ވޯޓުލާން ނުނިކުތް ގިނަ މީހުންނަކީ އަޅުގަނޑުމެންގެ ސަޕޯޓަރުން: ފައްޔާޒް

ރައީސް ސޯލިހު އަދި ފައްޔާޒު ކެންޑިޑޭޓު ނަންބަރު 3 އިނގިލިން ދައްކާލަނީ. ނަތީޖާ އަނބުރާލެވޭނެ ކަމަށް ވިދާޅުވި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރައީސް ސޯލިހު އަދި ފައްޔާޒު ކެންޑިޑޭޓު ނަންބަރު 3 އިނގިލިން ދައްކާލަނީ. ނަތީޖާ އަނބުރާލެވޭނެ ކަމަށް ވިދާޅުވި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓުލާން ނުނިކުތް ގިނަ މީހުންނަކީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަޕޯޓަރުން ކަމަށް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން މިއަދު ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމަށްފަހު "އަދަދު" ނޫހާ ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ ވޯޓުނުލާ ތިބި ގިނަ މީހުންނަކީ އެމްޑީޕީ ސަޕޯޓަރުން ކަމަށާއި އެ ވޯޓުތަކާއެކު ދެ ވަނަ ބުރު ކާމިޔާބު ކުރެވިދާނެ ކަމަށެވެ.

"ވޯޓުނުލާ ވަރަށް ގިނަ ބޭފުޅުންނަކީ އަޅުގަނޑުމެންގެ ވޯޓާސް އެނގޭތޯ. އެކިއެކި ސަބަބުތަކަށްޓަކާ ހެދި ވޯޓުނުލެވިފައި ތިބީ،" ފައްޔާޒް ވިދާޅުވި އެވެ.

Advertisement

ރިޔާސީ އިންތިހާބުގައި ވޯޓުލީ 225,398 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބޭ އާބާދީގެ 80 ޕަސެންޓު މީހުންނެވެ. އިންތިހާބުގައި ރައީސްއަށް ލިބުނީ 39 ޕަސެންޓު ވޯޓެވެ. އެންމެ ގިނައިން ވޯޓު ލިބުނީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށެވެ. އޭނާއަށް 45 ޕަސެންޓު ވޯޓު ލިބިނެވެ.

ޗެއާޕާސަން ވިދާޅުވީ ވޯޓުލާން ގިނަ ބަޔަކު ނުކުތުމުގައި ބައިވަރު ސަބަބު ހުރި ކަމަށާއި އޭގެ ތެރޭގައި "މޮޅުވާނެ ކަމަށް ބަލައިގެން" މަސައްކަތް ނުކުރުން ހިމެނޭ ކަމަށެވެ.

"އެއީ ގަޑި ކުޑަވުމާއި އޭގެ އިތުރުން ޓްރާންސްޕޯޓޭޝަން މައްސަލަތަކާއި ދެން އަދި ވަރަށް ބޮޑަށް މޮޅުވާނެ ކަމަށް ބަލާފައި ވެސް އަޅުގަނޑުމެންގެ ވަރަށް ގިނަ ބޭފުޅުން އެހާ ބޮޑު އެފަޓެއް ނުލާ އެބަ ހުރި އެނގޭތޯ،" އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން އިންތިހާބުގައި ތިން ވަނައަށް ގޮސް ޖުމުލަ ހަތް ޕަސެންޓު ވޯދު ހޯދި އިލްޔާސް ލަބީބުގެ ދަ ޑިމޮކްރެޓްސް ޕާޓީއާ އެކި ފަންތީގައި ވާހަކަ ދައްކަމުންދާ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

"އެކި ލެވެލްގައި ކޮންމެވެސް ވަރަކަށް [ޑިމޮކްރެޓްސްއާ] ވާހަކަ ދައްކަމުން މިދަނީ އެނގޭތޯ،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox