ލިޔޯނުން ޗެލްސީގެ ކުރީގެ ކޯޗު ޕޮޓާއާ މަޝްވަރާކޮށްފި

Sep 8, 2023, 4:10 AM
ލިޔޯނުން ޗެލްސީގެ ކުރީގެ ކޯޗު ޕޮޓާއާ މަޝްވަރާކޮށްފި

ޕެރިސް (ސެޕްޓެމްބަރު 8) - ޗެލްސީ އާއި ބްރައިޓަން އަށް ކުރިން އިރުޝާދުދިން ކޯޗު ގްރަހަމް ޕޮޓާ ގެންނަން ފްރާންސްގެ ލިޔޯނުން މަޝްވަރާކޮށްފި އެވެ.

މީގެ ފަސް މަސްކުރިން ޗެލްސީގެ ކޯޗުކަމުން ޕޮޓާ ވަކިކޮށްފައިވަނީ މަގާމާ ހަވާލުވިތާ ހަތް މަހެއްހާ ދުވަސްތެރޭގަ އެވެ. ބްރައިޓަންގައި ހުއްޓައި، 20 މިލިއަން ޑޮލަރުގެ ފީއެއް ދައްކާފައި ޗެލްސީން ޕޮޓާ ގެނައީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެކަމަކު، އަހަރެއް ވެސް ނުވަނިސް ޕޮޓާ ވަކިކުރަން ނިންމީ އެވެ.

ލިޔޯނުން އެ ޓީމުގެ ކޯޗަކަށް ހުރި ލޯރެންޓް ބްލޮންކް މަގާމުން ދުރުކުރަން ނިންމީ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ޕީއެސްޖީ އަތުން 4-1 އިން ބަލިވިއިރު، ލިޔޯން މި ވަގުތު އޮތީ ލީގު ތާވަލުގެ ފުލުގައި ކަމަށްވާތީ އެވެ.

ލިޔޯންގެ ވެރިޔާ ޖޯން ޓެކްސްޓާ އަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ކްރިސްޓަލް ޕެލަސްގެ ބޯޑު މެމްބަރެކެވެ. ޓެކްސްޓާ ފާއިތުވި ތިން ދުވަހު ވަނީ ޕޮޓާއާ އެކު ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެކަމަކު، މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޕޮޓާގެ ވިސްނުން ހުރީ ލިޔޯންގެ ހުށަހެޅުން ބަލައިގަންނަ ގޮތަކަށް ނޫނެވެ.

ޕޮޓާ ވަނީ މީގެ ކުރިން ސްވަންސީ ސިޓީ އަށް ވެސް ކޯޗުކޮށްދީފަ އެވެ. މި ސީޒަން ފެށުމުގެ ކުރިން އޭނާ އަށް އިނގިރޭސި ދެ ވަނަ ޑިވިޝަނާއި ސްކޮޓްލެންޑްގެ ޓީމުތަކުން އޮފާ ލިބިފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox