ޓްރީޓޮޕް ހޮސްޕިޓަލުން ތުއްތު ކުދިންގެ ސިއްހަތު ތަރުބިއްޔަތު ކުރުމާ ގުޅޭ ގޮތުން ކުރިއަށްގެންދަން ނިންމައިފައިވާ ނާޗާ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ޕްރޮގްރާމު ކުރިއަށްދާނީ ސެޕްޓެމްބަރު 23، ގެ ހެނދުނު 11:00 އިން ފެށިގެން އެ ދުވަހުގެ މެންދުރު 1:00 ގެ ނިޔަލަށެވެ.
ޓްރީޓޮޕުން ބުނީ މިފަދަ ޕްރޮގްރާމެއް ކުރިއަށްގެންދިޔުމުގެ މަގުސަދަކީ ތުއްތު ކުދިންނަށް ގާތުން ކިރުދިނުމާއި، ވިހެއުމާއި، އަލަށް އުފަންވާ ކުދިންނާއި މައިންނަށް ހަމުގެ ފަރުވާއާއި، ވިހެއުމުގެ ކުރިން ކަސްރަތުކުރުމާއި، ރިހުން މެނޭޖްކުރުމާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ.
މި ސެޝަންތައް ކުރިއަށްގެންދާނީ އެ ހޮސްޕިޓަލްގެ އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ، ނިއޯނެޓޮލޮޖީ، ޑާމަޓޮލޮޖީ، ފިޒިއޮތެރަޕީ، އަދި ނާސިންގެ މެޑިކަލް އެކްސްޕާޓުން ކަމަށް ޓްރީ ޓޮޕުން މައުލޫމާތު ދެ އެވެ.
ނާޗާ ޕްރޮގްރާމުގައި ކޮންމެ މަހަކު 30 މީހުންނަށް ބައިވެރިވެވޭނެ އެވެ. އަދި އެ މަހަކަށް ކަނޑައަޅާފައިވާ ޖާގައަށް ވުރެ އިތުރަށް ރަޖިސްޓްރީކޮށްފައިވާނަމަ، ހޮސްޕިޓަލުގެ ޓީމުން އެ ފަރާތްތަކަށް ގުޅައިގެން ކުރިއަށް އޮތް މަހަށް ޖާގައެއް ހަމަޖައްސައިދޭނެކަމުގައި ޓްރީޓޮޕުން ބުނެ އެވެ.
ނާޗާ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ޓްރީ ޓޮޕް ހޮސްޕިޓަލްގެ ކޮންޓެކްޓް ސެންޓަރު، 3351610 އަށް ގުޅައިގެން ނުވަތަ، މި ފޯމް ފުރައިފގެން ޕްރޮގްރާމަށް ރަޖިސްޓްރީ ކުރެވޭނެ އެވެ.










