އައިފޯން 15 ގައި ޓައިޓޭނިއަމް އަދި ޔޫއެސްބީ-ސީ

އައިފޯން 15 ގައި ޓައިޓޭނިއަމް އަދި ޔޫއެސްބީ-ސީ

އެޕަލްގެ އާ ފޯނު, އައިފޯން 15 އާ އެކު އެތައް އާ ޕްރޮޑަކްޓްތަކެއް އެޕަލް އިވެންޓްގައި ދައްކާލައިފި އެވެ.

އެޕަލްގެ އެންމެ ބޮޑު އިވެންޓް ރޭގައި ބާއްވާފައިވާ އިރު، މި އިވެންޓްގައި އެންމެ ފަހުގެ އައިފޯންގެ އިތުރުން އެހެން ޕްރޮޑަކްޓްތައް އަދި ކުރިއަށް ހުރި ކަންކަމާއި ގުޅޭ ގިނަ އަޕްޑޭޓްތަކެއް ވަނީ ހާމަކޮށްފަ އެވެ.

އެގޮތުން އައިފޯން 15 ގެ ހަތަރު މޮޑެލްއަކާއި އެޕަލް ވޮޗް ސީރީޒް 9 ގެ އިތުރުން ޑިޖިޓަލް ބައެއް އެސެޓްތަކާއި ގުޅޭ އާ މައުލޫމާތުތައް ވެސް ވަނީ ހިއްސާކޮށްފަ އެވެ.

އައިފޯން

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުން ދިޔައީ، އެޕަލްގެ އެންމެ މަގުބޫލު ޕްރޮޑަކްޓް ކަމަށްވާ އައިފޯންގެ އާ ސީރީޒް އަށެވެ. އައިފޯން 15 ގައި އެންމެ ބޮޑު ބަދަލަކަށް އައިސްފައިވަނީ ޒަމާނުއްސުރެ އެޕަލް އިން ބޭނުންކުރަމުން އައި ލައިޓްނިން ކޭބަލްގެ ބަދަލުގައި ޔޫއެސްބީ-ސީގެ ޕޯޓުތައް އައުމުވެ.

އައިފޯން 14 ގައި ތައާރަފު ކުރެވުނު ޑައިނަމިކް އައިލެންޑް އައިފޯން 15 ގައި ވެސް ހިމެނުމުގެ އިތުރުން ބައެއް ފީޗާތައް ވަނީ އިތުރުކޮށްފަ އެވެ. މިއަހަރުގެ ސީރީޒްގައި ހަތަރު މޮޑެލްއެއް ހިމެނެ އެވެ. އެއީ އައިފޯން 15، އައިފޯން 15 ޕްލަސް، އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯމެކްސް އެވެ.

އައިފޯން 15 އަދި އައިފޯން 15 ޕްލަސް

އައިފޯން 15 އަދި އައިފޯން ޕްލަސްގައި ރެޓީނާ އެކްސްޑީއާރު ޑިސްޕްލޭއަކާއި ވަރުގަދަ އޭ16 ބަޔޮނިކް ޗިޕް ހިމެނެ އެވެ. އައިފޯން 15 ގައި 6.1 އިންޗީގެ ޑިސްޕްލޭއަކާއި 20 ގަޑިއިރުގެ ވީޑިއޯ ޕްލޭބެކް ހިމެނޭއިރު، އައިފޯން 15 ޕްލަސްގައި ހިމެނެނީ 6.7 އިންޗީގެ ޑިސްޕްލޭއަކާއި 26 ގަޑިއިރުގެ ވީޑިއޯ ޕްލޭބެކެވެ. މީގެ އިތުރުން އަލިގަދަ ކުލަތަކާއި، ޒަމާނީ ކެމެރާ ސިސްޓަމްތަކާއި، ކަނެކްޓިވިޓީ އިތުރުކޮށްފައިވެއެވެ. މި މޮޑެލްގެ ފާހަގަކޮށްލެވޭ ބައެއް ކަންތައްތަކަކީ:

  • 48 މެގަޕިކްސެލްގެ ކެމެރާ، އޮޓޯ ޕޯޓްރެއިޓް މޯޑް، އަދި ފޯކޭ ވީޑިއޯ ރެކޯޑިން
  • 4x އޮޕްޓިކަލް ޒޫމް
  • ލޮކޭޝަން ޝެއަރިން އިތުރަށް ރަނގަޅުކުރުން
  • ވޮއިސް އައިސޮލޭޝަން އަދި ސޭފްޓީ ފީޗާސް

އައިފޯން 15 ގެ ފެށޭ އަގަކީ 799 ޑޮލަރު އަދި އައިފޯން 15 ޕްލަސްގެ ފެށޭ އަގަކީ 899 ޑޮލަރެވެ.

އައިފޯން 15 ޕްރޯ އަދި ޕްރޯ މެކްސް

އެޕަލްއިން ބުނާ ގޮތުގައި އައިފޯން 15 ޕްރޯ އަކީ "މިހާތަނަށް އުފެއްދި އެންމެ ޕްރޯ އައިފޯން" އެވެ. އެއީ ޓައިޓެނިއަމް ފިނިޝް އާއި ގޭމިން އޮރިއެންޓެޑް ސޮފްޓްވެއާ އާއި އެޕަލްގެ މުޅިން އާ އޭ17 ޕްރޯ ޗިޕް ފަދަ އާ ފީޗާތަކުގެ ސަބަބުންނެވެ. މި މޮޑެލްގެ ފާހަގަކޮށްލެވޭ އިތުރު ބައެއް ކަންކަމަށް ބަލާލާ އިރު:

  • ސިކްސް ކޯ ޖީޕީޔޫ ހިމެނޭ އޭ17 ޕްރޯ ޗިޕް
  • ސައިލެންޓް ބަޓަންގެ ބަދަލުގައި ކަސްޓަމައިޒެބަލް އެކްޝަން ބަޓަނެއް
  • ޕްރޯ ކެމެރާ ސިސްޓަމް: މެއިން 48 މެގަ ޕިކްސެލް، އަލްޓްރާ ވައިޑް، ޓެލް ފޮޓޯ
  • 10x އޮޕްޓިކަލް ޒޫމް
  • ޔޫއެސްބީ 3.0 ބޭނުންކޮށްގެން 10 ޖީބީ ޕާ ސެކަންޑް ގެ ޑޭޓާ ޓްރާންސްފާ

އައިފޯން 15 ޕްރޯ ގެ ފެށޭ އަގަކީ 999 ޑޮލަރު އަދި އައިފޯން 15 ޕްރޯ މެކްސްގެ ފެށޭ އަގަކީ 1199 ޑޮލަރެވެ.

އެޕަލް ވޮޗް ސީރީޒް 9

އެޕަލް އިން ތައާރަފްކުރި އެޕަލް ވޮޗް ސީރީޒް 9 ގައި މުޅިން އައު އެސް9 ޗިޕް ހިމެނޭއިރު، ސްޕީޑް 60 ޕަސެންޓު އިތުރުވެ، 30 ޕަސެންޓު އަވަސް ޖީޕީޔޫއެއް ހިމެނެ އެވެ. ސީރީޒް 9 ގެ ފާހަގަކޮށްލެވޭ ފީޗާތަކުގެ ތެރޭގައި ހިމެނެނީ:

  • ޑިކްޓޭޝަން 25 ޕަސެންޓު ރަނގަޅުވުން
  • ސިރީ ހެލްތު ޑޭޓާ އެކްސެސް، އިންފޯ ޝެއަ ކުރުމަށް ނޭމް ޑްރޮޕް، އަދި ކޮންޓްރޯލް ކުރުމަށް ޑަބަލް ޓެޕް ފަދަ އާ ފަންކްޝަންތައް
  • އައިފޯނަށް ޕިންގް ކުރުމުގެ ގާބިލުކަން
  • ދެގުނަ އަލިކަން
  • އެޕަލްގެ ފުރަތަމަ ކާބަން ނިއުޓްރަލް އުފެއްދުން

އެޕަލް ވޮޗް ސީރީޒް 9 ގެ ފެށޭ އަގަކީ 399 ޑޮލަރެވެ.

އެޕަލް ވޮޗް އަލްޓްރާ 2

ސީރީޒް 9 ގެ އިތުރުން އެޕަލް އިން ވަނީ މިދިޔަ އަހަރުގެ އެޕަލް ވޮޗް އަލްޓްރާ އަށް ވެސް އަޕްޑޭޓެއް އިއުލާންކޮށްފަ އެވެ. އަދި އަލްޓްރާ 2 ގައި އެސް9 ޗިޕް، ޑަބަލް ޓެޕް ފަންކްޝަނަލިޓީ، އޮން ޑިވައިސް ސިރީ، އަދި އައިފޯން ހޯދުމަށް ޕްރެސިޝަން ފައިންޑިން ވެސް ހިމެނެ އެވެ. އެހެނިހެން ފީޗާތަކުގެ ތެރޭގައި ހިމެނެނީ:

  • އެޑްވާންސްޑް ޑިސްޕްލޭ އާކިޓެކްޗާ
  • ކަސްޓަމައިޒް ކުރެވޭ ވޮޗް ފޭސް އާއި އެކު މޮޑިއުލާ އަލްޓްރާ
  • ކަސްރަތު ޑޭޓާ އެއްކުރުމަށް ބޭނުންކުރާ ޕަވަ ޒޯންތައް
  • ވޯޓަރ ޑައިވް ލޮގިން

އެޕަލް ވޮޗް އަލްޓްރާ 2 ގެ ފެށޭ އަގަކީ 799 ޑޮލަރެވެ.

އެއާޕޮޑްސް ޕްރޯ 2

އެއާޕޮޑްސް ޕްރޯ 2 އަށް ވެސް ޔޫއެސްބީ-ސީ ކަނެކްޓަ ސަޕޯޓް ކުރާއިރު، ސެޕްޓެމްބަރު 22 އިން ފެށިގެން 249 ޑޮލަރަށް ލިބެން ހުންނާނެ އެވެ. މީގެ އިތުރުން ޔޫއެސްބީ-ސީގެ ވަޔަޑް އިއާޕޮޑްސް 19 ޑޮލަރަށް ގަނެވޭނެ އެވެ.

އައިއޯއެސް 17

އެޕަލްގެ އެންމެ ފަހުގެ އޮޕަރޭޓިން ސިސްޓަމް އައިއޯއެސް 17 ހިލޭ ސޮފްޓްވެއާ އަޕްޑޭޓެއްގެ ގޮތުގައި މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ލިބެން ހުންނާނެ ކަން އެޕަލް އިން ރޭ ވަނީ ހާމަކޮށްފަ އެވެ. އެންމެ ފަހުގެ އައިފޯންތަކަށް އަޕްގްރޭޑް ނުކުރާ ޔޫޒަރުންނަށް ވެސް މި އަޕްޑޭޓް ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޯޕަންއޭއައި ބޮޓްތަކެއް އެކި ވެބްސައިޓްތަކަށް ނުފޫޒު ފޯރުވައިފި

އޯޕަންއޭއައިގެ އޭއައި އެޖެންޓްތަކެއް އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި ޔުނިވާސިޓީތަކުގެ ވެބްސައިޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް މުގުރާލައި، ބައެއް މައުލޫމާތުތަކަށް ނުފޫޒު ފޯރުވާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބޮޓްތަކުން އާންމުންނަށް ފެންނަން ނުހުންނަ ފައިލްތަކަށް ވަދެފައިވާއިރު، މިއީ އިންސާނުންގެ ކޮންޓްރޯލުން ނެއްޓިގެންދާ އޭއައި ވަސީލަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އޮތް ބިރުވެރިކަން އިތުރުވި ކަމެކެވެ.

ނުބައި ނިޔަތެއްގައި އޭއައި ވާދަވެރިކަން އުފެއްދުމާ ޗައިނާ ދެކޮޅު

އޭއައިގެ ދާއިރާއިން ނުބައި ނިޔަތެއްގައި ވާދަވެރިކަން އުފެއްދުމާއި، ބިރުވެރިކަން ފެތުރުމާ ދެކޮޅަށް ޗައިނާއިން ވަނީ އިންޒާރު ދީފައެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ އުސޫލުތައް އެކުލަވާލުމަށް ހުރަސްއެޅޭ ކަމަށާއި، ހުރިހާ ގައުމަކުން ގުޅިގެން އިންސާނިއްޔަތަށް ފައިދާހުރި ގޮތެއްގައި އޭއައި ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މެޓާ 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ކުޑަކުދިންގެ ރައްކާތެރިކަމަށް އިހުމާލުވި މައްސަލައިގައި އެމެރިކާގެ ކޯޓަކުން މެޓާ ކުންފުނި 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު، މިއާއެކު އެ ކުންފުނިން ދައްކަންޖެހޭ ޖުމްލަ އަދަދު ވަނީ 942 މިލިއަން ޑޮލަރަށް އަރާފައެވެ. ފަނޑިޔާރު މެޓާ ސިފަކުރެއްވީ ކުޑަކުދިންނަށް ނަފްސާނީ އަދި ޖިންސީ ގެއްލުންދޭ "އާންމު އުނދަގުލެއް"ގެ ގޮތުގައެވެ. ނަމަވެސް މެޓާއިން ވަނީ މި ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.

އިންޑިއާގައި ޓެލެގްރާމް ބްލޮކްކުރުން ކޯޓުން ދަމަހައްޓައިފި

ކޯޓުން ނިންމީ އިމްތިހާނުގެ ސައްހަކަން ހިފެހެއްޓުމަށް ސަރުކާރުން އެޅި މި ފިޔަވަޅަކީ ގާނޫނީ ގޮތުން ސައްހަ ނިންމުމެއް ކަމަށް. ނަމަވެސް ޓެލެގްރާމުން ވަނީ ސަރުކާރުގެ ނިންމުމަށް ފާޑުކިޔާފައި.

އެންވީޑިއާއިން ޕީސީތަކަށް ހާއްސަ އޭއައި ޗިޕެއް ތައާރަފްކޮށްފި

އެންވީޑިއާއިން ޕާސަނަލް ކޮމްޕިއުޓަރުތަކަށް ހާއްސަ "އާރްޓީއެކްސް ސްޕާކް" އޭއައި ޗިޕް ތައާރަފުކޮށް، ކޮމްޕިއުޓަރުތަކަކީ އަމިއްލަ އެހީތެރިއެއްގެ ގޮތުގައި ބޭނުންކުރެވޭނެ މަގު ފަހިކޮށްދީފިއެވެ. ދުނިޔޭގެ މަޝްހޫރު ކޮމްޕިއުޓަރު އުފައްދާ ކުންފުނިތަކުން މި ޗިޕް ބޭނުންކުރަން ނިންމާފައިވާއިރު، މިއީ އެޕަލް އަދި އިންޓެލް ފަދަ ކުންފުނިތަކަށް މާކެޓުގައި ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.

ސިރީގެ މައްސަލައިގައި އެޕަލްއިން 250 މިލިއަން ޑޮލަރު ދައްކަނީ

ސިރީގެ އާޓިފިޝަލް އިންޓެލިޖެންސް ފީޗާތައް ތައާރަފުކުރުން ލަސްވުމުގެ ސަބަބުން ހިއްސާދާރުން ކުރި ދައުވާ، 250 މިލިއަން ޑޮލަރު ދެއްކުމަށްފަހު ކޯޓުން ބޭރުގައި ހައްލުކުރުމަށް އެޕަލް އިން އެއްބަސްވެއްޖެއެވެ. މި މައްސަލައަކީ އޭއައި ފީޗާތައް ނެރުން ލަސްވުމުން ކުންފުނީގެ ހިއްސާގެ އަގަށް ނޭދެވޭ އަސަރުކޮށް، އިންވެސްޓަރުންނަށް މާލީ ގެއްލުންވި ކަމަށް ބުނެ ހުށަހެޅި ދައުވާއެކެވެ. އެޕަލް އިން މި ފައިސާ ދޭން އެއްބަސްވި ނަމަވެސް، އެ ކުންފުނިން އެއްވެސް ގޯހެއް ހެދިކަމަކަށް އިއުތިރާފެއް ނުވެއެވެ.

ސިކުނޑީގެ ސެލްތަކާ މުއާސަލާތުކުރާ އާޓިފިޝަލް ސެލްތަކެއް

ސިކުނޑީގެ ސެލްތަކާ މުއާމަލާތްކުރުމުގެ ގާބިލުކަން ލިބިފައިވާ އާޓިފިޝަލް ނިއުރޯންތަކެއް އެމެރިކާގެ ސައިންސްވެރިން އުފައްދައި، ކާމިޔާބުކަމާއެކު ޓެސްޓުކޮށްފިއެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ބަލިތަކަށް ފަރުވާ ހޯދުމަށާއި، ހަކަތަ މަދުން ހޭދަވާ މާ ފުރިހަމަ ކޮމްޕިއުޓިންގް ސިސްޓަމްތައް ބިނާކުރުމަށް އާ މަގުތަކެއް ހުޅުވިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox