ގޮތް ނިންމާނީ ތެޅިފޮޅިގެނެއް ނޫން، ވިސްނުންތެރިކަމާ އެކު: އިލްޔާސް

އިލްޔާސް ލަބީބު ވޯޓުލާން ވަޑައިގަތުމަށް ފަހު؛ އިލްޔާސް ވިދާޅުވީ ގޮތް ނިންމާނީ ވިސްނައި މަޝްވަރާކުރުމަށް ފަހު ކަމަށް -- ފޮޓޯ: ޝާބިން/އަދަދު

އިލްޔާސް ލަބީބު ވޯޓުލާން ވަޑައިގަތުމަށް ފަހު؛ އިލްޔާސް ވިދާޅުވީ ގޮތް ނިންމާނީ ވިސްނައި މަޝްވަރާކުރުމަށް ފަހު ކަމަށް -- ފޮޓޯ: ޝާބިން/އަދަދު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓުން އަރާނެ ކޮޅެއް ނިންމުމުގައި އަވަސް އަރުވާލާ 'ތެޅިފޮޅި ގަތުމުގެ' ބަދަލުގައި ވިސްނުންތެރިކަމާއެކު ޕާޓީގެ ތެރޭގައި މަޝްވަރާކޮށް ގޮތެއް ނިންމަން ޖެހޭ ކަމަށް، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.

އިންތިހާބުގެ ފުރަތަމަ ބުރަށްފަހު ތިންވަނަ އަށް ދިޔަ ކެންޑިޑޭޓުގެ ގޮތުގައި މިއަދު ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ދެވަނަ ބުރުގައި ގުޅޭނޭ ބަޔަކު އިހްތިޔާރުކުރާނީ ވިސްނައި މަޝްވަރާކުރުމަށް ފަހު ގައުމަށާއި، ރައްޔިތުންނަށް އަދި އެ ޕާޓީއަށް އެންމެ ހެޔޮ ގޮތަކަށް ކަމަށެވެ.

"ތެޅިފޮޅިގަނެގެން ވަގުތުން ވަގުތަށް ނިކުމެ ކަންތައްތައް ނިންމުމަށް އަޅުގަނޑުމެން އުޅެގަނެގެނެއް ނުވާނެ. ވިސްނުންތެރިކަމާ އެކީ، ފަރުވާތެރިކަމާ އެކީ، އަޅުގަނޑުމެން ނިންމާ ނިންމުންތައް ނިންމަން ޖެހޭނީ. މި ރާއްޖެއަށާއި މިގައުމަށާއި، މި ޕާޓީއަށް އަދި އަޅުގަނޑުމެންގެ އުސޫލުތަކާއި ޕްރިންސިޕަލްތަކާއި ވެލިޔޫސްތައް ހިފެހެއްޓޭ ގޮތުގެ މަތިން އަޅުގަނޑުމެން ނިންމަން ޖެހޭނީ" އިލްޔާސް ވިދާޅުވި އެވެ.

Advertisement

އިލްޔާސް ވިދާޅުވީ ގޮތް ނިންމުމަށް ފަހު "މާލަހެއް ނުވެ" އެކަން އިއުލާނު ކުރައްވާނެ ކަމަށެވެ.

އިލްޔާސް ވަނީ އިންތިހާބުގައި ކާމިޔާބުވެވަޑައި ނުގަތް ނަމަވެސް ޕާޓީއާއެކު ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. ޕާޓީގެ ސަޕޯޓަރުންނަށް އޭނާ އިލްތިމާސް ކުރެއްވީ ޕާޓީއާއެކު ކުރިއަށް ވަޑައިގަތުމަށެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓަކު ވާދަކުރެއްވި އިރު އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތަ ވޯޓު ކާމިޔާބުވެފައެެއް ނުވެ އެވެ. މިމަހުގެ 30 ވަނަ ދުވަހު ބާއްވާ އިންތިހާބުގެ ދެވަނަ ބުރަށް ދިޔަ ދެ ކެންޑިޑޭޓުންނަކީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އެވެ.

ރައީސް ސޯލިހަށް 85,939 ވޯޓު ލިބިވަޑައިގަތް އިރު އެމަނިކުފާނުގެ މައްޗަށް ކުރި ހޯއްދެވި މުއިއްޒަށް 101,444 ވޯޓު ލިބިވަޑައިގަތެވެ.

މިހާރު އޮތް ނަތީޖާއަށް ބަލާއިރު ދެވަނަ ބުރުގައި މޮޅުވުމަށް ޓަކައި، ދެ ވަނަ ބުރަށް ވަޑައިގެންނެވި ދެ ބޭފުޅުން ވެސް ދެން އިސްކަން ދެއްވަން ޖެހިވަޑައިގަންނަވާނީ ދަ ޑިމޮކްރެޓްސް އަށެވެ. އިލްޔާސް ތިންވަނަ ކެންޑިޑޭޓަށް ވެވަޑައިގަތީ 15,607 ވޯޓާ އެކު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox