ޕީޕީއެމުން ފާރިސްއާއެކުވެސް ކޯލިޝަން ހެދުމަށް މަޝްވަރާކޮށްފި

ޕީޕީއެމްގެ ލީޑަޝިޕާއި ފާރިޝްގެ ޓީމުން ކޯލިޝަން މަޝްވަރާތައް ކުރިއަށް ގެންދަނީ - ފޮޓޯ: ޕީޕީއެމް

ޕީޕީއެމްގެ ލީޑަޝިޕާއި ފާރިޝްގެ ޓީމުން ކޯލިޝަން މަޝްވަރާތައް ކުރިއަށް ގެންދަނީ - ފޮޓޯ: ޕީޕީއެމް

މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރުމަށް އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓު ފާރިސް މައުމޫނުގެ ޓީމާ އެކު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު މަޝްވަރާކޮށްފި އެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު މީޑިއާތަކަށް ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުން މިއަދުގެ ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަނުގެ ފަރާތުން ބައިވެރިވެފައިވަނީ ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި އެ ޕާޓީގެ ނައިބު ރައީސް އަހްމަދު ޝިޔާމް (ނައިފަރު ޝިޔާމް) އާއި މާވަށު ދާއިރާގެ މެމްބަރު އަހްމަދު ސައީދާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގު އެވެ.

ފާރިސްގެ ޓީމުގައި އޭނާގެ އިންތިހާބީ އެޖެންޓު އިސްމާއީލް ޒަބީހާއި މީގެ ކުރިން ސަރުކާރުގެ އެކި އިސް މަގާމުތައް ފުރުއްވާފައިވާ މިނިސްޓަރު އަނީސާ އަހުމަދުގެ އިތުރުން މިހާރު އުވާލުމަށް ނިންމާފައިވާ އެމްއާރުއެމް ޕާޓީގެ ލީޑަޝިޕުގެ އިސް މެންބަރުންވެސް ހިމެނެ އެވެ.

މިއަދު ބައްދަލުވުމުގެ އިތުރު ތަފުސީލެއް ޕީޕީއެމުން އަދި ފާރިސް މައުމޫންގެ ފަރާތުންވެސް ހިއްސާކޮށްފައެއް ނުވެ އެވެ.

ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރިއަށްދާއިރު، ޕީޕީއެމުން އިއްޔެ ވަނީ މޯލްޑިވްސް ނޭޝަނަލް ޕާޓީއާއެކު ކޯލިޝަން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އިންތިހާބުގައި ތިންވަނަ އަށް ދިޔަ ޑިމޮކްރެޓްސްއިން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ދަ ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލުުން އިއްޔެ ބޭއްވި ބައްދަލުވުމުގައި ކޮމިޓީއެއް އެކުލަވައިލީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ވަޑައިގެންނެވި ދެ ކެންޑިޑޭޓުންގެ ތެރެއިން ކެންޑިޑޭޓަކަށް ތާއީދުކުރަން ނުވަތަ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމުމުގެ ކުރިން ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރުމަށެވެ. ޕާޓީތަކާ މަޝްވަރާކުރަން ޑިމޮކްރެޓުން ނެގީ އަށް މެމްބަރުންގެ ކޮމިޓީ އެކެވެ.

ފުރަތަމަ ބުރުގައި ފަސްވަނައަށް ދިޔަ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއެކު ޕީޕީއެމްގެ ލީޑަޝިޕުން ރޭ ބައްދަލުކޮށްފައިވާއިރު މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގާސިމާ ބައްދަލުކުރައްވާނެ އެވެ. ކޯލިޝަނާމެދު ގޮތެއް ނިންމުމަށް މިއަދު އެ ޕާޓީން ބާއްވަން އުޅުނު ކައުންސިލް ބައްދަލުވުން މިހާރު ވަނީ ފަސްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox