ބިދޭސީ އޮބްޒާވަރަކާ ދިމާކޮށްލުން އީސީން ކުށްވެރިކޮށްފި

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ޕްރެސް ކޮންފެރެންސެއް؛ ބިދޭސީ ބައެއް އޮބްޒާވަރުންނާ، ދިވެހި މޮނިޓަރުންތަކެއް ދިމާކޮށްލުން ކުށްވެރިކޮށްފި - ފޮޓޯ: މިރާން ނާޝިމް / އަދަދު

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ޕްރެސް ކޮންފެރެންސެއް؛ ބިދޭސީ ބައެއް އޮބްޒާވަރުންނާ، ދިވެހި މޮނިޓަރުންތަކެއް ދިމާކޮށްލުން ކުށްވެރިކޮށްފި - ފޮޓޯ: މިރާން ނާޝިމް / އަދަދު

ބިދޭސީ އޮބްވާޒަރަކަށް ބައެއް ދިވެހި މޮނިޓަރުން ދިމާކޮށްލި މައްސަލާގައި އިލެކްޝަންސް ކޮމިޝަނުން އެ ކަން ކުށްވެރިކޮށްފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ ވީޑިއޯއަކުން ފެންނަނީ އިންޑިއާގެ ދެ އޮބްޒާވަރަކު ވޯޓު ފޮއްޓަކާ މާ ކައިރީގައި ހުރި ކަމަށް ބުނެ ދިވެހި މޮނިޓަރުންތަކެއް ޝަކުވާކޮށް ހަޅޭއްލަވާ މަންޒަރެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ އެއީ އެއް ގޮތަކަށް ވެސް ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ފާސް ދީފައި ތިބި ބަޔަކު، ފާސްދީފައި އެހެން ބަޔަކަށް، އެ ގޮތަށް ފުރައްސާރަ ކުރުމުން، ޖެހޭނީ ފާސް އަތުލާން، ވަރަށް ހިތާމައާއެކު ދަންނަވަން،" ހަބީބު ވިދާޅުވި އެވެ.

ހަބީބު ވިދާޅުވި ގޮތުގައި، އޭރު ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވަމުން ދިޔައީ އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ ދެ ކޮމިޝަނަރެކެވެ.

"އަޅުގަނޑުމެންގެ ދައުވަތަކަށް، އަޅުގަނޑުމެން އެކްރެޑިޓްކޮށްފައި، އަޅުގަނޑުމެން ފާސްދީގެން، އަޅުގަނޑުމެން ބައިތިއްބައިފަ، އަދި އަޅުގަނޑުމެންގެ އިންތިހާބު ބެލުމަށް އެ ބޭފުޅުން ވެސް ބޭނުން ވެގެން އައިސް ތިއްބެވި ބަޔަކު،" ހަބީބު ވިދާޅުވި އެވެ.

އިންޑިއާގެ އޮބްޒާވަރަކާ ބަޔަކު ދިމާކޮށްލި އިރު، ރާއްޖޭގައި ގާއިމުވެ ތިބި ކަމަށް ބުނާ އިންޑިއާ ސިފައިން ބޭރު ކުރުމަށާއި މި ސަރުކާރުން އިންޑިއާ އިސްކޮށް ގެންގުޅޭ ޚާރިޖީ ސިޔާސަތާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން "އިންޑިއާ އައުޓް" ހަރަކާތެއް ވެސް ހިންގި އެވެ.

އިންޑިއާގެ އޮބްޒާވަރާ ދިމާކޮށް، ވޯޓްލާ މަރުކަޒުން އޭނާ ނުކުންނަން ޖެހޭނެ ކަމަށް ބުނެ ހަޅޭއްލަވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުކޮށްފައި ވެ އެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އޮބްޒާވަރުންނަށް އިންޒާރުދިނުމުގައި އިސްކޮށް އުޅުނީ މޮނިޓަރުންގެ ފާސް އަޅައިގެން ތިބި ބައެކެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ ގިނަ ވޯޓެއް ނުލިބެ އެވެ. އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް މި މަހުގެ 30 ގައި ބާއްވާނެ އެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. މުއިއްޒަށް 101،635 ވޯޓު ލިބިވަޑައިގަތް އިރު އެއީ ވޯޓުލީ މީހުންގެ 46 ޕަސެންޓެވެ.

މުއިއްޒުއާ ދެވަނަ ބުރުގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 39 ޕަސެންޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox