައި [ހިމަންދޫގައި] އުފެދުނު ނުރައްކާތެރި ކަންތައްތައް ވިސްނާލައްވާ. އެކަންތައްތައް ހައްލުކުރީ ކޮންބައެއްތޯ. އާދެ އެކަންތައްތައް ހައްލުކުރީ ރައީސް ޔާމީނުގެ ސަރުކާރުން. އެކަންތައްތައް ހައްލުކުރުމުގައި އިސްކޮށް އުޅުނު ފަރާތްތައް މިއަދު ޑރ. މުއިއްޒުގެ އަރިހުގައި މިތިބީ" ޝަހީމް ވިދާޅުވި އެވެ.

"އަސްކަރީ ބާރުވެރިކަމެއް ނެތި އިލްމުގެ ޒަރިއްޔާއިން އެކަންތައްތައް ހައްލުކުރީ. އެކަންތައްތައް ހައްލުކުރި މީހުން މިއަދު ޑރ. މުއިއްޒުގެ އަރިހުގައި މިތިބީ. އެއީ އަޅުގަނޑުމެން އެކަންތައްތައް ހައްލުކުރީ" ޝަހީމް ވިދާޅުވި އެވެ.

އއ. ހިމަންދޫގައި ވަކި ޖަމާއަތް ހަދައިގެން ބަޔަކު ނަމާދުކުރާ މައްސަލަ ހޫނުވެ، އެކަން ހައްލުކުރުމަށް ދިޔަ ފުލުހުންނާ ކުރިމަތިލައި ދިވެހި ތާރީހުގައި ނުދެކޭފަދަ ބޮޑު ހަމަނުޖެހުމަކަށް އެކަން ބަދަލުވެގެން ދިޔައީ 2007 ވަނަ އަހަރުގަ އެވެ.

އެ މީހުން، ސަލާމަތީ ހިދުމަތްތަކާ ކުރިމަތިލީ ކޮޅު ތޫނުކޮށްފައި ހުރި ލަކުޑިބުރި އާއި ދަނޑިބުރި އާއި ކަނޑި ހިފައިގެން ބޮލުގައި ހެލްމެޓް އަޅައި މޫނު ނިވާކޮށްގެންނެވެ. ޖުމްލަ 53 މީހަކު ނިކުމެ ހިންގި އެ ހަމަނުޖެހުމާއި ގުޅިގެން 37 މީހެއްގެ މައްޗަށް ދައުވާ އުފުލި އެވެ. އެ މައްސަލާގައި ބަޔަކު ހައްޔަރުކޮށް ދިގު މުއްދަތަށް ޖަލަށް ވެސް ލިއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox